Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރުސީއެމް

އެޗްއާރުސީއެމް މެމްބަރުކަމުން ޒާހިދު ވަކިކުރަން މަޖިލީހުން ފާސްކޮށްފި

22 ޖުލައި 2020 | ބުދަ 11:40

އެޗްއާރުސީއެމްގެ މެމްބަރުކަމުން ވަކިކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެކޮމިޝަނުގެ ރައީސް އީނާސް އަދި މެމްބަރު އަފްރީން ވަނީ އިސްތިއުފާ ދެއްވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 ޖުލައި 2020 | ބުދަ 11:40
އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު ޒާހިދު (ކ-2) އަދި ކޮމިޝަނުގެ ކުރީގެ ރައީސް އީނާސް (ކ-3): މަގާމުން ވަކިކުރުގެ މަސައްކަތް ކުރުމާއެކު އެޗްއާރުސީއެމްގެ ގިނަ މެމްބަރުން ވަނީ އިސްތިއުފާ ދެއްވާފައި

އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު ޒާހިދު (ކ-2) އަދި ކޮމިޝަނުގެ ކުރީގެ ރައީސް އީނާސް (ކ-3): މަގާމުން ވަކިކުރުގެ މަސައްކަތް ކުރުމާއެކު އެޗްއާރުސީއެމްގެ ގިނަ މެމްބަރުން ވަނީ އިސްތިއުފާ ދެއްވާފައި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ނާއިބު ރައީސް މުހައްމަދު ޒާހިދު، އެކޮމިޝަނުގެ މެމްބަރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމް މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ކުރަން ފެށުމާއެކު، އެކޮމިޝަނުންގެ ކޮމިޝަނުގެ ގިނަ މެމްބަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އެގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ރިޕޯޓް ފާސްކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ވޯޓާ ހަމައަށް އައިއިރު، އެކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ، ކޮމިޝަނުގެ ނައިބު ރައީސް ޒާހިދުގެ އިތުރުން، ކޮމިޝަންގެ މެމްބަރު ނައިވީން އަބްދުﷲ އެވެ.

Advertisement - newsAdvertisement

ޒާހިދު މަގާމުން ވަކިކުރަން ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. ދެ މެމްބަރަކު ޒާހިދު، މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ.

ކޮމިޝަނުގެ މެމްބަރު ނައިވީން އަބްދުﷲ ހުންނެވީ މެޓަރނިޓީ ލީވްގައި ކަމަށްވާތީ، އޭނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކޮމެޓީން ވަނީ އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް މަޑު ޖައްސާލާފަ އެވެ. ނަމަވެސް ނައިވީންގެ މެމްބަރު ކަމުގެ 5 އަހަރުގެ ދައުރު، އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށް ހަމަވާނެ އެވެ.

އެޗްއާރުސީއެމް ދެން ތިއްބެވި، އެކޮމިޝަނުގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަނުގެ މެމްބަރު އައިޝަތު އަފްރީން ވަނީ މަޖިލީހުން އެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަލުމަށް ހުށަހެޅިއިރު، އެކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމުގައި ހުންނެނެވި، މޫސާ ޢަލީ ކަލޭފާން ވަނީ މަޖިލީހުގައި ވޯޓަށް އެހުމުގެ ކުރިން އިސްތިއުފާ ދެއްވާފަ އެވެ.

މަޖިލިސް ގަވާއިދުގެ ދަށުން އެއްވެސް ބޭފުޅަކު މަޤާމަކުން ވަކި ކުރުމަށް ކޮމެޓީއަކަށް ފެނިއްޖެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ. އިސްލާޙު ކުރެވުނު ގަވާއިދުގައި މުސްތަޤިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގެ މީހުން ވަކި ކުރުމާއިބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށްފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުޘްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ.

މި މެމްބަރުން މަގާމުން ވަކި ކުރުމަށް ކޮމިޓީން ނިންމާފައިވާ ސަބަބުތަކެއްގެ ތެރޭގައި ކޮމިޓީއަށް ދޮގު މަޢުލޫމާތު ދިނުމާއި މަޤާމު އަދާކުރުމުގެ ޤާބިލުކަން ނެތުން ހިމެނެއެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުޑަކުދިންތަކަކަށް މުވައްޒަފުންތަކެއް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައް ނުބަލަން ނިންމާފައިވުމުގެ އިތުރުން، އަނިޔާވެރިކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލައިގެ ތަޙްޤީޤް ލަސްވެގެން ޢާއިލާއިން ހުށަހަޅާފައިވާ މައްސަލައިގައި އިހުމާލުވެފައިވުމާއި، މައްސަލަ ބެލުން ލަސްވުމާ ދެކޮޅަށް ޢާއިލާއިން ބޭއްވި ހިނގާލުމުގައި ފުލުހުންގެ ފަރާތުން އެކަށީގެންނުވާ ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ރިލްވާންގެ މަންމައަށް އަނިޔާވި މައްސަލަ ކޮމިޝަނުން ނުބެލުން ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރ، ޔާމިން ރަޝީދުގެ މައްސަލައިގައި، އާނާއަށް ދީފައިވާ މަރުގެ އިންޒާރުގެ މައްސަލަތައް ފުލުހުން ނުބެލި މައްސަލަ ޔާމީން ރަޝީދުގެ ޢާއިލާއިން ކޮމިޝަނަށް ހުށަހެޅުމުން އެ މައްސަލަ ބެލުމުގައި ވެސް އިހުމާލުވުމާއި، ޢާއިލާއާމެދު އެ ކޮމިޝަނުން ޢަމަލުކުރިގޮތް ރަނގަޅު ނޫން ކަމަށް ކޮމިޓީއަށް ފެންނާތީ ކޮމިޓީން ނިންމާފައިވަނީ އެ މެމްބަރުން ވަކި ކުރުމަށެވެ. އަދި އަނިޔާގެ މައްސަލަތައް ބަލަންވާ ވަރަށް ބަލާފައި ނުވުމާއި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ޒިޔާރަތްތައް ހުއްޓުވާލުން ވެސް ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި

01 މާރިޗު 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި
27 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

27 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް