Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް

ހެލްތުގެ އޮޑިޓް ރިޕޯޓާ ގުޅިގެން ފަސް ޖެހުމެއް ނެތި ފިޔަވަޅު އަޅާނެ: ސަރުކާރު

16 އޯގަސްޓު 2020 | އާދީއްތަ 17:55

ރަސްމީކޮށް ރިޕޯޓް ލިބުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހޫދު

އަލީ ސަމާޚް
އަލީ ސަމާޚް | 16 އޯގަސްޓު 2020 | އާދީއްތަ 17:55
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ކަންކަމާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު އެއްވެސް ފަސް ޖެހުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރާއްޖެ.އެމްވީ އަށް ވިދާޅުވީ، ރިޕޯޓް ރަސްމީކޮށް ސަރުކާރަށް ލިބުމުން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދޭން ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެނައުމުގައި ހެލްތް މިނިސްޓްރީން އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނާ ގޮތުން ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ހަމަޖައްސާފައިވާ ކުންފުންޏެއް ނޫނެވެ. އެކަމަކު އެ ކުންފުންޏަކީ ސީދާ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ކުންފުންޏެއް ކަމަށް ހެލްތް މިނިސްޓްރީން ވަނީ ރާއްޖެ.އެމްވީ އަށް މައުލޫމާތު ދީފައެވެ. އަދި ކޮރަޕްޝަން އަށް މަގު ފަހިވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، އެގްޒެކިއުޓާރސް ޖެނެރަލް ހެލްތް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ 75 އިންސައްތަ ދައްކާތާ 29 ދުވަސް ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނިންމަން ޖެހޭ ކަމަށެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ދެވަނަ ދުވަހު 75 އިންސައްތަ އަދި 27 އޭޕްރީލް 2020 ގައި އިތުރު 15 އިންސައްތަ ދައްކާފައިވީ ނަމަވެސް، އޮޑިޓް ކުރެވުނު ތާރީޚު ކަމުގައިވާ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ވެސް ވެންޓިލޭޓަރުތައް ހަމައަށް ފޯރުކޮށްދީފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް