Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން

"ބޮޑުފިނޮޅުން ކަރަންޓާއި ފެން ކަނޑާލީ ސީލް ކުންފުނިން"

31 ޖުލައި 2020 | ހުކުރު 13:22

ފެނާއި ކަރަންޓްގެ ޚިދުމަތް އަލުން ދީފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 31 ޖުލައި 2020 | ހުކުރު 13:22
ބޮޑުފިނޮޅުގައި ހަރަކާތްތެރިވާ ބިދޭސީން

ބޮޑުފިނޮޅުގައި ހަރަކާތްތެރިވާ ބިދޭސީން

ބ. ބޮޑުފިނޮޅުން ކަރަންޓާއި ފެން ކަނޑާލީ ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކަމަށް އާރުއައިއެކްސް (ރިޒް) ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން އާރުއައިއެކްސްގެ ޤާނޫނީ ވަކީލު އަލީ ސައީދު ވިދާޅުވީ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ ބިދޭސީންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި ކަރަންޓްގެ ޚިދުމަތް ކަނޑާއި ސީލް ކުންފުނިން ކަމަށެވެ. އަދި ފެން ކަނޑާލާނެކަން އެ ރަށް ބަލަހައްޓަމުން ދިޔަ ފުލުހުންނަށް، ސީލް ކުންފުނިން މައުލޫމާތު ދުރާލާ އެންގި ކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު އެރަށުން ފެނާއި ކަރަންޓް ކަނޑާލުމާއި ގުޅިގެން އެރަށުގައި ތިބި މަސައްކަތްތެރިން ކަންބޮޑުވުން ފާޅުކުރުމުން ބުރާސްފަތި ދުވަހުގެރޭ ދަންވަރު ވަނީ ފެނާއި ކަރަންޓްގެ ޚިދުމަތް އަލުން ދީފައިކަމަށް ސައީދު ވިދާޅުވިއެވެ. "ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓާއި ފެނުގެ ހިދުމަތް އަލުން ފޯރުކޮށްދިނީ ފުލުހުން އަންގައިގެންނެވެ.

އޭގެ އިތުރުން، އެ ރަށުގައި ތިބި ބިދޭސީންނަށް ފޮނުވި ކާބޯތަކެތި ރަށަށް އެރުވުމަށް ސީލް ކުންފުނިން ދެ ފަހަރެއްގެ މަތިން ހުރަސް އަޅާފައިވާ ކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ. އެ މައްސަލަ ހައްލުކޮށްފައިވަނީ ހިއުމަން ރައިޓްސް އޮފް ދަ ކޮމިޝަން މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އެންގުމުން، އެ ކޮމިޝަނުން ފުލުހުން މެދުވެރިކޮށެވެ.

ސައީދު ވިދާޅުވީ ފުލުހުންގެ އެ ރަށް ބަލަހައްޓަމުންދާއިރު ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކަށް ހުރަސް އެޅިގެން ދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ ރަށުގައި ތިބި ބިދޭސީން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ރިޒް ކުންފުނިން ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުކެނޑުމާއި ގުޅިގެން ހިއުމަން ރައިޓްސް ވޮޗް އަދި ޓްރާންޕޭރެންސީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި މައްސަލައިގައި މިއަށް ވުރެ ޒިންމާދާރުކޮށް އަމަލުކުރުމަށް ސަރުކާރަށާއި ކަމާބެހޭ މުއައްސަސާތަކަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް