Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދުން

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު ފާސްކޮށްފި

ބިލުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ވިޔަފާރި ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 18 އޯގަސްޓު 2020 | އަންގާރަ 07:32
މާލެ ސިޓީގައި ހިންގާ ވިޔަފާރިއަކުން ބަޔަކު ޚިދުމަތް ހޯދަނީ

މާލެ ސިޓީގައި ހިންގާ ވިޔަފާރިއަކުން ބަޔަކު ޚިދުމަތް ހޯދަނީ

ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ރާއީ ހުށަހެޅުއްވި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު ފާސްކޮށްފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މި ބިލު ފާސްކުރުމަށް ޖަލްސާއަށް ހާޒިރުވެ ތިއްބެވި 62 މެންބަރުން ވޯޓު ދެއްވިއެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ވިޔަފާރި ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމަށާއި، ވިޔަފާރީގެ ދާއިރާގެ ކަންކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ޤައުމުގެ އިޤުތިޞާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމެވެ.

އަދި ވިޔަފާރީގެ ދާއިރާގެ ވާދަވެރި ކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި، އެފަދަ ވިޔަފާރީގެ އަމަލުތައް މަނާކުރުމާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމާއި، ވިޔަފާރީގެ ބާޒާރުގައި ނުފޫޒު ފޯރުވޭ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއްގެ ބޭނުން ނަހަމަގޮތުގައި ހިފުން މަނާކުރުމެވެ.

މީގެ އިތުރުން އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއާ އެއްކުރުމުގެ ސަބަބުން، ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއެޅިގެންދާ ދިޔުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމާ ބެހޭ އުސޫލުތައް އެކުލަވާލުމާއި، އަދި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާ ބެހޭ ކަންކަން ބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމަކީވެސް މި ބިލު ހުށަހެޅުމުގެ ބޭނުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީން ލަންކާގައި ގިނަ ގޮފިތަކެއް އުފައްދައި، ފުރަތަމަ ގޮފި ރެޖިސްޓްރީ ކުރަން ހުށަހަޅައިފި

އެމްޑީޕީން ލަންކާގައި ގިނަ ގޮފިތަކެއް އުފައްދައި، ފުރަތަމަ ގޮފި ރެޖިސްޓްރީ ކުރަން ހުށަހަޅައިފި

09 ޖުލައި 2017
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

13 ޖޫން 2017
ގަތަރާއެކު އޮތް ވިޔަފާރީގެ އެއްވެސް ގުޅުމަކަށް ބަދަލެއް ގެނައުމަށް ނުނިންމަން: މުއާޒު

ގަތަރާއެކު އޮތް ވިޔަފާރީގެ އެއްވެސް ގުޅުމަކަށް ބަދަލެއް ގެނައުމަށް ނުނިންމަން: މުއާޒު

05 ޖޫން 2017
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!

05 ޖޫން 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު