Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއުކާސަލް

ނިއުކާސަލް އެނބުރި ޕްރެމިއަރ ލީގަށް

ހަތް އަހަރު ތެރޭ 2 ފަހަރަށް ރެލިގޭޓްވި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 25 އެޕްރީލު 2017 | އަންގާރަ 13:09
 ޕްރެސްޓަން ނޯތު އެންޑް ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރެސްޓަން ނޯތު އެންޑް ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

މިދިޔަ އަހަރު ޕްރިމިއާ ލީގުން އިނގިރޭސި ޗެމްޕިއަންޝިޕަށް ރެލިގޭޓްވި ނިއުކާސަލް ޔުނައިޓެޑް އަލުން އަނބުރާ ޕްރިމިއަރ ލީގަށް ކޮލިފައިވެއްޖެއެވެ.

ނިއުކާސަލް ޕްރެމިއަރ ލީގަށް ކޮލިފައިވީ ދެވަނަ ޑިވިޝަން، ޗެމްޕިއަންޝިޕްގައި ހޯމަ ދުވަހު ޕްރެސްޓަން ނޯތު އެންޑް އަތުން މޮޅުވުމުންނެވެ.

ޕްރެސްޓަން ނޯތު އެންޑް އަތުން ނިއުކާސަލް މޮޅުވީ 4-1 ގެ ބޮޑު ތަފާތަކުންނެވެ. މިމެޗުން މޮޅުވުން ނިއުކާސަލްއަށް ލިބެނީ ތާވަލްގެ ދެވަނައެވެ. އެއްވަނައިގައި އޮތީ ބްރައިޓަން އެންޑް ހޯވް އަލްބިއަންއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ސީދާ ޖާގައެއް ލިބޭނީ ޗެމްޕިއަންޝިޕްގެ ގަދަ ދެ ޓީމަށެވެ.

ހޯމަ ދުވަހުގެ މެޗުގައި ނިއުކާސަލްގެ ލަނޑުތައް ކާމިޔާބުކުރީ އަޔޯޒޭ ޕްރޭޒް އާ މެޓް ރިޗީ އަދި ކްރިސްޓިއަން އަޓްސޫ އެވެ.

މި ކުޅުންތެރިންގެ ތެރެއިން އަޔޯޒޭ ދެ ލަނޑު ޖަހާފައިވާއިރު އަނެއް ދެ ކުޅުންތެރިން ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑެއް ޖަހާފައެވެ.

ޕްރެސްޓަންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށް ދިނީ ޖޯޑަން ހަގިލްއެވެ. މިމެޗުގެ ފަހު ހާފުގައި ޕްރެސްޓަން އިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ޗެމްޕިއަންޝިޕްގައި ކޮންމެ ޓީމަކަށް ވެސް ދެ މެޗު ބާކީ އޮތްއިރު ބްރައިޓަން އެއްވަނައިގައި އޮތީ 44 މެޗުން 92 ޕޮއިންޓް ހޯދައިގެންނެވެ. ނިއުކާސަލް ދެ ވަނައިގައި އޮތީ 44 މެޗުން 88 ޕޮއިންޓާ އެކު އެވެ.

ދެ ޓީމުގެ އިތުރުން ޕްރެމިއަރ ލީގަށް ޕްރޮމޯޓްވުމަށް ވާދަކުރަނީ ރެޑިން، ޝެފީލްޑް ވެނެސްޑޭ އަދި ހަޑްސްފީލްޑް އެވެ. ޕްރެމިއަރ ލީގަށް ޕްރޮމޯޓްވާނީ ހަތަރު ޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފުން އެއް ވަނައަށް ދާ ޓީމެކެވެ.

ޕްރެމިއަރ ލީގަށް ޕްރޮމޯޓްވުމުން ސަޕޯޓަރުން ބެނިޓޭޒްގެ ބޮޑު ބެނަރ އެއް ސްޓޭޑިއަމްގައި ދަމާލަނީ

ހަތް އަހަރު ތެރޭގައި ދެ ފަހަރަކަށް ނިއުކާސަލް ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންޝިޕަށް ރެލިގެޓްވެފައިވެއެވެ. އެގޮތުން 2009 ވަނަ އަހަރުގެ ސީޒަނުގައި ވެސް ނިއުކާސަލް ވަނީ ދެ ވަނަ ޑިވިޒަނަށް ރެލިގޭޓްވެފައެވެ.

އެފަހަރު އަލުން 2010 ވަނަ އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ނިއުކާސަލް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި އެވެ.

މެޗަށް ފަހު ނިއުކާސަލްގެ ކޯޗު ރަފައެލް ބެނިޓޭޒް ބުނީ ސީޒަން ފެށީ ވެސް ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމަކީ ޓާގެޓް ކަމަށް ދެކިގެން ކަމަށެވެ.

ނިއުކާސަލްގެ ހައްގު މަގާމަށް ދިއުން ކަމަށް ކުރި މަސައްކަތް ހާސިލްވެއްޖެ ކަމަށް ބެނިޓޭޒް ބުންޏެވެ. އަދި މިދިޔަ ސީޒަނުގައި ނިއުކާސަލް ރެލިގޭޓްވުމުން ކްލަބް ދޫކޮށްނުލީ ސަބަބަކީ ވެސް މި ކްލަބްގެ ހައްގު މަގާމަށް ގެންގޮސްދިނުން ކަމަށް ބެނިޓޭޒް ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

11 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު