Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިޓީ އާއި ރެއާލް ބައްދަލުކުރާ މެޗު

މެޗަށް ރެއާލް އޮތީ ތައްޔާރަށް، ނަތީޖާ ބަދަލުކުރެވޭނެ: ޒިދާން

7 އޯގަސްޓު 2020 | ހުކުރު 14:12

ސިޓީން ވަނީ ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 7 އޯގަސްޓު 2020 | ހުކުރު 14:12
ރެއާލްގެ ކޯޗު ޒިނެދިން ޒިދާން: މި މެޗަކީ މި ސީޒަނުގައި ރެއާލަށް އެންމެ މުހިންމު މެޗު ކަމަށް ވަނީ ބުނެފައި

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން: މި މެޗަކީ މި ސީޒަނުގައި ރެއާލަށް އެންމެ މުހިންމު މެޗު ކަމަށް ވަނީ ބުނެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލް މެޑްރިޑް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، ފުރަތަމަ ލެގުގެ ނަތީޖާ ބަދަލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

ސިޓީން ވަނީ ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

ހުކުރު ދުވަހުގެރޭގެ މެޗުގެ ކުރިން ޒިދާން ބުނީ މި މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށާއި، އެކަމަކު މި މެޗަށް ޓީމު އޮތީ އެންމެ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި މެޗަށް ނުކުންނައިރު، އެޓީމުގެ ފޯވާޑް އެޑެން ހަޒާޑް ފޯމުގައި ހުރި ކަމަށްވެސް ޒިދާން ބުންޏެވެ.

އެކަމަކު މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލުން އެކުލަވާލި ސްކޮޑުން ހަޒާޑަށް ފުރުސަތުދިން ނަމަވެސް، މެޗަށް ހަޒާޑް ފިޓް ނޫން ކަމަށާއި އޭނާގެ ފައިގެ ކުޑަ ހުޅަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

ޒިދާން އިތުރަށް ބުނީ ރެއާލުން ކޮންމެ މެޗަކަށްވެސް ނުކުންނަނީ ފައިނަލެއް ކަމުގައި ދެކިގެން ކަމަށާއި، އެގޮތުން މި މެޗަކީ ރެއާލުން މި ސީޒަނުގައި ކުޅޭނެ އެންމެ ބޮޑު ފައިނަލް މެޗު ކަމަށެވެ. އަދި ރެއާލްގެ ފޯވާޑް ގެރެތު ބޭލް ސްކޮޑުގައި ނުހިމެނީ އޭނާގެ އެދުމުގެ މަތިން ކަމަށާއި، ޓީމާއެކު ދަތުރު ނުކުރަން އޭނާ ނިންމި ސަބަބު ސާފުކޮށްދޭން ނުޖެހޭނެ ކަމަށްވެސް ޒިދާން ބުންޏެވެ. އަދި އެއީ އޭނާ އާއި ބޭލްއާ ދެމީހުންގެ ދެމެދު އޮތް ކަމެއް ކަމަށް ޒިދާން ވަނީ ބުނެފައެވެ.

ޒިދާން ބުނީ މެޗަށް ނުކުންނައިރު ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލަށް ލިބިފައި އޮތުން އެއީ ލިބޭނެ ފައިދާއެއް ނޫން ކަމަށާއި، ޗެމްޕިއަންސް ލީގަކީ ރެއާލަށް އަބަދުވެސް ހާއްސަ މުބާރާތެއް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ޗެމްޕިއަންސް ލީގު މެޗުތައް އަލުން ފަށާއިރު، ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރަށުން ބޭރުގައި ސިޓީއާ ދެކޮޅަށް ރެއާލް ނުކުންނާނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް