Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިންގެ ޖަމުއިއްޔާ

ނޫސްވެރިންގެ ޖަމިއްޔާގެ ހަރަކާތްތައް ފަށައި، އާންމު އިންތިޚާބު ބާއްވަނީ

17 އޯގަސްޓު 2020 | ހޯމަ 04:21

ސެޕްޓެމްބަރު މަހުގެ 13 ގެ ކުރިން ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް އަންގާފައިވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 17 އޯގަސްޓު 2020 | ހޯމަ 04:21
ނޫސްވެރިން

ނޫސްވެރިން

ރާއްޖޭގެ ހުރިހާ މީޑިޢާތަކެއްގެ ނޫސްވެރިން ހިމެނޭ ގޮތުން ހިންގަމުން އައި މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ޙަރަކާތްތައް އަލުން ހިންގަން ފެށުމަށް ނިންމައިފިއެވެ.

އާދިއްތަ ދުވަހު ރޭ އެމްޖޭއޭ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެމްޖޭއޭގެ ހަރަކާތްތައް ނުހިނގާ އޮންނަތާ ގިނަ ދުވަސްތަކެއް ވުމަށްފަހު އެ ޖަމްޢިއްޔާގެ ހަރަކާތްތައް އަލުން ހިންގަން ނިންމައި, ބެލެނިވެރި ފަރާތުން އަންނަ ސެޕްޓެމްބަރު މަހުގެ 13ގެ ކުރިން ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް އަންގާފައިވާކަމަށެވެ. އެހެންކަމުން ނޫސްވެރިން އެދޭ ބަދަލުތަކާއެކު އެ ޖަމްއިއްޔާގެ ހަރަކާތްތައް އަލުން ފަށައިގަތުމަށް ޖަމްއިއްޔާގެ ހިންގާ ގަވާއިދުގެ ދަށުން އަންގައި، އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް މަސްއޫލުވެރިން ވަނީ ނިންމައިފައިކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

ބަޔާނުގައި ބުނެފައިވަނީ "ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ" އެއް އަންނަ ސެޕްޓެމްބަރު 5 ވަނަ ދުވަހު މެންދުރުފަހު 2:00 ގައި ބާއްވައި, އާ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ނިންމާފައިކަމަށެވެ.

މީގެއިތުރުން ޖަމިއްޔާ، ނުހިންގާ ގިނަ ދުވަސްތަކެއްވެފައިވުމުގެ ސަބަބުން ޖަމިއްޔާގެ މެމްބަރުންގެ ދަފްތައުގެ ސައްހަކަން ގެއްލިފައިވާތީ، ނޫސްވެރިކަމުގެ ދާއިރާއިން އެމްޖޭއޭގެ މެމްބަރުންގެ ގޮތުގައި ތިބިފަރާތްތައް ވަކިވެފައިވުން، ކުރީގެ ދަފްތަރު ބާތިލްކޮށް އާ މެމްބަރުންގެ ދަފްތަރެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން އެމްޖޭއޭގެ މެންބަރެއްގެ ގޮތުގައިވުމަށް ދިވެހި ހުރިހާ ނޫސްވެރިން ޖާނަލިސްޓުން، ޕްރީލްންސާސް ކޮންޓްރިބިއުޓާސް ފޮޓޯގްރާފާސް ކާޓޫނިސްޓުންގެ އާޓިސްޓުން އަދި އެޑިޓަރުންނަން އަލުންވަނީ ހުޅުވާލާފައެވެ.

މި ފުރުސަތުގައި މެންބަރަކަށް ނުވާ ފަރާތްތަކަށް ހާއްސަގޮތުން ކުރާ އާންމު ޖަލްސާ ބާއްވާ، އާ ހިންގާ ކޮމިޓީ އިންތިހާބު ކުރެވެންދެން މެންބަރަކަށް ވުމުގެ ފުރުސަތު ނޯންނާނެކަމަށް ބުނެފައިވެ އެވެ. އަދި މެމްބަޝިޕްގެ އާ ދަފްތަރު ސެޕްޓެމްބަރު 1 ވަނަ ދުވަހު އާންމުކޮށް އިއުލާން ކުރެވޭނެ ކަމަަށް އެމްޖޭއޭ އިން ވަނީ ބުނެފަ އެވެ. އެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ސެޕްޓެމްބަރު މަގުގެ 3 ވަނަ ދުވަހުގެ މެންދުރު 2:00 އަށް ހުޅުވާލުމަށް އެ ޖަމްއިއްޔާއިން ވަނީ ނިންމައިފަ އެެވެ.

ފައިނަލް ދަފްތަރު ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު އާންމުކޮށް އިއުލާންކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. ހާއްސަގޮތުން ކުރާ އާއްމު ޖަލްސާގައި ބައިވެރިވުމާއި ހިންގާ ކޮމިޓީ އިންތިހާބު ކުރަން ވޯޓް ދެވޭނީ، އެ ލިސްޓަށެވެ.

މި ޢާންމު ޖަލްސާ ބޭއްވުމާއި، އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ތިން ބޭފުޅުންގެ މައްޗަށް އެކުލެވޭ އިންތިގާލީ ކޮމިޓީއަކީ އެ ޖަލްސާ ބޭއްވުން އަދި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ޙަވާލުކުރަން މުއައްސިސުން ވަނީ ނިންމައިފައެވެ. އެ ކޮމިޓީގައި ތިއްބަވާނީ،

1. ޒަހީނާ ރަޝީދު

2 ހުސެއިން ޙަސަން

3 މުހައްމަދު މުޒައްޔިން ނާޒިމް

ދެހާސްނުވަ ވަނަ އަހަރު އުފަންވި އެމްޖޭއޭއިން ވަނީ ދިވެހި ނޫސްވެރިކަމަށް ދިމާވި އެތަކެއް ގޮންޖެހުމަކަށް މީގެ ކުރިން އެޑްރެސްކޮށް އަޑުއުފުލާ އެކަމުގައި ގިނަ ކާމިޔާބީތަކެއްވެސް ހާސިލު ކޮށްފައެވެ. އަދި ދިވެހި ނޫސްވެރިންނަށް ތަމްރީނާއި ކިޔެވުމުގެ ގިނަ ފުރުސަތުތަކެއް ވެސް ވަނީ ހޯދައިދީފައެވެ. އެހެންކަމުން، މި ޖަމްއިއްޔާގެ ހަރަކާތްތައް އަޅުން ކުރިއަށް ގެންދިޔުމުގައި އެންމެހާ ދިވެހި ނޫސްވެރިންގެ ބައިވެރިވުމަށް އެ ޖަމްއިއްޔާއިން ވަނީ އެދިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް