Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް

ފޭސްބުކް އިން ފުރަތަމަ ފަހަރަށް ޓްރަމްޕްގެ ޕޯސްޓެއް ޑިލީޓް ކޮށްފި

6 އޯގަސްޓު 2020 | ބުރާސްފަތި 08:17

ޕޯސްޓް ޑިލީޓް ކޮށްފައިވަނީ ކޮވިޑާއި ގުޅިގެން ސައްހަ ނޫން މައުލޫމާތުތައް ފަތުރާ ކަމަށް ބުނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 އޯގަސްޓު 2020 | ބުރާސްފަތި 08:17
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

ކޮވިޑް-19ގެ ވައިރަސްގެ އަސަރު ކުޑަކުދިންނަށް ނުކުރާކަމަށް ވިދާޅުވުމުން ފޭސްބުކް އިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޕޯސްޓެއް ފުރަތަމަ ފަހަރަށް ޑިލީޓްކޮށްލައިފިއެވެ.

ފޭސްބުކް އިން މި ޕޯސްޓް ޑިލީޓްކޮށްފައިވަނީ ކޮވިޑާއި ގުޅިގެން ސައްހަ ނޫން މައުލޫމާތުތައް ފަތުރާ، ފޭސްބުކްގެ ޕޮލިސީއާ ހިލާފުވި ކަަމަށް ބުނެއެވެ.

ޓްރަމްޕް ކުރެއްވި ޕޯސްޓުގައި ވަނީ ފޮކްސް ނިއުސްގެ ވީޑިއޯއެެއް ޝެއަރ ކުރައްވާ، ކޮވިޑް-19 ގެ ވައިރަސްގެ އަސަރު ކުޑަކުދިންނަށް ނުކުރާ ކަމަށް ވިދާޅުވެފައެވެ.

ފޭސްބުކް އިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޕޯސްޓެއް ފުރަތަމަ ފަހަރަށް ޑިލީޓް ކޮށްފައިވާއިރު ޓްރަމްޕް ވަނީ މިގޮތަށް ވިދާޅުވެ، ޓުވިޓަރގައި ވެސް މި ވީޑިއޯ ޝެއަރ ކުރައްވާފައެވެ.

ޓުވިޓަރ އިން ވެސް ވަނީ ޓްރަމްޕްގެ ކެމްޕެއިން ޓީމްގެ އެކައުންޓް ވަގުތީ ގޮތުން ވީޑިއޯ ނަގަންދެން ބްލޮކް ކޮށްފައެވެ. ބުދަ ދުވަހު ޓުވިޓަރ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ފަތުރާ، ޓުވިޓަރގެ އުސޫލުތަކާއި ހިލާފުވެފައިވާ ކަަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ އިން އަޅަމުންދާ ފިޔަވަޅުތަކަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަދިވެސް ވައިރަސް ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އެމެރިކާ އިންނެވެ. އަދި ވައިރަސްގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައި ވެސް ވަނީ އެ ޤައުމުންނެވެ. އެހެންނަމަވެސް އެމެރިކާގެ ރައީސް ވިދާޅުވަނީ އެ ޤައުމުގެ ހާލަތު "ކޮންޓްރޯލް" ކުރެވިފައިވާ ކަމަށެވެ. އަދި ވައިރަސްއަށް މީހުން ޓެސްޓު ކުރާކަމަށްވާނަމަ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ނިސްބަތް ވަނީ ފާއިތުވި ހަފްތާގައި 6 އިންސައްތަ ދަށަށް ޖެހިލާފައެވެ. މިއީ މެއި މަހުގެ ފަހުން ޓެސްޓް ކުރެވޭ ނިސްބަތް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. ޓެސްޓް ކުރެވޭ ނިސްބަތުގެ 8.2 އިންސައްތަ ޓެސްޓް ޕޮޒިޓިވްކަމަށް ދައްކައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ ނިސްބަތަކީ ޓެސްޓް ކުރެވޭ ނިސްބަތުގެ 5 އިންސައްތަ އެންމެ މަދުވެގެން ޕޮޒިޓިވްވުމެވެ.

އެއަށްވުރެ ގިނައިން ޕޮޒިޓިވްވާނަމަ އޭގެ މާނައަކީ އެ ތަނެއްގެ ތެރޭގައި ގިނަ ބަޔެއްގެ ތެރޭގައި ވައިރަސް ފެތުރި އެކަން އަދި ދެނެގަނެވިފައިނުވާ ކަމަށް ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ. އެމެރިކާގެ 33 ސްޓޭޓެއްގައި ޓެސްޓް ކުރެވޭ ނިސްބަތުގެ 5 އިންސައްތައަށްވުރެ ގިނައިން ޕޮޒިޓިވް ކަމަށް ދައްކައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

05 މާރިޗު 2017

ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

05 މާރިޗު 2017
ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
21 ފެބުރުއަރީ 2017

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

21 ފެބުރުއަރީ 2017
   ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް