Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިއްރު ހެއްކާބެހޭ މައްސަލަ

ކޮންމެ ކޮންމެ މައްސަލައެއްގައި ސިއްރުން ހެކިބަސް ނެގުމަށް ނޭދެން: ދައުލަތް

ސިއްރު ހެއްކާ ބެހޭ ބައި އުނިކުރުމަށް ހުށަހަޅާފައިވަނީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަންވި، މައްސަލާގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 ޖުލައި 2020 | އާދީއްތަ 12:03
ސުޕްރީމް ކޯޓުގައި ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ، ސިއްރު ހެއްކާބެހޭ ޝަރީއަތުގެ އަޑުއެހުމެއްގެ ސްކްރީން ޝޮޓެއް: މިމައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުން

ސުޕްރީމް ކޯޓުގައި ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ، ސިއްރު ހެއްކާބެހޭ ޝަރީއަތުގެ އަޑުއެހުމެއްގެ ސްކްރީން ޝޮޓެއް: މިމައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުން

ކޮންމެ ކޮންމެ މައްސަލައެއްގައި ސިއްރުން ހެކިބަސް ނެގުމަށް ދައުލަތުގެ ފަރާތުން ނޭދޭ ކަމަށާއި ސިއްރުން ހެކިބަސް ނެގުމަށް އެދެމުންދަނީ، ޖިނާއީ ބޮޑެތި މައްސަލަތަކުގެ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭ މައްސަލަތަކުގައި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ.

ދައުލަތުގެ ފަރާތުން މިހެން ބުނީ، ސިއްރު ހެކިބަހާ ގުޅޭގޮތުން، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، އިތުރު ކަންތައްތަކެއް ފަނޑިޔާރުން ސާފުކުރަން ބޭނުންވެލައްވަތީ، އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރު މަހާޒު އަލީ ޒާހިރު ސުވާލުތަކަށް ޖަވާބު ދެއްވަމުން، ޕީޖީގެ އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވީ، ކޮންމެ މައްސަލައެއްގައި، އޭގެ ޒާތުގައި ސިއްރުން ހެކިބަސް ނެގުމަކަށް ދައުލަތުގެ ފަރާތަކުން ނޭދޭ ކަމަށެވެ. ނަމަވެސް މައްސަލައިގެ ބާވަތައް ބަލައި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހުގަ، އެ މައްސަލައަކީ މައްސަލައިގެ ބާވަތުން، ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވާނެފަދަ މައްސަލައެއް ކަމުގައިވާނަމަ ހެކިބަސް ސިއްރު ކުރުމަށް އެދޭ ކަމަށެވެ. އާއްމުގޮތެއްގައި އެދެނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ކަމަށް ވެސް ޕީޖީ އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.

މީގެއިތުރުން، ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލަތަކުގައި ވެސް ހެކިބަސް ނެގުމުގައި ސިއްރު ހެކިބަސް ނެގުމަށް ދައުލަތުގެ ފަރާތުން އެދޭ ކަމަށް ޕީޖީގެ ވަކީލު ވިދާޅުވިއެވެ.

ހެކިވެރިޔާއަށް ހިމާޔަތްދީ ރައްކާތެރިކަން ދީގެން ހެކިބަސް ނެގުމަށް، ދައުލަތުގެ ފަރާތުން އެދޭ ގޮތްތަކަކީ ކޮބައިތޯ ނުވަތަ ހެކިބަސް ދޭ ފަރާތަށް ހިމާޔަތާއި ރައްކާތެރިކަން ދެނީ ކިހާވަރަކަށްތޯ، މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރު މަހާޒު އަލީ ޒާހިރު ސުވާލު ކުރެއްވުމުން، ދައުލަތުގެ ވަކީލު ވިދާޅުވީ، އެކި މައްސަލަތަކުގައި ތަފާތުގޮތްގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ. އެގޮތުން ގެވެށި އަނިޔާ ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައިނަމަ، ބައެއް ހާލަތްތަކުގައި، އެއްހާޒިރެއްގައި ހެކިވެރިޔާ، ހެކިބަސް ދިނުމަށް އުޒުރުވެރިވާ ހާލަތުގައި ދައުލަތުގެ ފަރާތުން އެދެނީ، އެއްހާޒިރެއްގައި ނޫންގޮތަކަށް ހެކިބަސް ނެގުމަށް އަދި ބައެއް ފަހަރު އޭނާގެ އަޑު ބަދަލުކޮށް ސިއްރުން ހެކިބަސް ނެގުމަށް ވެސް އެދެމުންދާ ކަމަށެވެ. އެގޮތަށް އަމަލު ކުރަނީ، ގިނަ ފަހަރު، ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ހެކިބަސް ދޭން ތިބެނީ، އެއް ގެއެއްގެ ތެރޭގައި އުޅޭ، ނުވަތަ އާއިލީ ގުޅުން ހުރި ފަރާތްތައް ކަމަށެވެ. އެހެންކަމުން، ހެކިބަސް ދޭ މީހާއަށް ނުރައްކަލެއް އޮތްކަމަށް އިހުތިމާލު އޮތްކަމަށް ގަބޫލު ކުރެވޭކަމަށް ވާނަމަ ސިއްރުން ހެކިބަސް ނެގުމަށް ދައުލަތުގެ ފަރާތުން އެދޭ ކަމަށް ވަކީލު ވިދާޅުވި އެވެ.

މީގެއިތުރުން، ގައުލަތުގެ ވަކީލު ވިދާޅުވީ، ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮތް ގޮތުން ސިއްރުން ހެކިބަސް ނަގަން ހުރަހެއް ނެތް ކަމަށާއި ނަމަވެސް އެކަމަށް ހުރަސް ކުރިމަތިވީ ގާނޫނުގެ 149 ވަނަ މާއްދާއާ މެދު ހައި ކޯޓުން ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްސަލާގައި ނިންމާފައިވާ ނިންމުމުގައި ސިއްރު ހެކިބަހާބޭހޭ ގޮތުން މާނަކޮށްފައިވާ ގޮތުން ކަމަށެވެ.

މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ، ހައިކޯޓުގެ ވަނަ އަހަރުގެ 387 ވަނަ ނަމްބަރު ޤަޟިއްޔާގައި މައްސަލަ ނިމުނު ގޮތުގެ ހުލާސާ ރިޕޯޓްގައި (ނ) ޖިނާއީ އިޖުރާއަތުގެ 149 ވަނަ މާއްދާގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގޭނީ، ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮންނަންޖެހޭ ހާލަތުގައި ކަމަށް ބަޔާންކޮށް، ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާ ގޮތެއް ނުވަތަ ގޮތްތަކެއް ނެތްކަމަށް އެގާނޫނަށް ބެލުމުން އެނގެން އޮތް ކަމަށް ނިންމާފައިވަނީ ޝައުރީ އަދި ގާނޫނީ އުސޫލާ ހިލާފަށްކަމަށް ކަނޑައަޅާ ދެއްވުމަށެވެ.

ސިއްރު ހެއްކާ ބެހޭ ބައި އުނިކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން ސުޕްރިމް ކޯޓަށް ހުށަހަޅަން ނިންމާފައިމިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޖަލަށް ލެވުނު ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން ކުރި ޢަދުލު އިންސާފު ޤާއިމުކުރަން ހުރަސްއެޅުމުގެ ދަޢުވާ ސާބިތުވެ ކުރި ޙުކުމް، ހައިކޯޓުން ބާޠިލުކުރުމާ ގުޅިގެންނެވެ.

މިދިއަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް، ފޯނު ނުދިން ކަމަށް ބުނާ މައްސަލައިގައި، ޢަދުލު އިންސާފު ޤާއިމުކުރަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ، އިއްވާފައިވާ ޙުކުމް ބާޠިލު ކުރުމާއެކު އެމަނިކުފާނު ވަނީ މިނިވަންވެވަޑައިގަންނަވާފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމް ހައިކޯޓުގައި އިސްތިޢުނާފު ކުރިތާ ދުވަސްތަކެއް ވެފައިވާއިރު، ހައިކޯޓުން އެ މައްސަލަ ނިންމާ، ކުރި ޙުކުމްގައި ކަނޑައެޅީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށެވެ.

ޤާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދަޢުވާއަކާއި، ރަސްމީ ހައިޞިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދަޢުވާގެ އިތުރުން ތަޙުޤީޤަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދަޢުވާއާއެކު ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ޔާމީނުގެ ވެރިކަމުގައި ވަނީ ގިނަ ދަޢުވާތަކެއް އުފުލާފައެވެ.

ދެން އޮންނާނީ، މިމައްސަލާގައި ހުކުމް ކުރުމަށް ބޭއްވާ ޝަރީއަތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު