Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ ސްކޫލް ވޮލީ

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

މުބާރާތުގައި 17 ސްކޫލަކާއި، 5 ކޮލެޖުން 44 ޓީމް ވާދަކުރޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 4 މާރިޗު 2017 | ހޮނިހިރު 15:29
އިންޓަރ ސްކޫލް އަދި ކޮލެޖު މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ޖާޒީ ހަވާލުކުރަނީ

އިންޓަރ ސްކޫލް އަދި ކޮލެޖު މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ޖާޒީ ހަވާލުކުރަނީ

ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ކޮލެޖް ވޮލީ މުބާރާތް ސާޅިސް ހަތަރު ޓީމާއެކު މި މަހުގެ 6 ވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ބުނީ، މި އަހަރުގެ މުބާރާތުގައި 17 ސްކޫލަކާއި، 5 ކޮލެޖުން ޖުމްލަ 44 ޓީމް ވާދަކުރާ ކަމަށެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ 17 ސްކޫލްގެ ތެރޭގައި ޖުމްލަ 34 ޓީމް ވާދަކުރެ އެވެ. އަދި ފަސް ކޮލެޖުން މި މުބާރާތުގައި 10 ޓީމް ވާދަކުރާ ކަމަށް ވެސް ވީއޭއެމްއިން މައުލޫމާތުދެ އެވެ. ވީއޭއެމްއިން ބުނީ، މުބާރާތުގައި އަތޮޅު ތެރޭގެ ހަ ސުކޫލަކުން ޖުމްލަ ހަތް ޓީމް ވާދަކުރާ ކަމަށާއި އެގޮތުން މިއީ މިފަދަ މުބާރާތެއްގައި އަތޮޅުތަކުން ޓީމުތައް ބައިވެރިވާ އެންމެ ގިނަ ފަހަރު ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ އަތޮޅުތަކުގެ ސްކޫލް ތަކަކީ ބ.ގޮއިދޫ ސްކޫލުން ދެ ޓީމާއި ކ.މާފުށި ސްކޫލްގެ ޓީމަކާއި ތ.ވިލުފުށި ސްކޫލްގެ ޓީމަކާއި ފ.އަތޮޅު މަދަރުސާގެ ޓީމަކާއި ރ.އަލިފުށި ސްކޫލް ޓީމެއްގެ އިތުރުން މ.މަޑިފުށި ސްކޫލްގެ ޓީމެކެވެ. ވީއޭއެމްއިން ބުނީ، މި އަހަރުގެ ސްކޫލް ވޮލީބޯޅަ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ކުޅުންތެރިން ވާދަކުރާ މުބާރާތް ކަމަށާއި އެގޮތުން މި އަހަރު ޖުމްލަ 408 ކުޅުންތެރިން މި މުބާރާތުގައި ފެނިގެންދާނެ ކަމަށެވެ. އަދި މި އަހަރުގެ މުބާރާތުގައި އެންމެ ގިނަ ޓީމް ބައިވެރިކޮށްފައިވާ ސްކޫލްތަކަކީ އިމާދުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލް އަދި އަހުމަދިއްޔާ ސްކޫލެވެ. މި ތިން ސްކޫލުން ވެސް ހަތަރު ޓީމު ބައިވެރިކޮށްފައިވާ ކަމަށް ވީއޭއެމްއިން މައުލޫމާތުދެ އެވެ. ވީއޭއެމްއިން ވަނީ މި މުބާރާތުގައި ވާދަކުރާ ސްކޫލްތަކުގެ ޓީމްތަކަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތެއް ވެސް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބާއްވާފަ އެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
07 މާރިޗު 2017

ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ

07 މާރިޗު 2017
ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ
19 ފެބުރުއަރީ 2017

އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

19 ފެބުރުއަރީ 2017
އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
12 ފެބުރުއަރީ 2017

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު