Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދީބާޖާ މައްސަލަ

ދީބާޖާއަށް ކުޑަކުރަތު ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބެލެވޭތީ އޭސީސީއަށް

ކޮރަޕްޝަން އުޅޭކަމުގެ ތުހުމަތު ކޮށްފައިވަނީ އެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު ދީބާޖާ އިން އެހެން ކުންފުންޏަކަށް ކުޑަކުރަތު ދޫކުރުމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 23 ޖުލައި 2020 | ބުރާސްފަތި 10:13
ދީބާޖާ އިންވެސްޓްމަންޓުގެ ޗެއާމަން އިބްރާހިމް ރަޝީދު: މިމައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުން ރިވިއު ކުރުމުގެ މަރުހަލާގައި

ދީބާޖާ އިންވެސްޓްމަންޓުގެ ޗެއާމަން އިބްރާހިމް ރަޝީދު: މިމައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުން ރިވިއު ކުރުމުގެ މަރުހަލާގައި

އުތުރު ޕްރޮވިންސްގައި ފެރީ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް އާއެކު ހެދި އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓް ނުވަތަ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ރ. ކުޑަކުރަތު 25 އަހަރުގެ މުއްދަތަށް ދޫކުރުމަށްފަހު ފަހުން 50 އަހަރަށް ބަދަލު ކުރި ސަބަބު ތަހުގީގު ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

އުތުރު ޕްރޮވިންސް ގައި ފެރީ ދަތުރުގެ ނިޒާމު ގާއިމުކޮށް ހިންގުމަށް 2010 ވަނަ އަހަރު ފެށި ޕްރޮޖެކްޓްގެ ޚާއްސަ އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއެކު މާލިއްޔަތު ކޮމިޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ މުއްދަތު އިތުރުކުރި ސަބަބު ސާފުކޮށް އެނގެން ނެތް ކަމަށެވެ. އެހެކަމުން އެއީ ތަހުގީގުކޮށް ބަލަން ޖެހޭ މައްސަލައެއްގެ ގޮތުގައި އޮޑިޓުގައި ލަފާ ދީފައިވާނެ ކަަމަށް ޒިޔަތު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮމިޓީ ބައްދަލުވުމުގައި ތަކުރާރުކޮށް ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ ވަނީ ކުޑަކުރަތު 25 އަހަރަށް ފުރަތަމަ ދޫކޮށްފައި ފަހުން ކުއްލި ގޮތަކަށް 50 އަހަރަށް ބަދަލުކުރި ސަބަބު އޮޑިޓުން ސާފުވިތޯ ސުވާލުކުރައްވާފައެވެ. އަދި ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދީ އޭރު ގާނޫނުގައި އޮތް ގޮތުން ކުޑަކުރަތު 50 އަހަރަށް ކުއްޔަށް ނުދެވޭނެތީތޯ ނުވަތަ ގާނޫނު ބައިޕާސްކުރަން ހަދާފައި އޮތް މަކަރަކުންތޯ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސުވާލު އުފެއްދެވިއެވެ.

މިކަމާއި ގުޅޭގޮތުން ތަކުރާރުކޮށް އޮޑިޓަރ ޖެނެރަލާއި އޮޑިޓް އޮފީހުން ވަޑައިގެން ތިއްބެވި ބޭފުޅުން ވިދާޅުވީ މުއްދަތު އިތުރުކުރި ސަބަބު ނޭނގޭ ކަމަށެވެ. އެއްބަސްވުމުގައި ވެސް އެ ސަބަބު ލިއެފައި ނެތް ކަމަށާއި އެކަން އެނގޭ އެހެން ލިއުމެއް ވެސް ލިބިފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ވަނީ ކޮމިޓީގައި ބުނެފައެވެ.

އޮޑިޓް އޮފީހުން ބުނީ ލީސް އެގްރިމެންޓެއްގެ ދަށުން ދީބާޖާއަށް ކުޑަކުރަތު މެއި، 25، 2010 ގައި ދޫކުރީ 25 އަހަރަށް ކަމަށެވެ. އެހެންނަމަވެސް 2011 ވަނަ އަހަރުގެ ޖޫން 1 ގައި އައު އެގްރިމެންޓެއް ހަދައި އެ މުއްދަތު 50 އަހަރަށް ދިގުކުރި އެވެ. އެގޮތަށް ހެދީ ދީބާޖާ މޯލްޑިވްސްގެ ނަމުގައި ސަރުކާރާއި ދީބާޖާ އިންވެސްޓްމެންޓާ ދެމެދު ޖޮއިންޓްވެންޗާ ކުންފުންޏެއް ގާއިމްކޮށްގެންނެވެ.

އެ މުއާމަލާތުގައި ކޮރަޕްޝަން އުޅޭކަމުގެ ތުހުމަތު އޮޑިޓް އޮފީހުން މިކަމުގައި ހެދި އޮޑިޓްގައި ކޮށްފައިވަނީ އެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު ދީބާޖާ އިން އެހެން ކުންފުންޏަކަށް ކުޑަކުރަތު ދޫކުރުމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީ ނިޒާމު ގާއިމުކުރުމަށް ދީބާޖާއާ ހަވާލުކޮށްފައިވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއްބަސްވުމާއި އެއްގޮތަށް ޚިދުމަތްދެމުން ނުގެންދާކަމަށް ބުނެ އެއެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. އެއީ 2013 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު އެވެ.

އެއްބަސްވުން ބާތިލްކުރުމާއެކު ދީބާޖާއިން ވަނީ 2.4 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އަދި އެމައްސަލަ ސިވިލް ކޯޓުން ދީބާޖާކޮޅަށް ނިންމިއެވެ. އެއީ 348 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށެވެ.

ނަމަވެސް އެމައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ސިވިލް ކޯޓުގެ ދައުވާ ބާތިލްކުރިއެވެ. އެއާއެކު ދީބާޖާއިން އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި ސްޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓިއެވެ.

އެއާއެކު މިސަރުކާރުން ނިންމީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދިނުމަށެވެ. ނަމަވެސް މިމައްސަލައިގައި އެކިފަރާތްތަކުން ކުރިމަތިވި ޕްރެޝަރތަކާ ހެދި ސަރުކާރުން އެނިންމުން ބަދަލުކޮށް އެހުކުމް ރިވިއުކޮށްދިނުމަށް ސަރުކާރުން ސްޕްރީމް ކޯޓުގައި އެދުނެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓް އޮފީހުގެ ބޭފުޅުން ތަކުރާރުކޮށް ފާހަގަކުރެއްވި ނުކުތާއަކީ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ދީބާޖާއިން ކޯޓަށް ހުށަހެޅި 2.4 ބިލިއަން ރުފިޔާ އެއީ ކިހިނެއް ހަދާފައިވާ އޮޑިޓަކުން އެކުންފުންޏަށް ބަދަލުގެ ގޮތުގައި ލިބެންޖެހޭ ފައިސާކަމެއް ސާފުނުވާކަމަށެވެ. އަދި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ކޯޓުން ކޮށްފައިވާ ހުކުމްގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދަކީވެސް ކިހިނެއް ދައްކަންޖެހޭ ފައިސާކަން ސާފުނުވާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު