Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާސިރު ޔަހްޔާގެ މައްސަލަ

ޔާސިރު ޔަހުޔާ ފުރުވާލުމަށް އެކިފަހަރުމަތިން މަސައްކަތް ކުރެވުނު، ފުރައިގެން ދިޔުމަށް އޭނާ އިންކާރުކުރި

3 އޯގަސްޓު 2020 | ހޯމަ 04:26

އޭނާ މަރުވެފައިވަނީ އާދިއްތަ ދުވަހު ހަވީރު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 3 އޯގަސްޓު 2020 | ހޯމަ 04:26
ޔާސިރު ޔަހްޔާ ސާލިހު

ޔާސިރު ޔަހްޔާ ސާލިހު

ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރެވި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ސާލިހު ރާއްޖެއިން ފުރުވާލުމަށް އެކި ފަހަރުމަތިން ތަކުރާރުކޮށް ކުރެވުނު މަސައްކަތުގައި އޭނާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށް ކަމާބެހޭ މުއައްސަސާތަކުން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރެޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އަދި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން އާދިއްތަ ދުވަހުގެރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު ނަމްބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރެޝަން ޤާނޫނުގެ) 8 ވަނަ މާއްދާގެ (ހ) ގެ (6) އަދި (7) ވަނަ ނަމްބަރަށް ރިއާޔަތްކޮށް، އެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ)ގެ ދަށުން، ރާއްޖޭގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ 2 މާރޗް 2017ގައި ބާތިލް ކުރުމަށްފަހު އެ ޤާނޫނުގެ 21 ވަނަ މަޢްދާގެ (ރ)ގެ ދަށުން ރާއްޖެއިން ފުރުވާލެވެންދެން އިމިގްރޭޝަން ޤާނޫނާއި ޚިލާފްވެގެން ބިދޭސީން ބޭތިއްބޭ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިވާ ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހުޔާ ސާލިހު (ޕާސްޕޯޓް ނަމްބަރު 05028404) ކެއިން ބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ސިއްޚީ ހާލަތު ދަށްވެގެން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ފަރުވާދެމުންދަނިކޮށް ސްޓްރޯކެއް ޖެހިގެން އާދިއްތަ ދުވަހުގެ 16:25 ގައި ނިޔާވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުންނަށް ލިބިފައިވާ އިތުބާރުހުރި އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް، އޭނާ އަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ޤަބޫލުކުރެވޭތީ، 2 މާރަޗް 2017 ގައި ޔާސިރު ޔަހުޔާ ދިވެހިރާއްޖޭގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރުމުގެ ކުރިން 01 ފެބްރުއަރީ 2017 ވަނަ ދުވަހު އޭނާ މޯލްޑިވްސް އިމިގްރޭޝަނަށް ހާޒިރުކޮށް 01 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އެ އެންގުމާއި އެއްގޮތަށް އޭނާ އަމަލުކޮށްފައި ނުވާތީ އޭގެ ފަހުން ވެސް ތިން ފަހަރެއްގެ މަތިން ރާއްޖެއިން ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށާއި ތަކުރާރުކޮށް ރާއްޖެ ދޫކޮށް ފުރައިގެން ދިއުމަށް ދެވުނު މުއްދަތުގެ ތެރޭގައި ފުރައިގެން ގޮސްފައި ނުވާތީ 2 މާރޗް 2017 ގައި ދިވެހިރާއްޖޭގައި ދިރުއުޅުމަށް ޔާސިރު ޔަހުޔާއަށް ދީފައިވާ ހުއްދަ ބާތިލްކޮށް އޭނާ ފުރުވާލެވެންދެން އިމިގްރޭޝަން ޤާނޫނާއި ޚިލާފްވެގެން ބިދޭސީން ބޭތިއްބޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކުރެވިފައިވާ ކަމަށެވެ.

ޔާސިރު ޔަހުޔާ ޓޫރިސްޓް ވިސާގައި ދިވެހިރާއްޖެއަށް އެތެރެވެފައިވަނީ 2014 ވަނަ އަހަރުއެވެ. ހަމަ އެއަހަރު ދިވެއްސަކާއި ކައިވެނިކޮށްފައިވެއެވެ. ޓެރެރިޒަމާއި ގުޅުންހުރިކަމަށް ތުހުމަތު ކުރެވޭތީ އެމުއްދަތުގައި އޭނާގެ ހަރަކާތްތައް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބަލައި މޮނިޓަރ ކުރަމުންގެދެވިފައިވާ ކަމަށެވެ.

ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުން އިނގޭ ގޮތުގައި އޭނާ އަކީ އަލްޤައިދާ ޖަމާއަތާއި ގުޅުން އޮންނަ، އެޖަމާއަތުގެ އިސް ދައުރެއް އަދާކުރާ ، އެ ޖަމާއަތް ހިންގާ މަތީފެންވަރުގެ ޓެރަރިސްޓް ތަމްރީންތައް ފުރިހަމަކޮށްފައިވާ މީހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތަކުގައި ފުލުހުން ތަހުޤީގު ކޮށްފައިވާ ދިވެހިންނާއި އޭނާ ގުޅުން ބަދަހިކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ޔާސިރު ޔަހުޔާ އަކީ އޭނާގެ އުފަން ގައުމުގެ އިތުރުން އެކި ގައުމު ތަކުގައި ޓެރަރިޒަމާއި ގުޅުންހުރި މައްސަލަތަކުގައި ހައްޔަރު ކުރެވި އެކި ފަހަރުމަތިން ބަންދު ކުރެވިފައިވާ މީހެއް ކަމަށެވެ.

އަދި އެކިއެކި ގައުމުތަކުގެ ސައްޚަނޫން ޓްރެވަލް ޑޮކިއުމަންޓްގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކޮށްފައިވާ މީހެއް ކަމަށެވެ.

ޔާސިރު ޔަހުޔާ އިމިގްރޭޝަން ޤާނޫނާއި ޚިލާފްވެގެން ބިދޭސީން ބޭތިއްބޭ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިވަނިކޮށް، ކެއިންބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ސިއްޚީ ހާލަތު ދަށްވެގެން، ކުރިންވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެވިފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ހަމައެއާއި އެކު ޔާސިރު ޔަހުޔާ އާއި ގުޅޭ ތަފްސީލީ މައުލޫމާތު އެކި ފަހަރުމަތިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ހިއްސާކުރެވިފައިވާނެ ކަމަށެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ޔާސިރު ބަންދުކުރެވިފައި ހުރި މުއްދަތުގައި އޭނާއައި މެދު އަމަލު ކޮށްފައިވާނީ ސަލާމަތީ ގޮތުން ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށްފަހު އޭނާގެ އިންސާނީ ހައްގުތަކަށް ރިއާޔަތްކޮށް އޭނާގެ ދިވެހި އާއިލާއާ ގުޅުން ބޭއްވުމަށާއި ކެއިން ބުއިމާއި ހުރުމުގައިވެސް ޚާއްސަ އުސޫލެއްގެ ދަށުން ލުއިގޮތަކަށް ކަމަށެވެ.

އަދި އެމުއްދަތުގައި އެނާއާ ގުޅޭ މައުލޫމާތު ޔަމަނުގެ ސަރުކާރަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް މެދުވެރިކޮށް ފޯރުކޮށްދީފައިވާނެ ކަމަށް ބަޔާނުގައި ވެއެވެ.

ޔާސިރު ޔަހުޔާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓެރެވަލް ޑޮކިއުމަންޓް ފޮރިންމިނިސްޓްރީ މެދުވެރިކޮށް، ޔަމަނު ސަރުކާރުން ހޯދުމަށް އެކި ފަހަރުމަތިން ތަކުރާރުކޮށް ކުރެވުނު މަސައްކަތުގައި ޔާސިރު ޔަހުޔާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާތީ "އިންވޮލަންޓަރިލީ" ޔާސިރު ޔަހުޔާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ހޯދުމަށް ފޮރިންމިނިސްޓްރީ މެދުވެރިކޮށް ޔަމަން ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

ޔާސިރު ޔަހުޔާ ރާއްޖެއިން ފުރުވާލުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރެވުނު ނަމަވެސް އޭނާ ރާއްޖެއިން ފުރުވާލެވިފައި ނުވަނީ ފުރައިގެން ދިއުމަށް އިންކާރުކޮށް، ފުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ހެއްދުމަށް އެއްބާރުލުން ދީފައި ނުވުމުގެ ސަބަބުންކަމަށް ބަޔާނުގައި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް