Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ ވަކީލު ބައްދަލުވުން

ރައީސް ޔާމީނާ ބައްދަލުކުރައްވަން އެމަނިކުފާނުގެ ގާނޫނީ ވަކީލު ބޭނުމެއް ނުވޭ: މިނިސްޓަރ އިމްރާން

17 އޯގަސްޓު 2020 | ހޯމަ 08:05

ރައީސް ޔާމީނާއި ގާނޫނީ ވަކީލުން ބައްދަލު ކުރެއްވުމަށް ކަރެކްޝަނަލް ސަރވިސްގެ އިސްނެގުމުގެ މަތިން ވެސް ލައްކަ މަސައްކަތް ކުރެއްވި ކަމަށް އިމްރާން ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 އޯގަސްޓު 2020 | ހޯމަ 08:05
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ބައްދަލުކުރައްވަން ބޭނުންފުޅުވެ ވެވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނުގެ ގާނޫނީ ވަކީލުން ބައްދަލުކުރައްވަން ބޭނުންނުވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ހިންގަމުގެ މެންޑޭޓް އޮންނަ ކެބިނެޓް ވަޒީރު، ހޯމް މިނިސްޓަރ އިމްރާން ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ބައްދަލުވުން ހަމަޖައްސަން ކަރެކްޝަނަލް ސަރވިސްގެ އިސްނެގުމަށް ލައްކަ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުން ނުބޭއްވިގެން އުޅުއްވަނީ އެކަން ކުރައްވަން ރައީސް ޔާމީންގެ ގާނޫނީ ވަކީލު ބޭނުން ނުވާތީ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އިމްރާން ވިދާޅުވީ، ރައީސް ޔާމީންގެ ގާނޫނީ ވަކީލު ބައްދަލުވުން ހަމަޖައްސަން ރާއްޖޭގެ އެއްވެސް ކޯޓަކުން ހޯމް މިނިސްޓަރުގެ މައްޗަށް އަމުރެއް ނެރުއްވާފައި ނެތް ކަމަށެވެ.

އިމްރާން މިހެން ވިދާޅުވިއިރު، އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ރައީސް ޔާމީންގެ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުން ވަނީ ކުރިއައް ނުގެންދެވި އެހެން ދުވަހަށް ފަސްކޮށްފަ އެވެ. އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ރައީސް ޔާމީންގެ މަށްޗަށް ދައުލަތުން އުފުލާފައިވާ މި ދައުވާތަކަކީ، ބޮޑެތި ދައުވާތަކެއް ކަމަށާއި އަދި މިދައުވާތަކާއި ގުޅިގެން ގިނަ ލިޔެކިޔުންތަކެއް ޝަރީއަތަށް ހުށަހެޅިފައިވާތީ، ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ސީދާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިލައްވަންޖެހޭ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ސިދާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސާ ދެއްވުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އާދިއްތަ ދުވަހުގެ ވަގުތެއްގައި އަމުރެއް އެކޯޓުން ނެރޭނެ ކަމަށް ގާޒީ ޝަކީލް ވިދާޅުވި އެވެ.

ނަމަވެސް މިހާތަނަށް އަދި އެފަދަ އަމުރެއް ނެރުއްވާފައި ނުވާކަމަށް އިމްރާން ވަނީ ޔަގީންކޮށް ދެއްވާފަ އެވެ.

ކަރެކްޝަނަލް ސަރވިސްއާ ހަވާލާދީ ދައުލަތުގެ ވަކީލު ވަނީ ކަންހިނގާދިޔަ ގޮތް އެއަޑުހުމުގައި ވަނީ ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން، މިދިއަ ޖޫން މަހުން 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ގާނޫނީ ވަކީލުން ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގެންފައިވަނީ މިމަހުގެ 4 ވަނަ ދުވަހު އެކަނި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ހުންނެވި ކ. މާފުއްޓަށް ވަޑައިގެންނެވުމުގައި، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، އެރަށަށް ވަކީލުން ވަޑައިގެންނެވުމަށް ވަކީލުން ނަގަންޖެހޭ ހުއްދަތަކެއް ނެގުމަށްފަހު، ވަޑއިގެންނެވުމަށް އެދުމުން ވަޑައިގެންފައިނުވާ ކަމަށެވެ. އަދި އޭގެފަހުން މިމަހުގެ 11 ވަނަ ދުވަހު ގާނޫނީ ވަކީލުންނާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގަންނަވާފައިވާ ކަމަށާއި މިމަހުގެ 17 ވަނަ ދުވަހު އެކަން ހަމަޖެހޭނެ ކަމަށް ކަރެކްޝަނަލް ސަރވިސްއާ ހަވާލާދީ ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ތިން ފަހަރެއްގެ މަތިން މުވައްކިލާ ބައްދަލުކުރަން ފޯމް ހިފައިގެން ގާނޫނީ ޓީމުން ކަރެކްޝަނަލް ސަރވިސަށް ވަޑައިގެންނެވި ކަމަށާއި އެ ފޯމް ބަލައި ނުގަނެ، ވަކީލުންގެ ބައްދަލުވުން ހަމަޖައްސާ ނުދެއްވި ކަމަށެވެ.

ކޮވިޑް-19 ރޯގާ އިން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ ގިނަ މުއައްސަސާތަކާ އެއްގޮތަށް ކަރެކްޝަނަލް ސަރވިސްއިން ވެސް ވަނީ އޮންލައިންކޮށް، ހިދްމަތް ދިނުމަށް ނިންމާފަ އެވެ. އެގޮތުން ވަކީލުންނާ ބައްދަލުކުރުމާއި ހުށަހަޅަން ޖެހޭ ފޯމްތަކާއި ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުއްވުމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ މީގެކުރިން އިއުލާން ވެސް ކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމަކީ، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލާގައި ދައުވާކުރުމަށް، މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި ދައުވާތަކެކެކެވެ. އަދި އާދިއްތަ ދުވަހުގެ އަޑުއެހުމަކީ ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާތަކާއި ގުޅިގެން ބޭއްވި އިބްތިދާއީ އަޑުއެހުމެކެވެ.

ވެރިކަމުގައި ހުންނަވައި ދައުލަތުން ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ގއ. ވޮޑުމުލާ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ވަނީ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރައްވާފަ އެވެ. އެމައްސަލަ ކްރިމިނަލް ކޯޓުން ސާބިވާކަމަށް ނިންމައި، ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމުން، އެމަނިކުފާނު މިހާރު އެ ގެންދަވަނީ އެހުކުމް ތަންފީޒު ކުރައްވަމުން ނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް