Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތު މިނިސްޓްރީ ޕީއެސް

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަަމަށް ސާމިޔާ

ސާމިޔާ ހުންނެވީ ހެލްތު މިނިސްޓްރީގެ ޕޮލިސީ އަދި އިންޓަނޭޝަނަލް ހެލްތު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 އޯގަސްޓު 2020 | ހޯމަ 10:01
ހެލްތު މިނިސްޓްރީގެ ޕީއެސް އައިޝަތު ސާމިޔާ

ހެލްތު މިނިސްޓްރީގެ ޕީއެސް އައިޝަތު ސާމިޔާ

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އާއިޝަތު ސާމިޔާ ހަމަޖައްސައިފި އެވެ.

ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ބޭފުޅަކު މިހަމަޖެއްސީ އެމަގާމުގައި ކުރިން ހުންނެވި ޚަދީޖާ އަބްދުއްސަމަދު މަގާމުން ވަކިކުރެއްވުމުންނެވެ. ޚަދީޖާ ވަކިކުރައްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. ޚަދީޖާ ވަކި ކޮށްފައިވަނީ އޭނާއާ ބެހޭ ގޮތުން އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށައެޅި މައްސަލަ އެއް ބެލުމަށް ފަހުއެވެ.

Advertisement - newsAdvertisement

އެ މިނިސްޓްރީގެ ސިވިލް ސާވަންޓުންގެ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިއަކަށް ސާމިޔާ އައްޔަންކުރިކަން ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. އެ މަގާމަށް އައްޔަނުކުރުމާ ހަމައަށް، ސާމިޔާ ހުންނެވީ ހެލްތު މިނިސްޓްރީގެ ޕޮލިސީ އަދި އިންޓަނޭޝަނަލް ހެލްތު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގަ އެވެ.

ސިއްހަތާ ބެހޭ ދާއިރާގައި ސާމިޔާ 21 އަހަރު މަސައްކަތް ކުރައްވާފައިވާއިރު ސާމިޔާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ހެލްތު އިންފޮމޭޝަން މެނޭޖްމަންޓުގެ ދާއިރާއިން ބެޗެލާސް ޑިގްރީ، އަދި ކެނެޑާގެ ޑެލްހުޒީ ޔުނިވާސިޓީން ހެލްތު ސާވިސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

މީގެކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އެކިއެކި މަގާމުތަކުގައި މަސައްކަތް ކުރެއްވި ސާމިޔާ ހެލްތު މިނިސްޓްރީއާ ގުޅިވަޑައިގަތީ 2017 ވަނަ އަހަރުއެވެ. ސާމިޔާއަކީ 2010 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލުގެ މެމްބަރެއްވެސް މެއެވެ.

މީގެ އިތުރުން ސާމިޔާއަކީ ވިލާ ކޮލެޖުގައި ޕަބްލިކް ހެލްތު ދާއިރާއިން ހިންގާ މާސްޓާސް ޑިގްރީ ކޯހުގެ ލެކްޗަރަރެއްގެ އިތުރުން ޔޯގާ އިންސްޓްރަކްޓަރެކެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު