Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން ދުވަސް

ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާއި ގުޅޭ ގޮތުން އެންމެން އެއްބަސް ވާންޖެހޭ: ރައީސް ސޯލިހު

26 ޖުލައި 2020 | އާދީއްތަ 08:04

ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ނުދިނުމަށް ގޮވާލެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖުލައި 2020 | އާދީއްތަ 08:04
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިވަން ދުވަހާ ގުޅިގެން ގައުމާ މުޚާތަބު ކުރައްވާ ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ ނެގުމަށް ގޮވާލެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިވަން ދުވަހާ ގުޅިގެން ގައުމާ މުޚާތަބު ކުރައްވާ ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ ނެގުމަށް ގޮވާލެއްވި

ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާއި ގުޅޭ ގޮތުން އެންމެން އެއްބަސް ވާންޖެހޭ ކަންކަން ހުންނާނެ ކަމަށާއި، އެފަދަ ކަންކަމުގައި ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރޭ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާއި މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ، ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ ސުލްހަވެރިކަމާއި ހިކުމަތްތެރިކަމާއެކު ކުރި މަސައްކަތުން ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ސުލްހައަށް އިސްކަންދީ، ދިވެހިންގެ މިނިވަންކަން ދެހެމެއްޓުމުގެ އަސާސްތަކުގެ މަތީގައި ހިފެހެއްޓުމުން ކަމަށެވެ.

މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ގައުމު އާރާސްތު ކުރުމުގެ މަސައްކަތް ކުރަމުން ދާނީ ސިޔާސީ ވާދަވެރިންގެ އަޑު އަހައިގެންކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ ވާދަވެރިންގެ ޚިޔާލާއި މަޝްވަރާއަށް މި ސަރުކާރުން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއި އެކުގައި މަސައްކަތް ކުރެއްވުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އިގްތިސާދީ ގޮތުން ދިވެހިން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، ރާއްޖޭގެ އިގްތިސާދު މިހާރު ވެސް ބިނާވެފައި އޮތީ ދިވެހިން ތަރައްގީ ކުރި ދެ ސިނާއަތެއްގެ މައްޗަށް ކަމަށް ވިދާޅުވެ، މިއީ ދިވެހިންގެ އިގްތިސާދީ ހަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތުކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، މިއީ އިގްތިސާދީ ހަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރު ކުރަންވީ ވަގުތު ކަމަށާއި، ގުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރު ކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު ކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ދިވެހިންގެ ފަޚުރުވެރި ގައުމީ ޝަޚުސިއްޔަތުގެ ބިންގަލަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށާއި، އެ ބިންގަލުގެ މަތީގައި ދިވެހި ގައުމިއްޔަތުގެ ބިނާ އާރާސްތު ކޮށްދިން ތަނބުތަކަކީ ދިވެހިވަންތަކަމާއި، ދިވެހިންގެ މާދަރީ ބަހާއި، ދިވެހި ތާރީޚާއި، ދިވެހިންގެ ސަގާފަތް ކަމަށެވެ. އަދި، މި ހުރިހާ ކަމެއް ލާމެހިގެން ގެތިފައިވާ ދިވެހި މުޖްތަމައުން މި ސިފަތައް ގެއްލިގެން ދިޔުމަކީ ހަމަ އެކަކުވެސް އެދޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މިނިވަންކަމުގެ މި ދަތުރުގައި 55 އަހަރު ހޭދަކުރުވުނު އިރު، ތަރައްގީގެ ސަމުގާއިން ދިވެހިން ދެން އަމާޒު ހިފަންވީ، އަދި ކޮންމެ ދިވެއްސެއްގެ ވިސްނުން ބަހައްޓަންވީ، ގައުމު ކުރިއަރުވައި ތަރައްގީ ކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމަށް ކަމަށެވެ. އަދި، އެކަން ހާސިލު ކުރެވޭނީ، ތަރައްގީ އަކީ ކޮންމެ ފަރުދެއްގެ ޒާތީ ދިރިއުޅުމުގެ އެއްބައި ކަމުގައި ގަބޫލުކޮށް، އެގޮތަށް ދިރިއުޅުން ބައްޓަން ކޮށްގެން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ޚިތާބު ނިންމަވައިލެއްވީ، ރާއްޖޭގެ މިނިވަންކަމުގެ ބާނީ، ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ، ސުމުއްވުލް އަމީރު އަލް މަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒިކުރާ އައުކުރައްވާ، ގައުމުގެ އިގްތިސާދީ އަދި ސިޔާސީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ރައްޔިތުން އެކުގައި އެއް އަޒުމެއްގައި މަސައްކަތްކޮށް، ނަތީޖާ ހާސިލު ކުރުމަށް ގޮވާލައްވަމުންނެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް