Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑޯޓްމުންޑުން ސަންޗޯ ވިއްކާލުން

ސަންޗޯ ބަދަލުވާން ބޭނުންވަނީ ލިވަޕޫލަށް: ރިޕޯޓު

ސަންޗޯ ހޯދުމަށް ލިވަޕޫލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި، ޗެލްސީންވެސް އަންނަނީ މަސައްކަތް ކުރަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 29 ޖުލައި 2020 | ބުދަ 14:06
އިންގްލެންޑްގެ ފޯވާޑް ޖޭޑަން ސަންޗޯ: އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން

އިންގްލެންޑްގެ ފޯވާޑް ޖޭޑަން ސަންޗޯ: އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ފޯވާޑް ޖޭޑަން ސަންޗޯ ބަދަލުވާން ބޭނުންވަނީ ލިވަޕޫލަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސަންޗޯ ހޯދުމަށް ލިވަޕޫލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި، ޗެލްސީންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސަންޗޯ ޑޯޓްމުންޑު ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާނަމަ، އޭނާ ބަދަލުވާން ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލަށެވެ. ސަބަބަކީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަކީ ނަތީޖާ ނެރެމުން އަންނަ ކޯޗަކަށްވެފައި، ލިވަޕޫލަކީ މިވަގުތު އިނގިރޭސި އެންމެ ކާމިޔާބު ޓީމު ކަމަށްވުމާއެކު، ލިވަޕޫލާއެކު ޔޫރަޕްގެ ބޮޑު މުބާރާތްތައް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވާނެތީއެވެ.

ދާދި ފަހުން ޑޯޓްމުންޑުން ވަނީ އުމުރުން 20 އަހަރުގެ ސަންޗޯ ވިއްކާލާނަމަ، ވިއްކާލާނީ 125 މިލިޔަން ޑޮލަރަށް ކަމަށް ބުނެފައެވެ. ޑޯޓްމުންޑުގެ އޮފިޝަލަކު ބުނީ މާލީ ގޮތުން ޓީމު އަޑިއަޅާލާފައިވީ ނަމަވެސް، ސަންޗޯ ފަދަ މުހިންމު ކުޅުންތެރިއަކު ވިއްކާލާނީ ކްލަބުން ބޭނުންވާ އަގަކަށް ކަމަށެވެ.

އެކަމަކު ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން ވަނީ ސަންޗޯ ހޯދުމަށް 100 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފައެވެ. އެއީ ޑޯޓްމުންޑުން ކިޔާ އަގަށްވުރެ 25 މިލިއަން ޑޮލަރު ކުޑަ އަދަދެކެވެ.

ސަންޗޯ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ވިދާލީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގައެވެ. އެގޮތުން އެ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި އިންގްލެންޑް ޓީމުން އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ ސަންޗޯއެވެ. އޭރު ސިޓީގެ ޒުވާން ޓީމަށް ކުޅެމުން އައި ސަންޗޯއަށް އެ މުބާރާތަށް ފަހު ޔޫރަޕްގެ ގިނަ ކްލަބުތަކަކުން ފާރަލިއެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީވެސް ހިމެނެއެވެ. އެކަމަކު ލިބުނު ބޮޑެތި ހުށަހެޅުންތަކަށް ނޫނެކޭ ބުނެ ސަންޗޯ ބަދަލުވީ ޑޯޓްމުންޑަށެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

14 މެއި 2017
ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް
13 މެއި 2017

ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ

13 މެއި 2017
ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ
11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
11 މެއި 2017

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން
17 އެޕްރީލު 2017

ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް

17 އެޕްރީލު 2017
ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު