Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މަޖިލިސް ފެންނަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި: ފައިސަލް ނަސީމް

މަޖިލީހުގައި މަސައްކަތް ކުރަނީ ހިތުހުރި ގޮތަކަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2017 | އަންގާރަ 07:11
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް

ރައްޔިތުންގެ މަޖިލިސް މިހާރު ހިންގަމުންދަނީ ކަންމަތީ ފިހާރައެއްގެ އުސޫލުން ކަމަށް އެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން، ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، މިހާރު ފެނިގެން ދަނީ ކަންމަތީ ފިހާރައެއް ހުޅުވާ ލައްޕާ އުސޫލުން ހިތަށް އެރި ގޮތަކަށް މަޖިލިސް ހުޅުވައި ލައްޕައި، އެތަނުގައި ހިތަށް އެރި ގޮތަކަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.

Advertisement - newsAdvertisement
މަޖިލިސް މި ފެންނަނީ އަމިއްލަ ކުޑަކުޑަ ފިހާރަގަނޑެއްގެ ގޮތުގަ. ކަންމަތީ ފިހާރައެއް ހުޅުވާފަ ލައްޕާ ގޮތަށް މަޖިލިސް ހުޅުވާފަ ލެއްޕުން މިއޮތީ. މަޖިލީހުގަ އެކަނި ގޮސްގެން ވެސް ކަންތައްތައް ނިންމާލަނީ. ނިންމާފަ ހެނީ ހަމަ. އަތްތިލަބަޑި ވެސް ޖަހަނީ. އަހަރުމެން ބޭނުންވާ ގޮތަށް މިއޮތީ ނިމިފައޭ. 46 ވޯޓު 48 ވޯޓު، އެކަނި ގޮސް ނިންމާލާފަ ވެސް

ރައްޔިތުންގެ މަޖިލިސް ހިނގަމުންދާ ގޮތަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން، ފައިސަލް ވިދާޅުވީ، ޤާނޫނު އަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ނިގުޅައިގަންނަމުން ދަނީ ކޮރަޕްޝަންގެ ވާހަކަ ރައްޔިތުން ދައްކާތީ ކަމަށާއި، ނަމަވެސް ކޮރަޕްޝަން ހިންގާނަމަ އެވާހަކަ ދައްކާނެ ކަމަށެވެ.

އަޅުގަނޑުމެން ބޭނުމެއް ނުވޭ އެއްވެސް މީހަކަށް ވަގަށް ގޮވާކަށް. ކޮރަޕްޝަނޭ ހަޤީޤަތުގަ ކިޔަން ވެސް އަޅުގަނޑުމެން ބޭނުމެއް ނުވޭ. އެހެންނަމަވެސް ޤައުމަކަށް ލިބޭ ދެތިން އަހަރުގެ ބަޖެޓް އެއް އަހަރުގެ ދެތިން މަސްތެރޭގަ އޭތި ގެއްލިގެން، އެހިސާބަށް ދިޔައިމަ އެވާހަކަ ދައްކާނެ. ދެން އެވާހަކަ ދައްކާތީވެ އެކަންތައް ހުއްޓުވުމަށްޓަކާ، ޤަނޫނުއަސާސީއާ ޤާނޫނުތަކަށް ކިތަންމެ ބަދަލުތަކެއް ގެނަޔަސް އެވާހަކަ ދައްކާނެ

ފައިސަލް އިތުރަށް ވިދާޅުވީ، ކޮރަޕްޝަން ފަދަ ކަންކަމުގައި ބަސްބުނެ، އިސްލާހީ މަސައްކަތް ފެށުމުން ދެން ފެނިގެންދަނީ، ހައްޤު އަދަބު ލިބެން ޖެހޭ ބޮޑެތި ކުށްވެރިން ދޫކޮށްލައި، ސިޔާސީ ލީޑަރުންނަށް ޙުކުމް ކުރުމައިގެން އުޅޭތަން ކަމަށެވެ.

ކޮބާތޯ މި ޤައުމުގަ ތިބި މި ޤައުމުގެ ރައުސުލްމާލުން އެތައް ބައެއް ހުސްކޮށްލާފަ، އަދި އެނޫނަސް އެބަތިބި ޑްރަގް ވިޔަފާރިއާ މިނޫނަސް އެތައް ކަންތައްތަކެއް އަޅުގަނޑުމެންނަށް ދުވަހުން ދުވަހަށް އަޑު އިވެމުންދާއިރު، ހައްޤު އަދަބު ދެވެންޖެހޭ ފަރާތްތަކެއް ޤައުމުގައި ތިބިކަމީ އެއީ، އަޅުގަނޑުމެންގެ ތެރޭ ސުވާލު އުފެދިފަ އޮތް ކަމެއް ނޫން. ކީއްވެގެންތޯ މި ކަންތައްތައް ނުކުރެވިގެން އުޅެނީ؟

ފައިސަލް ވިދާޅުވީ ބޮޑެތި ކުށްވެރިންނާއިގެން ނޫޅެ، ސިޔާސީ ލީޑަރުންގެ ފަހަތުން އުޅެންވީ ސަބަބެއް ނެތް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަން ފާހަގަކުރައްވާ ފައިސަލް ވަނީ ސަރުކާރުގެ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު