Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑައިވްކުރުމުގެ ޙަރަކާތެއް ފެށުން

ހުވަދުއަތޮޅުގެ ކަނޑުއޮޅިތަކަށް ޑައިވްކުރުމުގެ ހަރަކާތެއް ފަށައިފި

ހަރަކާތް ކުރިއަށްދާނީ އޮގަސްޓް 3 ގެ ނިޔަލަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 ޖުލައި 2020 | ބުދަ 04:28
ހުވަދުއަތޮޅު

ހުވަދުއަތޮޅު

ހުވަދޫ އަތޮޅުގެ ހުރިހާ ކަނޑުއޮޅިތަކަށް ފީނުމުގެ ހަރަކާތެއް ދިވެހި މަސްވެރިންގެ ޖަމުޢިއްޔާ އިން "ޑިސްކަވަރ ހުވަދު"ގެ ނަމުގައި ފަށައިފިއެވެ.

މި ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ފަށާފައިވާއިރު ހަރަކާތް ކުރިއަށްދާނީ އޮގަސްޓް 3 ގެ ނިޔަލަށެވެ.

Advertisement - newsAdvertisement

މި ޙަރަކާތަކީ، ދަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް - ކޮމިއުނިޓީ ބޭސްޑް އެޑަޕްޓޭޝަން ޓު ކްލައިމަޓް ޗޭންޖް (ސިޑްސް ސީ.ބީ.އޭ) ޕްރޮގްރާމްގެ ދަށުން ގެންދެވޭ ޙަރަކާތެއް ކަމަށާއި އޮސްއެއިޑްގެ އެހީގެ ދަށުން ޔޫ.އެން.ޑީ.ޕީ. ގެ ސުމޯލް ގްރާންޓްސް ޕްރޮގްރާމުން ހިންގޭ ޕްރޮގްރާމެއް ކަމަށް މަސްވެރިންގެ ޖަމުޢިއްޔާ ބުންޏެވެ.

ސިޑްސް ސީ.ބީ.އޭ ޕްރޮގްރާމުގެ މަޤްސަދަކީ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރާނެ އަސަރުތަކާއި، އަދި ދިމާވެދާނެ ހާލަތްތަކަށް މުޖުތަމަޢު ހޭލުންތެރިކުރުމާއި، ތައްޔާރުވުމާއި، ހޭނުމެވެ. އަދި ދިރުންތަކާއި، ޤުދުރަތީ މާހައުލު ރައްކާތެރިކޮށް، އާމްދަނީ ހޯދޭނެ ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމެވެ.

މިގޮތުން އޮސްޓްރޭލިއަން އެއިޑްގެ އެހީތެރިކަމާއިއެކު، ޔޫ.އެން.ޑީ.ޕީ ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ ދަށުން، ދިވެހި މަސްވެރިންގެ ޖަމުޢިއްޔާއިން ކުރިއަށްގެންދާ "ޑިސްކަވަރ ހުވަދު" ޙަރަކާތުގައި ހުވަދުއަތޮޅުގެ ވަށައިގެންވާ ކަނޑުއޮޅިތަކަށް ފީނުމުގެ އިތުރުން، ޑައިވްކުރުމުގައި ދިމާވާ އެކިކަންކަމަށް މަސްވެރިންނާއި ޑައިވަރުން ހޭލުންތެރި ކުރުމަށް ޙާއްޞަ ޙަރަކާތެއް ކުރިއަށް ގެންދާނެ ކަމަށާއި ޑައިވްސައިޓްތަކުގެ ޢިލްމީ ދިރާސާއަކާއެކު މި ޙަރަކާތާގުޅޭ ޙާއްޞަ ޑޮކިއުމެންޓްރީތަކެއް އުފައްދާނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

ހޭލުންތެރިކުރުވުމުގެ ޙަރަކާތުގައި މަސްވެރިކަންކަމަށް ބޭނުންވާ އެން ހިފުމަށްޓަކާ ޑައިވްކުރާއިރު، ޑައިވަރުން ސަމާލުކަން ދޭންވީ ކަންތައްތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި ޑައިވްކުރުމަށްޓަކާ ޑައިވް ކޯސް ހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާނެއެވެ. މި ހޭލުންތެރިކުރުވުމުގެ ކެމްޕެއިން ވަރޗުއަލްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ފަންނީ މާހިރުން މި ކެމްޕެއިންގައި ބައިވެރިވާ ގޮތަށެވެ.

ހުވަދުއަތޮޅަކީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު މުރަކައިގެން އަތޮޅެވެ. ރާއްޖެއަށް ފީނުމަށް އަންނަ ފަތުރުވެރިންގެ މެދުގައި މަޤްބޫލު "ޑީޕް ސައުތް"ގައި ހިމެނޭ ހުވަދު އަތޮޅަކީ، ޑައިވް ސައިޓްތައް ގިނަ އަދި ޤުދުރަތީ ރީތިކަން ލިބިފައިވާ ފަރުތަކާއި ރަށްތައް އެކުލެވިގެންވާ އަދި ދޫނިތަކަށް ޙާއްސަ ރަށްތަކެއް ވެސް ހިމެނިފައިވާ އަތޮޅެކެވެ.

"ޑިސްކަވަރ ހުވަދޫ"ގެ ތެރެއިން މި ޑައިވް ސައިޓްތަކުގެ ހާލަތު ދެނެގަނެވި، ޢިލްމީ ގޮތެއްގައި އެތަންތަނުގައި ހުރި ދިރުންތަކާއި ގުޅޭގޮތުން ދިރާސާއެއް ކުރުމަށް ޑާޓާ އެއްކުރެވިގެންދާނެއެވެ. މި ޢިލްމީ ދިރާސާ ކުރިއަށްދާނީ މިކަމުގެ ފަންނީ މާހިރުންގެ އިރުޝާދާއި އެއްގޮތަށް ކަމަށް ވެސް އެ ޖަމިއްޔާ އިން މައުލޫމާތުދެއެވެ.

އެ ޖަމިއްޔާ އިން އިތުރަށް ބުނީ މި ޙަރަކާތުގައި ޑައިވްތައް ކުރިއަށްދާނީ މިކަމުގެ އެންމެ މަތީ މިންތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށާއި އެގޮތުން ތަޖުރިބާކާރު ޑައިވް އިންސްޓްރަކްޓަރުން މިޙަރަކާތުގައި ބައިވެރިވާނެ ކަމަށެވެ. މައިގަނޑު ގޮތެއްގައި ޑައިވްތައް ކުރިއަށްދާނީ މަސްވެރިންގެ ޖަމުޢިއްޔާއިން ހޮވާލެވޭ ޑައިވަރުންނާ އެކުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތަކާއެކުގައިކަން ފާހަގަކޮށް އެ ޖަމިއްޔާ އިން ބުނީ މި ޙަރަކާތުގައި މާލެއިން ބައިވެރިވާ އެކްސްޕާޓުންގެ ޓީމުގެ ޑައިވް ޙަރަކާތްތައް ހުވަދުއަތޮޅުގެ ދެކުނުބިތުގައި ކުރިއަށްދާ ކަމަށެވެ. މިޓީމުގައި ހިމެނެނީ އަންޑަރ ވޯޓަރ ވީޑިއޯގްރާފަރަކާއި، އެންވަޔަރަމެންޓަލް އެކްސްޕާޓެއްގެ އިތުރުން ކޮމިއުނިކޭޝަންސް ސްޕްޝަލިސްޓެކެވެ.

މި ޙަރަކާތުގެ ޕާޓްނަރުންނަކީ މެރިން އިކުއިޕްމެންޓްސް، އަޕްނިއާ މޯލްޑިވްސް، އަދި ބޭންކް އޮފް މޯލްޑިވްސްއެވެ. މި ޙަރަކާތް އިންތިޒާމް ކުރަނީ ޓާކޮއިޝް ލެބުން ކަމަށް މަސްވެރިންގެ ޖަމިއްޔާއިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު