Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ބޮޑީބޯޑިންގ ޓީމު

ޒުވާން ޓީމާއެކު ބޮޑީބޯޑިންގެ ކުރިމަގު އުޖާލާ: ކުޑަ އައްޔަ

25 ޖުލައި 2020 | ހޮނިހިރު 07:36

"މިހާރު އެކުލަވާލާފައިވާ ގައުމީ ޓީމުގެ ކޮންމެ ބޮޑީބޯޑަރަކީވެސް މޮޅެތި ބޮޑީބޯޑަރުން"

އަތޫފް އާތިފް
އަތޫފް އާތިފް | 25 ޖުލައި 2020 | ހޮނިހިރު 07:36
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ)

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ)

ގައުމީ ބޮޑީބޯޑިންގ ޓީމަކީ ޒުވާން ޓީމެއް ކަމަށާއި، މި ޓީމާއެކު ބޮޑީބޯޑިންގެ ކުރިމަގު ވަރަށް އުޖާލާ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ބުނެފިއެވެ.

ރާއްޖެ.އެމްވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކުޑަ އައްޔަ ބުނީ ބޮޑީބޯޑިންގ ގައުމީ ޓީމަކީ ވަރަށް ޒުވާން ޓީމެއް ކަމަށާއި، އެކަމަކު މި ޓީމާއެކު ބޮޑީބޯޑިންގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

ކުޑަ އައްޔަ ބުނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ގައުމީ ބޮޑީބޯޑިންގ ޓީމެއް އެކުލަވާލުން އެއީ ބޮޑީބޯޑިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ ވަރަށް ކުރިންސުރެ ދެކެން ބޭނުންވި ދުވަހެއް ކަމަށަވެ. އަދި ބޮޑީބޯޑިންގެ ގައުމީ ޓީމެއް އެކުލަވާލުމުން އެކަން ސަރުކާރުންވެސް ބަލައިގަންނަ ކަމަށާއި، އެހެންކަމުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ބަރާބަރަށް އެލަވަންސްވެސް ލިބިގެންދާނެ ކަމަށް ކުޑަ އައްޔަ ބުންޏެވެ.

ގައުމީ ބޮޑީބޯޑިންގ ޓީމެއް އެކުލަވާލުމާއެކު ކުރިއަރަމުން އަންނަ ޒުވާން ބޮޑީބޯޑަރުންނަށް އެކަމުގެ ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށާއި، މިކަމުން ދޭހަވަނީ ބޮޑީބޯޑިންނަކީ މުސްތަގުބަލް އޮތް ކުޅިވަރެއް ކަމުގައި ކަމަށްވެސް ކުޑަ އައްޔަ ބުންޏެވެ.

ކުޑަ އައްޔަ އިތުރަށް ބުނީ މިހާރު އެކުލަވައިލާފައިވާ ގައުމީ ޓީމުގެ ކޮންމެ ބޮޑީބޯޑަރަކީވެސް މޮޅެތި ބޮޑީބޯޑަރުން ކަމަށާއި، މި ޓީމަކީ ހުނަރަށް ބަލާނަމަ ބައިނަލްއަގުވާމީ މުބާރާތްތަކުން ކާމިޔާބީތައް ހޯދޭނެ ޓީމެއް ކަމަށެވެ. އަދި މި ޓީމުގައި ތިބީ ތަޖުރިބާކާރު ބޮޑީބޯޑަރުންގެ އިތުރުން ޒުވާން ބޮޑީބޯޑަރުން ކަމަށްވެސް ބުންޏެވެ.

މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) ން ގައުމީ ބޮޑީބޯޑިންގ ޓީމު އެކުލަވާލައިފައިވަނީ މިދިޔަ އަހަރު އެ އެސޯސިއޭޝަނުން ބޭއްވި މުބާރާތްތަކުން އެންމެ ރަނގަޅު ނަތީޖާތައް ނެރުނު ބޮޑީބޯޑަރުންގެ ރޭންކިންނަށް ބަލައިގެންނެވެ. ފުރަތަމަ ފަހަރށް އެކުލަވާލި ގައުމީ ބޮޑީބޯޑިންގ ޓީމުގައި ހިމެނެނީ ހަތަރު ބޮޑީބޯޑަރުންނެވެ. އެއީ ކުޑަ އައްޔަގެ އިތުރުން، އަސްވާން މުޙައްމަދު (ދޫނި) އާއި، އަޙްމަދު ނަޒްމީން (ލޯބި) އަދި އަލީ އާނިމް (ކިރިކާ) އެވެ.

ބޮޑީބޯޑިންގ ޓީމުގައި ހިމެނޭ ކުޑައައްޔަ އަކީ ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރެވެ. ކުޑައައްޔަ ވަނީ ރާއްޖޭގެ އިތުރުން ރާއްޖޭއިން ބޭރުގައި ބޭއްވުނު ގިނަ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ރަންވަނަ ހޯދާފައެވެ.

ރާއްޖޭގެ ބޮޑީބޯޑަރުން ގިނަ ވަނަތަކެއް ހޯދަމުން އަންނައިރު، ބައިނަލްއަގުވާމީ މުބާރާތެއްގައި އެންމެ ފަހުން ރާއްޖޭގެ ބޯޑިބޯޑަރުން ވާދަކޮށްފައިވަނީ މިދިޔަ އަހަރުއެވެ. އެގޮތުން މިދިޔަ އަހަރު މެލޭޝިއާގެ ޓިއޮމަން ސާފް ފެސްޓިވަލްގައި ވާދަކޮށް ރާއްޖޭގެ ކުޑައައްޔަ ބޮޑީބޯޑިންގ ކެޓަގަރީން ރަން މެޑަލް ހޯދިއިރު، މި މުބާރާތުގައި ރާއްޖޭގެ އަލީ ޖާވީދު (ޖާއްޓެ) ވަނީ ރިހި މެޑަލް ހޯދާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ލަންކާއާ ދެކޮޅަށް ޒުވާން ގައުމީ ޓީމު ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

15 އޯގަސްޓު 2017
ލަންކާއާ ދެކޮޅަށް ޒުވާން ގައުމީ ޓީމު ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި
28 ޖޫން 2017

ބައިބަލާ މުބާރާތް 2017: 39 ޓީމާއެކު މުބާރާތް ފަށައިފި

28 ޖޫން 2017
ބައިބަލާ މުބާރާތް 2017: 39 ޓީމާއެކު މުބާރާތް ފަށައިފި
21 މެއި 2017

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

21 މެއި 2017
ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި
23 އެޕްރީލު 2017

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް
17 އެޕްރީލު 2017

ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ

17 އެޕްރީލު 2017
ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
04 މާރިޗު 2017

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް