Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖޯޖިއާގައި ބަޔަކު މަރާލުން

މަންމަ އާއި ތިން ދަރިން މަރާލުމުގެ ތުހުމަތުގައި ކުދިންގެ ބައްޕަ ހައްޔަރުކޮށްފި

މަރާލެވިފައިވަނީ އުމުރުން 29 އަހަރުގެ ޖެރިކާ ސްޕެލްމެން އާއި އޭނާގެ 3 އަހަރުގެ ފިރިހެން ދަރިފުޅު ކިންގ ޖެކްސަން، އެއް އަހަރުގެ ކެންސްލީ ޖެކްސަން އަދި އެއްމަހުގެ ކްރިސްޓަން ޖެކްސަން

މުހައްމަދު ލިސާން
މުހައްމަދު ލިސާން | 19 ޖުލައި 2019 | ހުކުރު 01:58
މަންމަ އާއި ތިން ދަރިން މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ކުދިންގެ ބައްޕަ ޓްރެވޭން ބްރޭންޑަން ޖެކްސަން

މަންމަ އާއި ތިން ދަރިން މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ކުދިންގެ ބައްޕަ ޓްރެވޭން ބްރޭންޑަން ޖެކްސަން

އެމެރިކާގެ ޖޯޖިއާގައި އަންހެނަކާއި އޭނާގެ ތިން ކުދިން މަރާލިކަމުގެ ތުހުމަތުގައި އެކުދިންގެ ބައްޕަ ހައްޔަރުކޮށްފިއެވެ.

ކޮލަމްބަސްގެ ފުލުހުންގެ އިދާރާގެ ޗީފް ހާމަކުރި ގޮތުގައި ހަތަރު މީހުން މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ޓްރެވޭން ބްރޭންޑަން ޖެކްސަން ކިޔާ މީހެކެވެ. އަދި ބެލެވޭ ގޮތުގައި އެއީ ތިންކުދިންގެ ބައްޕައެވެ. އަދި މަރާލި އަންހެންމީހާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތެވެ.

މަރާލެވިފައިވަނީ އުމުރުން 29 އަހަރުގެ ޖެރިކާ ސްޕެލްމެން އާއި އޭނާގެ 3 އަހަރުގެ ފިރިހެން ދަރިފުޅު ކިންގ ޖެކްސަން، އެއް އަހަރުގެ ކެންސްލީ ޖެކްސަން އަދި އެއްމަހުގެ ކްރިސްޓަން ޖެކްސަން އެވެ. ޖެކްސަން ދިރިއުޅެމުން އަންނަނީ ބުދަދުވަހު މަރާލާފައި އޮއްވާ ފެނުނު ހަތަރު މީހުންވެސް ފެނުނު ގޭގައެވެ.

ފުލުހުންގެ އިދާރާގެ ޗީފް އިތުރަށް ހާމަކޮށްފައިވާގޮތުން 2017 ވަނަ އަހަރުވެސް ޖެކްސަން ވަނީ ޖެރިކާ ސްޕެލްމެން އަށް ގެވެށި އަނިޔާ ކުރި ކަމުގެ މައްސަލައެއްގައި ހައްޔަރު ކުރެވިފައެވެ. އަދި ކޯޓް ތަކުގައިވެސް އެ މައްސަލަ ބަލާފައިވާކަމަށް އޭނާ ބުންޏެވެ.

ޖެކްސަންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އޮންނާނީ ހޮނިހިރު ދުވަހުގެ 9 ޖަހާއިރުއެވެ. ނަމަވެސް ލަފާ ކުރެވޭގޮތުން މި މައްސަލައިގެ އަޑުއެހުން ބޭއްވޭނެކަމަށް ބެލެވެނީ އަންނަ ހަފަތާގެ ހުކުރު ދުވަހުއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު