Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޫރިޒަމް މިނިސްޓްރީގެ އޯޑިޓް ރިޕޯޓް

ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް އިތުރަށް ތަހުޤީޤު ކުރަން އޭސީސީއަށް ރައީސް ހުށަހަޅުއްވައިފި

ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2020 | ހޯމަ 13:26
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

ޓޫރިޒަމް މިނިސްޓްރީގެ އޯޑިޓް ރިޕޯޓް އިތުރަށް ތަހުޤީޤު ކުރަން އޭސީސީއަށް ރައީސް ހުށަހަޅުއްވައިފިއެވެ.

ހޫދު ވިދާޅުވީ އެ މައްސަލަ ބަލަން އޭސީސީއަށް ރައީސް ހުށަހެޅުއްވީ މިއަދު ކަމަށެވެ. އަދި އެ މައްސަލައާއި ގުޅޭގޮތުން އެ ބޭފުޅުން ވިދާޅުވާ ގޮތެއްގެ މަތިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

މިކަން ރައީސްގެ ތަރުޖަމާނު ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކާ ގުޅިގެން މިދިޔަ ހަފުތާގައި ނެރުނު ކޮމްޕްލަޔަންސް އޮޑިޓްގައި ބުނެފައިވަނީ މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން އެ މިނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ ގިނަ ކަންތައްތަކަށް 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ސަރުކާރުގައި ވަކިވަކި މުއައްސަސާތަކަކަށް މަތިކޮށްފައިވާ ބައެއް ކަންކަމަށް ޓޫރިޒަމް މިނިސްޓްރީން ހަރަދު ކުރުމަކީ މައްސަލައެއްގެ ގޮތުގައި އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވާ އިރު މިނިސްޓްރީން ކުރި ހަރަދުގެ 99 ޕަސެންޓަކީ އެ މިނިސްޓްރީގެ މެންޑޭޓުން ބޭރުން ކޮށްފައިވާ ހަރަދުތައް ކަމަށް ރިޕޯޓުގައިވެއެވެ. ކޮވިޑް-19 ގެ ތެރެއިން އެންމެ މައްސަލަ ބޮޑުވި ވިލިވަރުގައި ކަރަންޓީން ފެސިލިޓީއެއް ހަދަން ބިޑް ކޮމިޓީން މަސައްކަތް ހަވާލު ކުރާނެ ބައެއް ނުނިންމަނީސް، އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމާއި މަހަކަށް ގެނައި މެޑިކަލް ޓީމަށް 7.9 މިލިއަން ރުފިޔާ ހަރަދުކުރުން ފަދަ ބޮޑެތި މައްސަލަތައް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޓުއަރިޒަމް ޓްރަސްޓް ފަންޑުން ހަރަދުކުރާނެ ޖުމްލަ އަދަދެއް ކަނޑައެޅުމުގެ ކުރިން 14 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން މި އޮޑިޓް ރިޕޯޓުން ހާމަވެއެވެ. ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު އާންމުކޮށްފައިވާ އިރު، އެ މިނިސްޓްރީ އިން އެ މުއްދަތުގައި ކުރި ހަރަދުތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު ވަނީ ފާހަގަކުރައްވާފައެވެ. އޮޑިޓްގައި ބުނެފައިވަނީ ޓްރަސްޓް ފަންޑުން ކޮވިޑް-19 ގެ ޚަރަދާ ގުޅޭ ބަޖެޓެއް ފާސްކުރުމަށް ފަންޑު ކޮމިޓީގެ ވަކި ބައްދަލުވުމެއް ބާއްވާފައިނުވި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން 2 މިލިއަން ޑޮލަރު ނުވަތަ 30،840،000 ( ތިރީސް މިލިއަން އަށް ސަތޭކަ ސާޅީސް ހާސް ރުފިޔާ)އެ ފަންޑުން ޚަރަދުކުރުމަށް ފާސްކުރުމާމެދު މިނިސްޓްރީގެ ފަރާތުން ކޮމިޓީގެ މެމްބަރުންގެ ލަފައަކަށް އެދި، 2 މެއި 2020 ގައި އެ ފަރާތްތަކަށް އީމެއިލް އެއް ފޮނުވާފައިވާ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީން ކޮވިޑް-19އާއި ގުޅިގެން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާތީ އެ ދެ ވުޒާރާއި އާއި ފިނޭންސް އަދި އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު