Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާން މައިކަލް

ތޫފާން މައިކަލް ފޮލްރިޑާގެ ގޮނޑުދޮށުގެ އަވަށަށް އަރާފައިވަނީ ބޮންތަކުގެ މައި ބޮން ވައްޓާލި ފަދައިން

މަރުވި މީހުންގެ އަދަދު 16 އަށް އަރާ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 އޮކްޓޯބަރު 2018 | އާދީއްތަ 04:20
ބުދަ ދުވަހު ތޫފާން އަރާފައިވަނީ ގަޑިއަކު 250 ކިލޯމީޓަރު ބާރުމިނުގެ ވަޔާއެކު

ބުދަ ދުވަހު ތޫފާން އަރާފައިވަނީ ގަޑިއަކު 250 ކިލޯމީޓަރު ބާރުމިނުގެ ވަޔާއެކު

ތޫފާން މައިކަލް ފޮލްރިޑާގެ ގޮނޑުދޮށުގެ އަވަށަށް އަރާފައިވަނީ "ބޮންތަކުގެ މައި ބޮން" ވައްޓާލި ފަދައިންކަމަށާއި ޗާޓުން އެތަން އެކީ ހެން ފުހެވިފައިވާކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އެ ސްޓޭޓްގެ އިރު އުތުރުގެ އައްސޭރިފަށުގައި އޮންނަ މެކްސިކޯ ގޮނޑުދޮށަށް ބުދަ ދުވަހު ތޫފާން އަރާފައިވަނީ ގަޑިއަކު 250 ކިލޯ މީޓަރު ބާރުމިނުގެ ވަޔާއެކުއެވެ.

އެމެރިކާގެ ތާރީޚުގައި އެރި އެންމެ ބާރުގަދަ އެއް ތޫފާނުގެ ގޮތުގައި ރެކޯޑްކުރެވިފައިވާ މި ތޫފާނުގައި މަރުވި މީހުންގެ އަދަދު 16 އަށް އަރާފައިވާއިރު އެ އަދަދު އިތުރުވުމުގެ ބިރު ބޮޑެވެ.

އިމަރޖެންސީ މެނޭޖްމަންޓްގެ އޮފިޝަލަކު ވިދާޅުވީ ތޫފާނުގެ އަސަރު އެންމެ ބޮޑަކުރި އެއް ސަރަހައްދަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ޓީމްތަކަށް ދެވިފައި ނުވާކަމަށެވެ.

މެކްސިކޯ ބީޗުން މިހާތަނަށް މީހަކު މަރުވެފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުންވަނީ އެންމެ ބޮޑަށް ސުންނާފަތިވި ސަރަހައްދުތަކަށް ގޮސްފައެވެ.

ފްލޮރިޑާއާއާއި،އަލަބަމާއާއި،ޖޯޖިއާ،ވަރޖީނިއާ އަދި ކެރޮލައިނާގެ މިލިއަނަކަށްވުރެ ގިނަ ގެއިން ކަރަންޓު ކެނޑިފައެވެ.

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2017

ތޫފާން ހާވީ: މަރުވި މީހުންގެ އަދަދު 40 އަށް ވުރެ މައްޗަށް

02 ސެޕްޓެމްބަރު 2017
ތޫފާން ހާވީ: މަރުވި މީހުންގެ އަދަދު 40 އަށް ވުރެ މައްޗަށް
30 އޯގަސްޓު 2017

ތޫފާން ހާވީ: ޓެކްސަސް ސްޓޭޓްގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ޒިޔާރަތް ކުރައްވައިފި

30 އޯގަސްޓު 2017
ތޫފާން ހާވީ: ޓެކްސަސް ސްޓޭޓްގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ޒިޔާރަތް ކުރައްވައިފި
29 އޯގަސްޓު 2017

ތޫފާން ހާވީ: ޓެކްސަސް ސިޓީގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ވަޑައިގަންނަވަނީ

29 އޯގަސްޓު 2017
ތޫފާން ހާވީ: ޓެކްސަސް ސިޓީގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ވަޑައިގަންނަވަނީ
29 އޯގަސްޓު 2017

ތޫފާން ހާވީ:ޓެކްސަސްގެ ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ

29 އޯގަސްޓު 2017
ތޫފާން ހާވީ:ޓެކްސަސްގެ ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ
28 އޯގަސްޓު 2017

ތޫފާން ހާވީ:ފެންބޮޑުވުމުގައި ހާލުގައި ޖެހިގެން 2،000 މީހުން ސަލާމަތް ކޮށްފި

28 އޯގަސްޓު 2017
ތޫފާން ހާވީ:ފެންބޮޑުވުމުގައި ހާލުގައި ޖެހިގެން 2،000 މީހުން ސަލާމަތް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު