Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލަ

ޖޯޖް ފްލޮއިޑްގެ ދަރިފުޅުގެ މަންމަ: "ދަރިފުޅުގެ ގްރެޖުއޭޝަންވެސް އޭނާއަށް ނުފެންނާނެ"

ތުހުމަތުކުރެވޭ ފުލުސް އޮފިސަރު ވަނީ ވަޒީފާ އިން ވަކި ކުރެވި ހައްޔަރުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ޖޫން 2020 | ބުދަ 10:52
ޖޯޖް ފްލޮއިޑް މަރުވި ހާދިސާ ދައްކުވައިދޭ ވީޑިއޯގެ ސްކްރީންޝޮޓެއް

ޖޯޖް ފްލޮއިޑް މަރުވި ހާދިސާ ދައްކުވައިދޭ ވީޑިއޯގެ ސްކްރީންޝޮޓެއް

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައާއި ގުޅިގެން އޭނާގެ 6 އަހަރުގެ ދަރިފުޅުގެ މަންމަ ފުރަތަމަ ފަހަރަށް މީޑިއާގައި އޭނާގެ ޝުއޫރުތައް ހިއްސާކޮށްފި އެވެ.

ރޮކްސީ ވޮޝިންގޓަން މީޑިއާތަކާ ބައްދަލުކޮށް، އޭނާގެ ޝުއޫރުތައް ހިއްސާކޮށްފައި ވާއިރު، އެކަމާ ގުޅިގެން ދައްކާނެ މާގިނަ ވާހަކައެއް ނެތްކަމަށް އޭނާ ބުނެއެވެ. އަދި ޖޯޖް ފްލޮއިޑްގެ މަރަށް ޒިންމާވާ ފުލުސް އޮފިސަރުން އޭނާގެ ކިބައިން ނިގުޅައިގަތީ އޭނާގެ ދަރިފުޅުގެ މުސްތަޤްބަލު ކަމަށް ރޮކްސީ ސިފަ ކުރެއެވެ.

އަދި އެ ފަރާތްތަކަށް އާއިލާއާއެކު ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، އޭނާގެ ދަރިފުޅު ޖިއާނާއަކީ މިއަދު ބައްޕައެއްގެ ލޯބިން މަޙުރޫމު ވެފައިވާ ކުއްޖެއްކަމަށް ރޮމުން ރޮކްސީ ބުނެއެވެ. އަދި ޖިއާނާ ބޮޑުވެގެން އަންނަ މަންޒަރާއި، އޭނާގެ ގްރެޖުއޭޝަންގެ އިތުރުން އޭނާގެ ކައިވެނީގައިވެސް އޭނާގެ ބައްޕައަށް ނުހުރެވޭނެ ކަމަށް ރޮކްސީ ބުނެފައިވެ އެވެ.

އޭގެ އިތުރުން، ދަރިފުޅަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ބައްޕަގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކޮށް ރޮކްސީ ބުނީ، އެ އުފާ މިއަދު އޭނާގެ ދަރިފުޅަށް ލިބެން ނެތް ކަމަށެވެ. އެ ހުރިހާ ކަމަށްޓަކައި އިންސާފު ބޭނުންވާކަމަށް ވެސް ރޮކްސީ ބުނެއެވެ.

ރޮކްސީ ސިފަ ކުރާ ގޮތުގައި ޖޯޖްއަކީ ރަނގަޅު އިންސާނެކެވެ. އަދި ޖިއާނާ ފަދަ ރަނގަޅު ދަރިއެއް ހުރުމަކީ ފްލޮއިދް ގެ ހިތްހެޔޮކަން ދައްކުވައިދޭ ހެއްކެއްކަމަށް ރޮކްސީ ބުނެފައި ވެއެވެ.

ޖޯޖް ފްލޮއިޑްގެ މަރުގެ މި ހާދިސާ ހިނގައިދިޔައީ އެމެރިކާގެ މިނިއާޕޮލިސް ގައެވެ. މަންޒަރު ބަލަން ހުރި މީހަކު ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ވީޑިއޯއަކުން، ދޮން ނަސްލުގެ ފުލުހަކު، ޑެރެކް ޝޯވިން، ފްލޮއިޑް ގެ ކަނދުރާ މައްޗަށް ކަކޫ ލައިގެން ހުންނަ މަންޒަރު ފެނެ އެވެ. އަދި އޭނާ ބިންމަތީގައި އޮވެގެން ނޭވާ ނުލެވިގެން، އަހަަންނަކަށް ނޭވާ ނުލެވެޔޭ ބުނާ އަޑު ދެތިން ފަހަރަކު އިިވެ އެވެ.

މަންޒަރު ބަލަން ތިބި މީހުން ފްލޮއިޑް އަށް ނޭވާ ނުލެވޭ ކަމަށް ބުނުމުން ވެސް، ފުލުސް މީހާ އަޅާ ވެސް ނުލަ އެވެ. ފްލޮއިޑް ނޭވާ ހާސްވެގެން އާދޭސް ކުރިއިރު، އޭނާ އޮތީ އަނގަވަތަށް، ފަހަތަށް ބިޑި އަޅުވާފަ އެވެ. އެތަނުން އެމްބިއުލާންސެއްގައި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް، ފްލޮއިޑް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް އަވަހާރަވެއްޖެ

02 ޑިސެމްބަރު 2018
ޖޯޖް ބުޝް ދުވަސްކޮޅަކަށް އޮބްޒަވޭޝަނުގައި އޮންނާނެ ކަމަށް އާއިލާ އިން ބުނެފި

ޖޯޖް ބުޝް ދުވަސްކޮޅަކަށް އޮބްޒަވޭޝަނުގައި އޮންނާނެ ކަމަށް އާއިލާ އިން ބުނެފި

28 މެއި 2018
ޖޯޖް ބުޝް އަނެއްކާވެސް އެޑްމިޓް ކޮށްފި

ޖޯޖް ބުޝް އަނެއްކާވެސް އެޑްމިޓް ކޮށްފި

28 މެއި 2018
ލައިބީރިއާގެ ރައީސްކަމުގެ ހުވާ ޖޯޖް ވިއާ ކުރައްވައިފި

ލައިބީރިއާގެ ރައީސްކަމުގެ ހުވާ ޖޯޖް ވިއާ ކުރައްވައިފި

22 ޖެނުއަރީ 2018
ކަންކަން ބަދަލުވާން ފަށައިފި: ޖޯޖް ވިއާ

ކަންކަން ބަދަލުވާން ފަށައިފި: ޖޯޖް ވިއާ

29 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު