Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން

ޙައްޖުގެ އަޅުކަމާ ގުޅިގެން ސައުދީން އެޅި ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯގެ ތައުރީފު!

3 އޯގަސްޓު 2020 | ހޯމަ 10:03

މިފަދަ ބޮޑެތި އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ފަސޭހަ ކަމެއް ނޫންކަން ފާހަގަ ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އޯގަސްޓު 2020 | ހޯމަ 10:03
ޙައްޖާޖީން ކައުބަތުﷲ ގެފުޅު ވަށައިގެން ޠަވާފް ކުރަނީ- ސައުދީން ވަނީ ކުރީބައިގައި ރައްކާތެރި ފިޔަވަޅުތައް އަޅާފައި

ޙައްޖާޖީން ކައުބަތުﷲ ގެފުޅު ވަށައިގެން ޠަވާފް ކުރަނީ- ސައުދީން ވަނީ ކުރީބައިގައި ރައްކާތެރި ފިޔަވަޅުތައް އަޅާފައި

ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ވަރުގަދަ ފިވަޅުތަކާއެކު މިއަހަރުގެ ހައްޖުގެ އަޅުކަން ނިންމާލުމާ ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ސައުދީ އަރަބިއްޔާގެ ސަރުކާރަށް ތައުރީފު ކޮށްފިއެވެ.

ހޯމަ ދުވަހު ޑަބްލިއުއެޗްއޯއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން އެ ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، މިއަހަރުގެ ޙައްޖުގެ އަޅުކަމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް ދިޔަ އަޅުކަމެއްކަން ކަށަވަރު ކުރުމަށް ސައުދީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ފާހަގަކޮށްލެވޭ ކަމަށެވެ. އަދި ޓެޑްރޯސް ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެ، ޢީދުގެ ތަހުނިޔާ ހުރިހާ މުސްލިމުންނަށް އަރިސް ކުރައްވާފައެވެ.

ޓެޑްރޯސް ވިދާޅުވީ، ސައުދީން ދައްކުވައިދިނީ ލާމަސީލު މިސާލެއް ކަމަށާއި، އެހެން ޤައުމުތަކުން ވެސް އެކަމުން ފިލާވަޅު ލިބިގަނެ، އައު އާންމު ޙާލަތަކަށް ހޭނެން ދަސްކުރެވިދާނެ ކަމަށެވެ.

އޭގެ އިތުރުން މިފަދަ ބޮޑެތި އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ފަސޭހަ ކަމެއް ނޫންކަން ފާހަގަ ކުރައްވައި ޓެޑްރޯސް ވިދާޅުވީ، ބަލިމަޑުކަމެއްގައި ދުނިޔެ އޮތް ނަމަވެސް، އާންމު ދިރިއުޅުމުގެ ކަންކަން ހުއްޓިފައި އޮންނަން ނުޖެހޭ ކަމަށެވެ. އަދި ވައިރަސްއާއެކު އުޅެން ދަސް ކުރުމަށް ޓެޑްރޯސް ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ.

މަދު މީސްކޮޅަކާއެކު މި އަހަރު ޙައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވާއިރު، ރައްކާތެރިކަމުގެ ގޮތުން ސައުދީން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް ކުރީބައިގައި އަޅާފައެވެ. މިސާލެއްގެ ގޮތުން ހައްޖުގެ އެންމެ މުހިއްމު ހަރަކާތް ކަމަށްވާ ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުއެވެ. އެގޮތުން ހިލަ އުކުމަށްޓަކައި އަމިއްލަ ހިލަ އެއްކުރުމުގެ ބަދަލުގައި މިފަހަރު ކޮންމެ ހައްޖުވެރިއަކަށް ސްޓެރެލައިޒް ކޮށްފައިވާ ހިލަތަކެއް ވަނީ ދީފައެވެ.

އޭގެ އިތުރުން، ގެފުޅުގެ ވަށައިގެން ޠަވާފް ކުރުމުގައި ވެސް އިޖުތިމާއީ ގައިދުރުކަމާއި، މާސްކް އެޅުން ފަދަ ފިޔަވަޅުތައް ގާތުން ބަލައި ކަށަވަރު ކޮށްފައިވެއެވެ.

މީގެ ކުރިން ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މުސްލިމުން ދިޔަ ނަމަވެސް، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ 10،000 މުސްލިމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް