Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިފެންސް މިނިސްޓަރ މާރިޔާ ދީދީ

މިނިވަންކަން ގެއްލިދާނެ ފަދަ ޙާލަތަކަށް އަސްކަރިއްޔާ ފުރިހަމައަށް ތައްޔާރު: މިނިސްޓަރ މާރިޔާ

އަސްކަރިއްޔާއިން ފުރިހަމައަށް ކުރިމަތިލެވޭނެ ކަމުގެ ޤާބިލިއްޔަތު އެބައޮތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖުލައި 2020 | އާދީއްތަ 17:17
ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ- މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އަސްކަރިއްޔާއަކީ ވަރަށް ޕްރޮފްޝަނަލް ބައެއް ކަމަށް

ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ- މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އަސްކަރިއްޔާއަކީ ވަރަށް ޕްރޮފްޝަނަލް ބައެއް ކަމަށް

ރާއްޖޭގެ މިނިވަންކަން ގެއްލިދާނެ ފަދަ ޙާލަތަކަށް ދިވެހި އަސްކަރިއްޔާ ފުރިހަމައަށް ތައްޔާރުކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހި އަސްކަރިއްޔާއަކީ މިހާރު ވަރަށް "ޕްރޮފެޝަނަލް" ބައެއް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ގެއްލިދާނެފަދަ ޙާލަތަކަށްވެސް އަސްކަރިއްޔާ ފުރިހަމައަށް ތައްޔާރުވެފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އެތެރޭގައި ހިނގާ ކަންކަމުގައި އަސްކަރިއްޔާއިން ފުރިހަމައަށް ކުރިމަތިލެވޭނެ ކަމުގެ ޤާބިލިއްޔަތު އެބައޮތް ކަމަށެވެ. އަދި ބޭރުން އަންނަ ޙަމަލާތަކުން ރެކިގަތުމަށްވެސް، ރާއްޖޭގެ ޑިޕްލޮމަސީ ވަރުގަދަކޮށް، ޤައުމުތަކާ ގުޅުން ބަދަހި ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެފަދަ ކަންކަމުން ދިފާއު ވެވޭނެކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މިހާރު މިނިވަންކަން އޮތް މިންވަރަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު، އެއްވެސް ސިޔާސީ މިނިވަންކަމެއް ނެތް ކަމަށާއި، ދުލާއި ޤަލަމުގެ މިނިވަންކަންވެސް އޮތީ ނިގުޅައިގެންފައި ކަމަށެވެ.

ނަމަވެސް މިއަދު މަންޒަރު ބަދަލުވެފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއަދު މުޒާހަރާކޮށް، ރައްޔިތުން ކަންބޮޑުވާ ކަންކަމާ ޙިޔާލު ފާޅު ކުރުމުގެ މިނިވަންކަން ޤާނޫނުގެ ދަށުން ލިއްބައިދީފައިވާ ކަމަށެވެ. އެހެން ނަމަވެސް، ކޮވިޑް-19 ގެ މިފަދަ ބަލިމަޑުކަމެއްގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަށް ރައްޔިތުން ސަމާލުކަން ދޭންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ޕްރޮގްރާމްގައި ބިދޭސީންގެ މައްސަލައަށް އަލިއަޅުވާލައްވައި މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ޒުވާނުންނަށްވުރެވެސް ގިނައިން ބިދޭސީން މިއަދު މި ޤައުމުގައި އުޅެމުންދާ ކަމަށާއި، އެއްވެސް އިރެއްގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވައި އުޖޫރަ ނުދިނުމަކީ ތާއީދު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ބަޔަކު ދިވެއްސަކު ރަހީނުކޮށް، ބައެއްގެ މުދާ ޙަލާކު ކުރުމަކީ "އޯކޭ ވެވޭނެ" ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ބިދޭސީންގެ މައްސަލަ ބޮއްސުންލައިގެން ދިޔައީ އެކަމުގައި ބައެއްގެ އިހުމާލު އޮވެގެން ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، މިނިސްޓަރ ވިދާޅުވީ، އެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށެވެ. އެގޮތުން އިމިގްރޭޝަންގެ ވެރިންގެ މައްސަލަ ބަލައި ތަހުޤީޤު ކުރަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
29 މާރިޗު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

29 މާރިޗު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި
02 މާރިޗު 2017

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު