Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިޔަފާރީގެ އެއްބަސްވުން

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

މިއީ މަޖިލީހުން ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ މަޖިލީހަށް ފޮނުވި މައްސަލައެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 ޖޫން 2017 | އަންގާރަ 09:00
ޑރ. ހުސައިން ނިޔާޒުއަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވަނީ: ރާއްޖެ އާއި ޔޫއޭއީ އިން ވަނީ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައި

ޑރ. ހުސައިން ނިޔާޒުއަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވަނީ: ރާއްޖެ އާއި ޔޫއޭއީ އިން ވަނީ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައި

ދިވެހިރައްޖޭ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ސަރުކާރުން ނިންމާފައިވާތީ، އެކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިއަ ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާ އެކު ދިވެހިރާއްޖެއިންވާ މުއާހަދާތަކާ އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭ ބާވަތުގެ މުއާހަދާތަކާއި އެނޫން ވެސް އެއްބަސްވުންތަކުގައި ސޮއިކުރުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުން ވާނެ ކަމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވާތީ، "އެގްރީމަންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޔުނައިޓެޑް އެރެބް އެމިރޭޓްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ދަ ޕްރޮމޯޝަން އެންޑް ރެސިޕްރޯކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓްސް" ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރުމުގެ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވުމުން އެކޮމެޓީން ވެސް ވަނީ ރުހުން ދިނުމަށް ނިންމާފަ އެވެ.

Advertisement - newsAdvertisement

އެކޮމެޓީން އެގޮތަށް ނިންމުމާއެކު މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ޔޫއޭއީ އާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ 65 މެމްބަރުންގެ އިއްތިފާގުންނެވެ. ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ 01 މެމްބަރަކު އިންނެވި އެވެ.

އޫއޭއީ އާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކުރަން ނިންމާފައިވާއިރު، މިދުވަސްވަރަކީ ޔޫއޭއީ ހިމެނޭ އަރަބި އަދި ގަލްފް ސަރަހައްދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ދުވަސްވަރެކެވެ. އެގޮތުން ސައުދީއަރަބިޔާ އިސްކޮށްއޮވެ، ގަތަރާ އޮތް ހުރިހާ ގުޅުމެއް ވަނީ ކަނޑާލުމަށް ބައެއް ގައުމުތަކުން ނިންމާފައިވާއިރު، ގަތަރު ހިމެނޭ ސަރަހައްދުގެ ގިނަ ގައުމުތަކެއް ވަނީ ގަތަރާއެކު އޮތް ގުޅުން ކަނޑާލާފަ އެވެ. ހަމައެގޮތަށް ރާއްޖެއިން ބުނެފައިވަނީ ގަތަރާއެެކު އޮތް ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ވިޔަފާރީގެ ގުޅުން އޮންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!

05 ޖޫން 2017
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!
03 ޖޫން 2017

ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ

03 ޖޫން 2017
ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ
24 މެއި 2017

ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މެއި 2017
ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
14 މެއި 2017

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި

14 މެއި 2017
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
05 އެޕްރީލު 2017

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު