Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެހީ ގާނޫނު އަސާސީ އަށް 12 އަހަރު ފުރުން

މިއީ ރިޔާސީ ނިޒާމަށް ފައްކާވެފައި އޮތް ގާނޫނުއަސާސީއެއް ނޫން: ރައީސް ނަޝީދު

7 އޯގަސްޓު 2020 | ހުކުރު 10:14

އަވަސް އަރުވާލައިގެން ގާނޫނު އަސާސީ އަށް ބަދަލު ގެނައުން ރަނގަޅެއް ނޫން: ނަޝީދު

އަލީ ސަމާޚް
އަލީ ސަމާޚް | 7 އޯގަސްޓު 2020 | ހުކުރު 10:14
މަޖިލީހުގެ ރައީސް ރާއްޖެ.އެމްވީ އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން

މަޖިލީހުގެ ރައީސް ރާއްޖެ.އެމްވީ އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީއަކީ ތަބީއީ ގޮތުން ރިޔާސީ ނިޒާމަށް ފައްކާވެފައި އޮތް ގާނޫނު އަސާސީ އެއް ނޫން ކަމަށާއި، ހިންގުމުގެ ތެރެއިން ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފެހި ގާނޫނު އަސާސީއަކީ ރިޔާސީ ނިޒާމަށް ފައްކާވެފައިވާ ގާނޫނު އަސާސީއެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވީ، ފެހި ގާނޫނު އަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި މަޖިލީހުގެ މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައެވެ. ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީއަކީ ދޫ ދިނުމަށް ހުއްޖަތެއްގެ ގޮތުގައި ވެރިން އަބަދުވެސް ގެންގުޅެމުންދާ އެއްޗެއް ކަމަށެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއަކީ ދުވަހަކުވެސް ކަމެއްގައި ބައިވެރިނުވާ މިންވަރަށް ހުރިހާ ދިވެހިން ބައިވެރިވެގެން ހަދާފައި އޮތް ގާނޫނު އަސާސީއެއް ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، ފެހި ގާނޫނު އަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައެއްގައި ކަމަށާއި، ނަމަވެސް އެންމެ ފަހު ވަގުތު ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި އެކު އެކަން ބަދަލުވެގެން ދިޔަ ކަމަށެވެ. އެއީ 2007 ވަނަ އަހަރުއެވެ.

އެ ވޯޓުން ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށެވެ. ނަމަވެސް އެ ވޯޓުގެ ނަތިއްޖާ އޭރު އެމްޑީޕީން ބަލައިނުގަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނު އަސާސީ ތަންފީޒުކުރަން އެތައް ދަތިތަކެއް ދިމާވިކަމަށް ވިދާޅުވިއެވެ.

ނަޝީދުގެ ނަޒަރުގައި ގާނޫނު އަސާސީއަށް އަވަސް އަވަހަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއް ނޫނެވެ. އިސްލާހު ގެނައުމުގެ ބަދަލުގައި އެމަނިކުފާނު ވިދާޅުވީ، ހިންގުމުގެ ތެރޭގައި ފުރިހަމަ ކުރަން ހުރި ކަންތައް ފުރިހަމަ ކުރުން މުހިއްމު ކަމަށެވެ.

އެހެންނަމަވެސް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވެވިއެވެ. އެކަމަކު ބަރުލާމާނީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ނޫސްތަކުގެ ހެޑްލައިންގައި އެވާހަކަ ދައްކާތިވެ އެމަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.

އައު ގާނޫނު އަސާސީ ތަސްދީގު ކުރައްވާފައިވަނީ 2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހުއެވެ. ގާނޫނު އަސާސީ ތަސްދީގު ކުރައްވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ފެހި ގާނޫނު އަސާސީއަކީ ރާއްޖޭގެ ތާރިހުގައި އެކުލަވާލީ ހަތް ވަނަ ގާނޫނު އަސާސީއެވެ. އެއަށް ފަހު އަމަލުކުރަމުން އަންނަނީ މި ގާނޫނު އަސާސި އަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް