Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މައިކްރޯޕްލާސްޓިކް ޕޮލިއުޝަން ގިނަވުން

މައިކްރޯ-ޕްލާސްޓިކް އެންމެ ގިނަ ޤައުމަކަށް ރާއްޖެ - އެއް ސަބަބަކީ ރައްކާތެެރިކަމާއެކު ކުނި ނައްތާ ނުލެވުން!

ކޮންމެ އަހަރަކު ގާތްގަނޑަކަށް 8.8 މިލިއަން ޓަނުގެ ޕްލާސްޓިކް ކަނޑުގެ ތެރެއަށް ވީރާނާވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2020 | ބުރާސްފަތި 03:20
ކަނޑުން ނަގާ ސާމްޕަލްތަކުން ތަހުލީލުތައް ކޮށް، މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު ދެނެގަތުމަށް އެތަކެތި ވަކި ކުރެވިފައި

ކަނޑުން ނަގާ ސާމްޕަލްތަކުން ތަހުލީލުތައް ކޮށް، މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު ދެނެގަތުމަށް އެތަކެތި ވަކި ކުރެވިފައި

މައިކްރޯޕްލާސްޓިކަކީ ދިގުމިނުގައި 5 މިލިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮޅުތަކެކެވެ. އަދި ސައިޒުން ކުޑަވުމާއެކު، އާންމު ގޮތެއްގައި މައިކްރޯޕްލާސްޓިކް އިންސާނުންގެ ލޮލަކަށް ނުފެންނާނެއެވެ. މިތަކެއްޗަކީ ޕްލާސްޓިކް ފުޅިއާއި، ކޮތަޅާއި، އެކި ބާވަތުގެ ރަބަރުން ވަކިވެ ވީރާނާވެގެން ދިއުމުން ކަނޑުގެ ތެރެއަށް ދޫވެގެންދާ ކުދި އެތިކޮޅުތަކެކެވެ. ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 8.8 މިލިއަން ޓަނުގެ ޕްލާސްޓިކް ކަނޑުގެ ތެރެއަށް ވީރާނާ ވެގެންދާކަމަށް ދިރާސާތަކުން ދައްކައެވެ.

އޮސްޓްރޭލިއާގެ ފްލިންޑަރްސް ޔުނިވަރސިޓީގެ ސައިންސްވެރިންތަކެއް ދާދި ފަހުން ވަނީ ކަނޑުގެ ސަތަހައިގައި މައިކްރޯ ޕްލާސްޓިކް ހުންނަ މިންވަރު ދެނެގަތުމަށް ދިރާސާތަކެއް ކޮށްފައެވެ. އެ ދިރާސާ ކުރުމަށްޓަކައި ޅ އަތޮޅު ނައިފަރުގެ ކަނޑުގެ އައްސޭރީގެ 22 ސަރަޙައްދަކުން ސާމްޕަލްތައް ނަގައި ތަހުލީލު ކޮށްފައިވާއިރު، ގިނަ އަދަދެއްގެ މައިކްރޯޕްލާސްޓިކް ހިމެނޭކަމަށް ދިރާސާގެ ނަތީޖާއިން ދައްކައެވެ. އަދި އެ ނަތީޖާތައް ވަނީ "ސައިންސް އޮފް ދި ޓޯޓަލް އެންވަޔަރމަންޓް" ޖަރނަލްގައި ޝާއިއުކޮށްފައެވެ.

މި ދިރާސާގައި އިސްކޮށް އުޅުއްވި ޓޮބީ ޕަޓީ ވިދާޅުވީ، ނައިފަރުގެ ކަނޑުގެ ސަރަޙައްދުތަކުން ނެގުނު ސާމްޕަލްތަކުން ގިނަ އަދަދެއްގެ މައިކްރޯޕްލާސްޓިކް ފެނިފައިވާ ކަމަށެވެ. އަދި ނައިފަރުން ނެގުނު ސާމްޕަލްތަކުން ފެނުނު މައިކްރޯޕްލާސްޓިކްގެ އަދަދަކީ ރެކޯޑް އަދަދެއް ކަމަށް ދިރާސާގެ ނަތީޖާއިން ދައްކައެވެ. އެގޮތުން މީގެ ކުރިން އެންމެ ގިނަ އަދަދެއްގެ މައިކްރޯޕްލާސްޓިކް ފެނިފައިވަނީ އިންޑިއާގެ ތެމިލް ނާޑޫ ސަރަޙައްދުން (ކޮންމެ ކިލޯގްރާމަކުން 3-611 މައިކްރޯޕްލާސްޓިކް ކޮޅު) ނަމަވެސް، ރާއްޖެއިން ފެނުނު ސާމްޕަލްތަކުގައި ނިސްބަތުން ގިނަކަން (ކޮންމެ ކިލޯގްރާމަކުން 55-1127.5 މައިކްރޯޕްލާސްޓިކް ފެނިފައިވާކަން) ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން، ރާއްޖޭގެ ގިނަ ސަރަޙައްދުތަކުން ސާމްޕަލްތައް ނަގާފައިވާއިރުވެސް، ހުރިހާ ސަރަޙައްދަކުން ނެގުނު ސާމްޕަލްތަކުގައިވެސް ނިސްބަތުން ގިނަ އަދަދަކަށް (ކޮންމެ ކިލޯގްރާމަކަށް 197-822 މައިކްރޯޕްލާސްޓިކް ކޮޅު) ފެނިފައިވާކަމަށް ދިރާސާގެ ނަތިޖާއިން ދައްކައެވެ.

މިކަމުގައި އެންމެ ކަންބޮޑުވާ އެއްކަމެއްގެ ގޮތުގައި ދިރާސާގެ ބައިވެރިން ފާހަގަކުރި އެއް ކަމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުން ނެގުނު ގިނަ ސާމްޕަލްތަކުގެ ބޮޑުމިނުގައިވެސް ހުރީ ގިނަވެގެން 0.44 މިލިމީޓަރު ކަމެވެ. އަދި މިއީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރާ އެއް ސަބަބަކީ ކަނޑުގެ ދިރުންތަކަށް އޭގެ ސަބަބުން އޮތް ނުރައްކާ ބޮޑު ކަމެވެ.

މަސްމަހާމެއްސަށް އެސޮރުމެންނަށް ނޭނގިވެސް ކުދި މައިކްރޯޕްލާސްޓިކްކޮޅުތައް ކެވި، އޭގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ކަމެވެ. އަދި އެކަމުގެ ސަބަބުން އިންސާނުންނަށްވެސް އޭގެ ނުސީދާ އަސަރު ކުރާނެ ކަމަށް ދިރާސާގެ ބައިވެރިން ބުނެއެވެ. އަދި ކަނޑުގެ އޮއިވަރާއެކު، ކަނޑުގެ އެކި ސަރަޙައްދުތަކަށް އެތަކެތި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ދިރާސާގެ ބައިވެރިއެއް ކަމަށްވާ ޕްރޮފެސަރ ކެރަން ބާރކް ޑި ސިލްވާ ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި ކުދި ކުނިބުނީގެ މިންވަރު ގިނަ ވުމުގެ އެއް ސަބަބަކީ ރާއްޖޭގައި ކުނި ނައްތާލުމުގެ އެކަށީގެންވާ ނިޒާމެއް ނެތުމުން ކަމަށެވެ. އެގޮތުން ފާއިތުވި 10 އަހަރަށް އެކަނި ބަލާލި ނަމަވެސް، ކުނިބުނި އުފައްދާ މިންވަރު 58 އިންސައްތައަށް އިތުރުވެފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

މިކަމަށް އެކަށީގެންވާ އަވަސް ޙައްލެއް ނުގެނެވިއްޖެނަމަ ދުވަހެއް ދުވަހަކަށް މި މައްސަލަ ބޮޑުވެގެން ގޮސް، ކަނޑުގެ ދިރުންތަކަށް އޭގެ ނޭދެވޭ އަސަރު ކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށް ޕްރޮފެސަރ ކެރަން ވިދާޅުވެފައިވެއެވެ. އަދި އަހަރުތައް ފާއިތުވެގެންދާއިރު، ދުރު ރާސްތާއަށް ވިސްނާއިރުވެސް މީގެ ނުރައްކާތެރިކަން ބޮޑުކަމަށް ސައިންސްވެރިން ބުނެއެވެ.

ދުނިޔޭގެ ނިސްބަތުންވެސް މައިކްރޯޕްލާސްޓިކް އެންމެ ގިނަ ޤައުމަކީ ދިވެހި ރާއްޖެއަށްވެފައި، އޭގެ އެއް ސަބަބެއްގެ ގޮތުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ނެތުން ފާހަގަ ކޮށްފައިވާއިރު، މިއަހަރު އެންމެ އިސްކަމެއް ދީގެން ކުރާނެ އެއް މަސައްކަތަކީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުން ކަމަށް އެންވަޔަރމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދް ހަސަން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް، މި މަސައްކަތް އެންމެ އެދެވޭ ބާރު ސްޕީޑެއްގައި ނުދާކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު