Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޭރޫތުގައި ގޮވި ބާރުގަދަ ގޮވުން

ބޭރޫތުގައި ދެ ހަފުތާއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަނީ

5 އޯގަސްޓު 2020 | ބުދަ 07:20

ގޮވާފައިވަނީ 2,750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައިހުރި ގުދަނެއްގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 އޯގަސްޓު 2020 | ބުދަ 07:20
ބެއިރޫތް ހިނގި ބާރުގަދަ ގޮވުންތަކަށް ފަހު އެސަރަހައްދު އޮތްގޮތް

ބެއިރޫތް ހިނގި ބާރުގަދަ ގޮވުންތަކަށް ފަހު އެސަރަހައްދު އޮތްގޮތް

ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ގޮވި ބާރުގަދަ ގޮވުންތަކާއި ގުޅިގެން ދެ ހަފްތާގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށް ނިންމަވާފައިވާކަމަށް އެ ގައުމުގެ ރައީސް މައިކަލް އައުން ވިދާޅުވެއްޖެއެވެ.

މީގެއިތުރުން ބުދަ ދުވަހު އެގައުމުގެ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ރައީސް މައިކަލް ވިދާޅުވެފައިވަނީ 2,750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް އެއްވެސްކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާ ހަ އަހަރު ވަންދެން ގުދަނެއްގައި ބެހެއްޓުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ. އަދި މިކަމާއި ގުޅިގެން ޒިންމާވާން ޖެހޭ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ލުބުނާންގެ ސުޕްރީމް ޑިފެންސް ކައުންސިލުން ވެސް ވަނީ ގޮވުންތަކާއި ގުޅިގެން ދެ ހަފުތާގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު ބޭރޫތުގައި އިއުލާންކޮށް ސެކިޔުރިޓީ ބެލެހެއްޓުމުގެ ކަންކަން އެގައުމުގެ މިލިޓަރީއާ ހަވާލުކުރުމަށް ގޮވާލާފައެވެ.

ޓީވީ މެދުވެރިކޮށް ލައިވްކުރި ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ މި ގޮވުންތަކާއި ގުޅިގެން ލިބުނު ގެއްލުންތަކަށް 100 ބިލިއަން ލުބުނާން ޕައުންޑް މި އަހަރުގެ ބަޖެޓުން ޚަރަދުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ބުދަ ދުވަހު ބާއްވާ ކުއްލި ކެބިނެޓްގެ ބައްދަލުވުމުގެ ތެރެއިން މިކަން ހިނގާދިޔަ ގޮތް ބަލާ ޒިންމާވާން ޖެހޭ ފަރާތްތައް ފަސް ދުވަހުގެ ތެރޭގައި ހޯދާ އެފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ނިންމާނެކަމަށް ވެސް ވަނީ ބުނެފައެވެ.

ބޭރޫތުގައި އަންގާރަ ދުވަހު ގޮވި ބާރުގަދަ ގޮވުންތަކާއި ގުޅިގެން މިހާތަނަށް އައިއިރު 78 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ހަތަރުހާހާ ގާތްކުރާ އަދަދަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރޮއިޓަރސްއިން ބުނެއެވެ.

ބާރުގަދަ ގޮވުންތައް ގޮވުމުގެ ސަބަބުން ބޭރޫތުން ކަރަންޓު ކަނޑައިގެން ދިޔުމާއި ގުޅިގެން ވެސް މީހުން ހޯދުމަށް ދަތިތައް ދިމާވެފައިވާ ކަމަށާއި އެތައް ހާސް ބަޔަކު އެމީހުންގެ އާއިލާ އާއި ރަހުމަތްތެރިން ނުފެނިގެން އެމަރޖެންސީ ޑިޕާޓްމަންޓަށް އަންގަމުންދާ ކަމަށް ލުބުނާންގެ ހެލްތު މިނިސްޓަރ ހަމަދް ހަސަން ވިދާޅުވިއެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ބޭރޫތުގައި ބާރުގަދަ އެއްޗެހިތަކެއް ގޮވާފައި މި ވަނީ ކުރީގެ ބޮޑު ވަޒީރު ރަފީގު ހަރީރީ 2005 ވަނަ އަހަރު އަވާރަކޮށްލި މައްސަލައިގައި ހުކުމް އިއްވަން ތައްޔާރުވަމުން ދަނިކޮށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

18 ޖުލައި 2017

ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި

18 ޖުލައި 2017
ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
15 މެއި 2017

ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!

15 މެއި 2017
ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް