Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ގެސްޓްހައުސް ކޮންފްރެންސް

ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި

މި ކޮންފްރެންސްގައި 175 ގެސްޓްހައުސް ބައިވެރިވެފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2017 | ހޮނިހިރު 14:16
ޕެރެޑައިސް ރިސޯޓްގައި ބޭއްވި ދެވަނަ ގެސްޓްހައުސް ކޮންފްރެންސް

ޕެރެޑައިސް ރިސޯޓްގައި ބޭއްވި ދެވަނަ ގެސްޓްހައުސް ކޮންފްރެންސް

މޯލްޑިވްސް ގެޓަވޭސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި އެވެ.

މި ކޮންފްރެންސްއާ ގުޅޭ ގޮތުން މޯލްޑިވްސް ގެޓަވޭސްގެ އެސިސްޓެންޓް މެނޭޖަރ ފްރާތު މުހައްމަދު ވިދާޅުވީ، މިފަހަރުގެ ގެސްޓްހައުސް ކޮންފްރެންސްގައި 175 ގެސްޓްހައުސްގެ އިސްވެރިން ބައިވެރިވާ ކަމަށެވެ. އޭގެ އިތުރަށް 20 އިންޓަރނޭޝަނަލް، ބަޖެޓް އޮޕަރޭޓަރުން ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - businessAdvertisement

ފްރާތު ވިދާޅުވީ، މީގެ ތިން އަހަރު ކުރިން ގެސްޓްހައުސް މޯލްޑިވްސް ވުޖޫދަށް އައިފަހުން ގެސްޓްހައުސްތަކަށް ވިޔަފާރީގައި ފަހި މާހައުލުތަކެއް ގާއިމް ކުރުމާއި ވިޔާފާރި އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި މި ކޮންފްރެންސްގެ ތެރެއިން ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކާ، އެހެން ބަޖެޓް ޓޫރިޒަމް އޮޕަރޭޓްކުރާ ފަރާތްތަކާ އިތުރަށް ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ސަފްލަޔަރުންނާއި އޭޖެންޓުންނާ އެއްތަނަކަށް އެއްކޮށް، އެ މީހުންނަށް ހުރި އިތުރު ފުރުސަތުތަކަކީ ކޮބައިތޯ ބެލުމަށް،" ފްރާތު ވިދާޅުވި އެވެ.

ގެސްޓް ހައުސްތަަކަށް މިވަގުތު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ބެޑް ކެޕޭސިޓީ އިތުރުވެގެންދާ ވަރަށް އެ ގެސްޓްހައުސްއަކަށް އޮންނަ ޑިމާންޑް އިތުރު ކުރުމަށް ހުރި ދަތިތައް ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަަލަތައް ހައްލު ކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ފެއާރތަކަށް ގޮސް ގެސްޓްހައުސްތައް ޕްރޮމޯޓް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ގެސްޓްހައުސް ވިޔަފާރި ކުރިއަރައިގެން ދިއުން އެއީ ގެސްޓްހައުސް މޯލްޑިވްސްގެ އެންމެ ބޮޑު ޓާގެޓް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގެސްޓްހައުސް ވިޔަފާރިއަކީ ރަގަޅަށް ކުރިއަރުވައިފި ނަމަ ރިސޯޓްތަކާއި ވާދަކޮށްލެވޭނެ ވަރުގެ ވިޔަފާރިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ހެނދުނު 09:30 ހާއިރު ފެށި ގެސްޓް ހައުސް ކޮންފްރެންސް ނިންމާލާފައި ވަނީ ހަވީރު 05:00 ގަ އެވެ.

މި ކޮންފްރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިރާއްޖެއިން ވަރަށް ބޮޑު ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ އިރު ގެސްޓްހައުސް ވިޔަވާރިއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް އެޅޭ އިތުރު ބޮޅެއް ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ އިރު ތިމާވެށީގެ ކެމްޕެއިންތަކަށް ވެސް ރަށްރަށުގައި ހިންގަން އިސްކަން ދެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ރާއްޖޭގައި އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިވެ އާންމު ދިރިއުޅުން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ވެސް މޫދުތަކުގައި މުރަކަތައް މަރުވަމުންދާތަން އަޅުގަނޑުމެންނަށް ދަނީ ފެންނަމުން. މިކަންކަން ހައްލު ކުރުމަށް ރަށްރަށުގައި ވެސް ތިމާވެށީގެ ކެމްޕެއިންތައް ހިންގަންޖެހޭ،" ޝޯކޯ ނޯޑާ ވިދާޅުވި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އީވޯގެ ސެލްފީ ޕްރޮމޯޝަނާ އެކު 40,000ރ.ގެ ގިފްޓް ވައުޗަރެއް

އީވޯގެ ސެލްފީ ޕްރޮމޯޝަނާ އެކު 40,000ރ.ގެ ގިފްޓް ވައުޗަރެއް

19 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް  އެކުލަވާލަނީ

އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް އެކުލަވާލަނީ

23 މާރިޗު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު