Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަނިޔާއިން އޮޒިލް ރަނގަޅުވުން

އަނިޔާއަށްފަހު ކުޅުމުގައި ބައިވެރިވުމަށް މިހުރީ ތައްޔާރަށް: އޮޒިލް

އޮޒިލްއަށް އަނިޔާވީ އާސެނަލްގެ ފަރިތަކުރުންތަކުގެ ތެރެއިން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 15 ޖުލައި 2020 | ބުދަ 10:44
މިޑްފީލްޑަރު މެސެޓް އޮޒިލް:

މިޑްފީލްޑަރު މެސެޓް އޮޒިލް:

އަނިޔާއަށް ފަހު ކުޅުމުގައި ބައިވެރިވުމަށް ތައްޔާރަށް ހުރި ކަމަށް އާސެނަލަށް ކުޅެމުން އަންނަ ޖަރުމަންގެ މިޑްފިލްޑަރު މެސެޓް އޮޒިލް ބުނެފިއެވެ.

އާސެނަލްގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށްފަހު އޮޒިލް ކުރި ޓްވީޓެއްގައި އޭނާ ބުނީ ކުޅުމުގެ ތެރެއަށް އެނބުރި އައުމަށް ތައްޔާރަށް ހުރި ކަމަށެވެ. އެކަމަކު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ މި ސީޒަނުގައި އޮޒިލް ދެން ބޭނުން ނުކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެމުން އާޓެޓާ ބުނީ އޮޒިލް މި ސީޒަނުގައި ދެން ފެނުމާމެދު އެއްޗެއް ބުނަން ނޭނގޭ ކަމަށާއި، އަނިޔާއިން ރަނގަޅުވެ އޮޒިލް އެނބުރި އައިކަމުގައި ވިޔަސް އާސެނަލްގެ ހާލަތު ބަދަލުނުވާނެ ކަމަށެވެ.

ކޮވިޑް-19ށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް މެޗަކުން އޮޒިލް ފެނިފައިނުވާއިރު، އާޓެޓާ ބުނީ އޮޒިލް ނުކުޅެނީ އަނިޔާގެ ސަބަބުން ކަމަށެވެ. އުމުރުން 31 އަހަރުގެ މިޑްފިލްޑަރަށް އަނިޔާވީ އާސެނަލްގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ.

މީގެ ކުރިން އޮޒިލް ވަނީ އާސެނަލާއެކު ކުރިމަގެއް ނެތް ކަމަށް ބުނެފައެވެ. އަދި އޮޒިލް ބުނީ އޭނާ އާސެނަލާއެކު ހަދައިފައިވާ އެއްބަސްވުން އާކުރުމާމެދު ގޮތެއް ނުނިންމާ ކަމަށާއި، ސަބަބަކީ އާސެނަލާއެކު އޭނާއަށް ކުރިމަގު ނުފެންނާތީ ކަމަށެވެ. އަދި މިހާރު އޭނާގެ އަމާޒަކީ އޭނާ އަށާއި ޓީމަށް ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުން ކަމަށާއި އެއަށްފަހު ވާނެ ގޮތެއް ބުނަން ނޭގޭ ކަމަށްވެސް އޮޒިލް ވަނީ ބުނެފައެވެ.

އާސެނަލްގައި އޮޒިލްގެ ކުރިމަގާމެދު ސުވާލު އުފެދުނު ނަމަވެސް، އޭނާ އަކީ އާސެނަލްގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިއާއެވެ. ހަފުތާއަކު އޮޒިލް އަށް ޖުމްލަ 350،000 ޕައުންޑް ލިބެއެވެ.

ޝާލްކާއިން ސީނިއާ ކެރިއަރު ފެށި އޮޒިލް ވަނީ ރެއާލް މެޑްރިޑާއެކުވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. 2013 ވަނަ އަހަރު ރެއާލް ދޫކޮށް އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލްއަށް މިހާތަނަށް ކުޅެދިން 181 މެޗުން 32 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް

ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް

10 ޖުލައި 2017
ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް

ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް

01 ޖުލައި 2017
މުބާރާތުގައި ބައިވެރިވުމަށް މޯލްޑިވިއަންގެ ޓީމް ވިއެޓްނާމަށް ފުރައިފި

މުބާރާތުގައި ބައިވެރިވުމަށް މޯލްޑިވިއަންގެ ޓީމް ވިއެޓްނާމަށް ފުރައިފި

25 ޖޫން 2017
އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

22 މެއި 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު