Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުކާސަލް ޔުނައިޓެޑް ވިއްކާލުން

ސިންގަޕޫރު ކުންފުންޏަކުން ނިއުކާސަލް ގަތުމަށް މަޝްވަރާކުރަނީ

18 އޯގަސްޓު 2020 | އަންގާރަ 14:14

300 މިލިއަން ޕައުންޑަށް ނިއުކާސަލް ގަންނަން ކުރި މަސައްކަތް މީގެ ކުރިން ވަނީ ނާކާމިޔާބުވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 18 އޯގަސްޓު 2020 | އަންގާރަ 14:14
ނިއުކާސަލް ޔުނައިޓެޑްގެ ދަނޑު ބޭރު

ނިއުކާސަލް ޔުނައިޓެޑްގެ ދަނޑު ބޭރު

ނިއުކާސަލް ޔުނައިޓެޑްގެ ލެޖެންޑް އެލަން ޝިއަރާގެ އެހީއާއެކު ސިންގަޕޫރުގެ ބެއްލަގްރާފް ނޯވާ ގްރޫޕުން ނިއުކާސަލް ގަތުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެ ގްރޫޕުން ބުނެފިއެވެ.

މީގެ ކުރިން ސައުދީގެ އިންވެސްޓަރުންގެ ބޮޑު ހިއްސާއަކާއެކު 300 މިލިއަން ޕައުންޑަށް ނިއުކާސަލް ގަންނަން އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސް އިން ވަނީ މަސައްކަތް ކޮށްފައެވެ. އަމަންޑާ އާއެކު ނިއުކާސަލް ގަތުމުގައި ހިއްސާވީ ސައުދީ އަރަބިއްޔާ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް ސައުދުގެ ހިއްސާ އޮންނަ ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިންނެވެ.

އެކަމަކު އެމަސައްކަތް ހުއްޓާލަން ޖެހުނީ އެކި ފަރާތްތަކުން ކުރިމަތި ކުރުވި ޕްރެޝަރާ އެކުގައެވެ. އެކަމަކު އެކަމަށް ނިއުކާސަލްގެ ކުރީގެ ކުޅުންތެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެކުޅުންތެރިން ގަބޫލުކުރާ ގޮތުގައި ސައުދީން އިސްވެ ނިއުކާސަލް ގަތްނަމަ، އެ ކުލަބަށް ކުރިއެރުންތަކެއް އަންނާނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނިއުކާސަލްގެ ލެޖެންޑް އެލަން ޝިއަރާގެ އެހީތެރިކަމާއެކު ބެއްލަގްރާފް ނޯވާ ގްރޫޕުން މިހާރު ވަނީ ނިއުކާސަލް އާއެކު މަޝްވަރާތައް ފަށާފައެވެ. އަދި އެ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި އެކަމުގައި އެލަން ޝިއަރާގެ އިތުރުން ނިއުކާސަލްގެ ކުރީގެ ކުޅުންތެރިޔާ މައިކަލް ޗޯޕްރާވެސް ބައިވެރިވެއެވެ.

ބެއްލަގްރާފް ނޯވާ ގްރޫޕްގެ ތަރުޖަމާނު ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މިހާރު ނިއުކާސަލް އާއެކު ވާހަކަ ދެކެވެމުން އަންނަނީ ޑީލް ކުރިއަށްދާނެ ގޮތަކާ މެދު ކަމަށާއި، މަޝްވަރާގެ ބައްދަލުވުންތަކުގައި ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ސިންގަޕޫރު ކުންފުންޏަކުން ނިއުކާސަލް ގަތުމަށް މަޝްވަރާކުރަމުން އަންނައިރު، މީގެ ކުރިން ސައުދީގެ އިންވެސްޓަރުންގެ ބޮޑު ހިއްސާއަކާއެކު ނިއުކާސަލް ގަތުމާ ގާތަށް ދިޔަ ނަމަވެސް، އެކަން ފަހުން ވަނީ ނާކާމިޔާބުވެފައެވެ.

ސައުދީގެ ހިއްސާދާރުންނަށް ނިއުކާސަލް ވިއްކާލުމާ ދެކޮޅަށް ވާދަވެރި ކްލަބުތަކުގެ އިތުރުން މީޑިއާ އާއި ބައެއް ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް އެފަހަރު އަޑުއުފިލިއެވެ. ނިއުކާސަލް ޑީލް މީގެ ކުރިން ހުއްޓުނުއިރު، ނިއުކާސަލްގެ އައު ބޯޑުގައި ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ނަންތަކާއި ސައުދީ ސަރުކާރާ ސީދާ ގުޅުމެއް ވޭތޯ ޕްރިމިއާ ލީގުން ވަނީ ބަލަން ފަށާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

06 މާރިޗު 2018

ސިންގަޕޫރު އަތުން ރާއްޖެ ބަލިވެއްޖެ

06 މާރިޗު 2018
ސިންގަޕޫރު އަތުން ރާއްޖެ ބަލިވެއްޖެ
04 މާރިޗު 2018

ޕްރިމިއާ ލީގު: ނިއުކާސަލް ބަލިކޮށް ލިވަޕޫލް ދެވަނައަށް

04 މާރިޗު 2018
ޕްރިމިއާ ލީގު: ނިއުކާސަލް ބަލިކޮށް ލިވަޕޫލް ދެވަނައަށް
12 ފެބުރުއަރީ 2018

ޕްރިމިއާ ލީގު: ނިއުކާސަލް އަތުން ބަލިވެ ޔުނައިޓެޑް 16 ޕޮއިންޓް ފަހަތަށް

12 ފެބުރުއަރީ 2018
ޕްރިމިއާ ލީގު: ނިއުކާސަލް އަތުން ބަލިވެ ޔުނައިޓެޑް 16 ޕޮއިންޓް ފަހަތަށް
28 ޑިސެމްބަރު 2017

ޕްރިމިއާ ލީގު: ނިއުކާސަލް ބަލިކޮށް ސިޓީ އަށް 15 ޕޮއިންޓްގެ ލީޑެއް

28 ޑިސެމްބަރު 2017
ޕްރިމިއާ ލީގު: ނިއުކާސަލް ބަލިކޮށް ސިޓީ އަށް 15 ޕޮއިންޓްގެ ލީޑެއް
21 ނޮވެމްބަރު 2017

ނިއުކާސަލް ޔުނައިޓެޑް ވިއްކާލަނީ!

21 ނޮވެމްބަރު 2017
ނިއުކާސަލް ޔުނައިޓެޑް ވިއްކާލަނީ!
07 އޮކްޓޯބަރު 2017

އިންޓަނޭޝަނަލް ބްރޭކް މަދުކުރަން ފީފާ އިން މަޝްވަރާކުރަނީ!

07 އޮކްޓޯބަރު 2017
އިންޓަނޭޝަނަލް ބްރޭކް މަދުކުރަން ފީފާ އިން މަޝްވަރާކުރަނީ!
18 ސެޕްޓެމްބަރު 2017

ފޯމިއުލާ ވަން: ސިންގަޕޫރު ޖީޕީ ހެމިލްޓަން ކާމިޔާބު ކޮށްފި

18 ސެޕްޓެމްބަރު 2017
ފޯމިއުލާ ވަން: ސިންގަޕޫރު ޖީޕީ ހެމިލްޓަން ކާމިޔާބު ކޮށްފި
25 އެޕްރީލު 2017

ނިއުކާސަލް އެނބުރި ޕްރެމިއަރ ލީގަށް

25 އެޕްރީލު 2017
ނިއުކާސަލް އެނބުރި ޕްރެމިއަރ ލީގަށް
13 އެޕްރީލު 2017

އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން

13 އެޕްރީލު 2017
އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން
29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް