Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެސެޓް ރިކަވަރީ ކޮމިޝަން

މައުލޫމާތު ގެއްލުވާލާފައިވާކަމުގެ ތުހުމަތުތަކާއެކު އެސެޓް ރިކަވަރީ ކޮމިޝަނުގެ ފާޑުކިއުން ސީއެސްސީއަށް!

އެފަދަ މައްސަލަތަކެއް ކޮމިޝަނަށް ފާހަގަވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖުލައި 2020 | ބުރާސްފަތި 23:16
އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު

އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި މައުލޫމާތު ސީދާ ގެއްލުވާލާފައިވާ ކަމަށް ޝައްކު ކުރެވޭ ޙާލަތްތަކެއްވެސް ފާހަގަވެފައިވާކަމަށް ބުނެ، އެސެޓް ރިކަވަރީ ކޮމިޝަނުން ސިވިލް ސަރވިސް ކޮމިޝަނަށް ފާޑުކިޔައިފިއެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ލިއެކިއުންތަކާއި މައުލޫމާތު ނިޒާމުން ގެއްލުވާލާފައިވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ، އެފަދަ މައްސަލަތަކެއް ކޮމިޝަނަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ތަހުޤީޤުވެސް ކުރިއަށްދާ މި ދަނޑިވަޅުގައި، މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އަލިއަޅުވާލައްވާ އައްސަދު ވިދާޅުވީ، މިނިސްޓްރީގައި ހުންނަ ލިއެކިއުންތައް ބެލެހެއްޓުމަކީ ހަމައެކަނި މިނިސްޓަރުގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި އެކަމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަން، އޭގެ ގޮތުގައި އޮޕަރޭޓްކުރަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރަކަށް ސިޓީއެއް ފޮނުވުމަށްފަހު، އެ ފައިލްތައް ނައްތާލެވިގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އޭސީސީގެ ތަހުޤީޤުގައިވެސް އެފަދަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް އައްސަދު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުން ބައެއް ލިއެކިއުންތައް ނުފެނިގެން އުޅެން ޖެހުނުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް މީގެ ކުރިންވެސް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވެއެވެ. އެގޮތުން އެކޮމިޝަން ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، އެކޮމިޝަނުގެ މެންބަރުން ވަކިކުރުމަށް މަޖިލީހުގެ މެމްބަރުންވެސް ގޮވާލާފައިވެއެވެ.

ސީއެސްސީއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، ސީއެއްސީގެ އޭރުގެ ރައީސް ޝަމީމަކީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ކެމްޕެއިންގައި ޙަރަކާތްތެރިވި ކަމުގެ ތުހުމަތު ކުރެވޭ ބޭފުޅެކެވެ. އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުންވެސް އެމްއެމްޕީއާރްސީއާ ގުޅުންހުރި މައްސަލަތައް ބަލަމުންދާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ދަނީ ޖަލު ޙުކުމެއްވެސް ތަންފީޒު ކުރައްވަމުންނެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

03 އެޕްރީލު 2017
 ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް
01 އެޕްރީލު 2017

ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް

01 އެޕްރީލު 2017
ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު