Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް

"ކުޅުންތެރިންގެ މަސައްކަތު ރޭޓް ފެނިފައި ލިބުނީ ހައިރާން ކަމެއް"

25 ޖުލައި 2020 | ހޮނިހިރު 08:57

ކޮވިޑް-19 ގެ ބްރޭކަށްފަހު މި މަހުގެ ކުރީކޮޅު ގައުމީ ޓީމުން ވަނީ ފަރިތަކުރުންތައް ފަށާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ޖުލައި 2020 | ހޮނިހިރު 08:57
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓީން ކޫޕްމަން

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓީން ކޫޕްމަން

ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ މަސައްކަތު ރޭޓް ފެނުމުން ލިބުނީ ހައިރާން ކަމެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓީން ކޫޕްމަން ބުނެފިއެވެ.

ކޮވިޑް-19 ގެ ބްރޭކަށްފަހު މި މަހުގެ ކުރީކޮޅު ގައުމީ ޓީމުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިގެން ފަރިތަކުރުންތައް ފެށި ނަމަވެސް، އަދިވެސް އެކި ސަބަބުތަކާ ހުރެ ބައެއް ކުޅުންތެރިންނަށް ފަރިތަކުރުންތަކުގައި ބައިވެރިނުވެވެއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓީން ކޫޕްމަން ބުނީ ވަރަށް ރަނގަޅު ރޫހެއްގައި ކުޅުންތެރިން ފަރިތަކުރަމުންދާ ކަމަށާއި، ކުޅުންތެރިންގެ މަސައްކަތު ރޭޓް ފެނިފައި އޭނާއަށް ލިބުނީ ހައިރާން ކަމެއް ކަމަށެވެ. އަދި މީގެ ކުރިން ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ނުވެދާނެ ކަމަށް ހީވެފައި އޮތް ނަމަވެސް، އެ ހީވުން މުޅިން ކަހަލަ ގޮތަކަށް ބަދަލުކޮށްލާފައިވާ ކަމަށާއި، އެކަމަކު އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި ކަމަށް ކޫޕްމަން ބުންޏެވެ.

އޭނާ އިތުރަށް ބުނީ ފަރިތަކުރުންތައް ކުރަނީ ދުވަހަކަށް ވުރެން ދުވަހެއް ރަނގަޅުވާން ކަމަށާއި، އޭނާގެ ރޭވުންތެރިކަމާ އެއްގޮތަށް ކުޅުންތެރިން ކުރިއަށްދާ ކަމަށެވެ. އަދި އެ ވިސްނުންތަކާއެކު ކުޅުންތެރިން މަސައްކަތް ކުރާކަން ފެންނަ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ކޫޕްމަން ބުންޏެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމަށް 32 ކުޅުންތެރިންގެ ސްކޮޑަކާއެކު ގައުމީ ފުޓްބޯޅަ ޓީމުން ފަރިތަކުރަމުން އަންނައިރު، ކޮވިޑް-19 ގެ ސަބަބުން ފަސްކުރި ކޮލިފައިންގ މެޗުތައް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހަށް މިހާރު ވަނީ ތާވަލު ކޮށްފައެވެ.

އެގޮތުން ރާއްޖެ އާއި ޗައިނާގެ މެޗު އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހަށް ވަނީ ތާވަލު ކޮށްފައެވެ. އަދި ރާއްޖެ އާއި ސީރިއާ ކުޅޭ މެޗު އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހަށް މާލޭގައި ކުޅުމަށް ތާވަލު ކޮށްފައިވާއިރު، ރަށުން ބޭރުގައި ފިލިޕީންސް އާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

އޭޝިއާ ސަރަހައްދުން ހަތަރު ގައުމެއް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

02 މެއި 2017

ކުޅުންތެރިންގެ ހިތްވަރަށް ސާބަސް، މޯހަން ބާގަން ބަލިކުރުން މަޖުބޫރު: ސެކުލޮވްސްކީ

02 މެއި 2017
ކުޅުންތެރިންގެ ހިތްވަރަށް ސާބަސް، މޯހަން ބާގަން ބަލިކުރުން މަޖުބޫރު: ސެކުލޮވްސްކީ
08 އެޕްރީލު 2017

ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

08 އެޕްރީލު 2017
ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
04 އެޕްރީލު 2017

ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް

04 އެޕްރީލު 2017
ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
31 މާރިޗު 2017

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން
18 މާރިޗު 2017

ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި

18 މާރިޗު 2017
ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި
11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
10 މާރިޗު 2017

ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

10 މާރިޗު 2017
ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް