Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ އައްސާމް ސްޓޭޓަށް ކުރާ ވިއްސާރަ

މޫސުމީ ވިއްސާރައިގައި އިންޑިއާގެ އައްސާމް ސްޓޭޓުން ދެ މިލިއަން މީހުން ޙާލުގައި ޖެހިއްޖެ

20 ޑިސްޓްރިކްޓެއްގައި 480ށް ވުރެ ގިނަ ރިލީޕް ކޭމްޕްތައް މިހާރު ވަނީ ޤާއިމު ކުރެވިފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖުލައި 2020 | ބުދަ 13:43
އިންޑިއާގެ އައްސާމް ސްޓޭޓް- އެ ސްޓޭޓުން މިހާތަނަށް 50 މަރު ރިޕޯޓްކުރެވިފައިވޭ

އިންޑިއާގެ އައްސާމް ސްޓޭޓް- އެ ސްޓޭޓުން މިހާތަނަށް 50 މަރު ރިޕޯޓްކުރެވިފައިވޭ

އަވައްޓެރި އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި އިންޑިއާގެ އިރުމަތީ އުތުރު ސްޓޭޓެއް ކަމަށްވާ އައްސާމުން 50 މީހުން މަރުވެ، ދެ މިލިއަން މީހުން ޙާލުގައި ޖެހިއްޖެއެވެ.

އައްސާމް ސިޓީގެ އޮފިޝަލުންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެހެނިހެން އަހަރުތަކުގައި ވެސް ވިއްސާރައިގެ އަސަރު އައްސާމް ސިޓީއަށް ކުރިމަތިވި ނަމަވެސް، މި އަހަރު ކޮވިޑް-19 ގެ ސަބަބުން އެ ސިޓީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަނީ އިތުރު ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އޭގެ އިތުރުން، އައްސާމް ސިޓީގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ޖަނަވާރުތައްވެސް ޙާލުގައި ޖެހިފައިވާއިރު، މިހާތަނަށްވެސް 51 ވަލުޖަނަވާރު މަރުވެފައިވާ ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

ދެ މިލިއަނަށްވުރެ ގިނަ މީހުން ޙާލުގައި ޖެހިފައިވާއިރު، 20 ޑިސްޓްރިކްޓެއްގައި 480ށް ވުރެ ގިނަ ރިލީޕް ކޭމްޕްތައް މިހާރު ވަނީ ޤާއިމު ކުރެވިފައެވެ. އަދި 60،000ށް ވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވާކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

ކޮންމެ އަހަރަކުވެސް އައްސާމް ސީޓީއަށް މޫސުމީ ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ކުރާއިރު، އޭގެ ސަބަބުން ފެން ބޮޑުވުމުގެ ހާދިސާތަކާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތައް ދިމާވެއެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބައެއްގެ މުދަލާއި ގެދޮރުގެ އިތުރުން މުހިއްމު ލިއެކިއުންތައް ގެއްލި، ރައްވެހިކަން ކަށަވަރު ކުރުމުގައިވެސް ގިނަ ފަހަރު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

އިތުރަށް ކިޔާލަން

20 ޖުލައި 2017

އިންޑިއާގެ 14 ވަނަ ރައީސް ކަމަށް ރާމް ނާތު ކޯވިންދް

20 ޖުލައި 2017
އިންޑިއާގެ 14 ވަނަ ރައީސް ކަމަށް ރާމް ނާތު ކޯވިންދް
24 ޖޫން 2017

އިންޑިއާގެ 25 މަސްވެރިން ލަންކާ ނޭވީން ހައްޔަރު ކުރުމާއެކު ޓެމިލްނާޑޫ ސަރުކާރު ރަތައް!

24 ޖޫން 2017
އިންޑިއާގެ 25 މަސްވެރިން ލަންކާ ނޭވީން ހައްޔަރު ކުރުމާއެކު ޓެމިލްނާޑޫ ސަރުކާރު ރަތައް!
28 މެއި 2017

ޖީ7 ގެ ބައްދަލުވުމަށްފަހު މޫސުމީ މައްސަލަތަކުގައި އެމެރިކާ ނިންމާނެ ގޮތެއްގެ އިންތިޒާރުގައި

28 މެއި 2017
ޖީ7 ގެ ބައްދަލުވުމަށްފަހު މޫސުމީ މައްސަލަތަކުގައި އެމެރިކާ ނިންމާނެ ގޮތެއްގެ އިންތިޒާރުގައި
18 މެއި 2017

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ
17 މެއި 2017

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

17 މެއި 2017
ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު