Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބް ވޮލީބޯލް ޗެމްޕިއަންޝިޕް

މުބާރާތުގައި ބައިވެރިވުމަށް މޯލްޑިވިއަންގެ ޓީމް ވިއެޓްނާމަށް ފުރައިފި

މުބާރާތް ކުރިއަށްދާނީ މިމަހުގެ 28 އިން އަން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ވިއެޓްނާމްގައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 25 ޖޫން 2017 | އާދީއްތަ 14:49
މޯލްޑިވިއަންގެ ޓީމް ވިއެޓްނާމަށް ފުރުމުގެ ތެރެއިން

މޯލްޑިވިއަންގެ ޓީމް ވިއެޓްނާމަށް ފުރުމުގެ ތެރެއިން

އޭޝިއަން މެންސް ކްލަބް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ ގައުމީ ޗެމްޕިއަން، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ވިއެޓްނާމަށް ފުރައިފިއެވެ.

ވިއެޓްނާމުގައި މިމަހުގެ 28 އިން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަށް މޯލްޑިވިއަންގެ ޓީމް ފުރާފައިވަނީ 24 ވަނަ ދުވަގެ ރެއެވެ. އެގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މޯލްޑިވިއަންގެ ޓީމުން ވާދަކުރަން ޖެހޭނީ ޗައިނާގެ ޗެމްޕިއަން، ބެއިޖިން މޮޓޯސް އާއި، ތައިލޭންޑްގެ ޗެމްޕިއަން، އެއާފޯސް ޓީމާއި ޖަޕާނުގެ ޗެމްޕިއަން، ޓޮޔޯޓާ ބޯސޭއާއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 14 ގައުމެއްގެ ޗެމްޕިއަނުން ބައިވެރިވާއިރު، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އީރާނުގެ ސަރްމަޔާ ބޭންކްވެސް މުބާރާތުގައި ވާދަކުރެއެވެ.

ހުސްވި ހަފްތާގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެއިދާރާގެ ރައީސް މުހަންމަދު ލަތީފް (ލަތީބެ) ވިދާޅުވީ، އޭޝިއަން މެންސް ކްލަބް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޗެމްޕިއަން މޯލްޑިވިއަން ވާދަކުރާއިރު އުންމީދަކީ މި މުބާރާތުން މޯލްޑިވިއަން ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށެވެ. ލަތީބެ ވިދާޅުވީ ޓީމުން މުބާރާތަށް ވަމުންދާ ތައްޔާރީގައި އެސޯސިއޭޝަނުން އެއްބާރުލުންދޭ ކަމަށާއި އެސޯސިއޭޝަންގެ ފުރިހަމަ އެހީތެރިކަން ޓީމަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

މި މުބާރާތަށް މޯލްޑިވިއަންގެ ޓީމުން ނިކުންނަނީ ފާއިތުވި ދެއަހަރުވެސް އެޓީމަށް ކާމިޔާބީ ހޯދައިދިން ކޯޗް އަބްދުﷲ ނާޝިދުގެ ބެލުމުގެ ދަށުންނެވެ.

ރާއްޖެއެމްވީއަށް ދިން އިންޓިވިއު އެއްގައި ކޯޗް އަބްދުﷲ ނާޝިދު ބުނީ، ރޯދަމަހާއި ދިމާވުމުން ޓީމުގެ ފަރިތަކުރުންތަށް ފެށުނީ ލަހުން ކަމަށާއި، ނަމަވެސް ފަރިތަކުރުންތަށް ފެށުމަށްފަހު ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން ނާޝިދް ބުނީ، މުބާރާތުގައި ވާދަކުރަން ޖެހެނީ ވަރަށް ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކަމަށާއި، އަމާޒަކީ މޮޅުވުން ނޫންކަމަށެވެ. އެގޮތުން ނާޝިދު ބުނީ މޮޅުވުމަށްވުރެ ބޮޑަށް މަސައްކަތް ކުރާނީ އިދިކޮޅު ޓީމުތަކަށް ރަނގަޅު ފައިޓެއްދީ ރަނގަޅު ތަޖުރިބާއެއް ހޯދުމަށް ކަމަށެވެ.

އޭޝިއާގެ ގައުމުތަކުގެ ޗެމްޕިއަން ކްލަބްތަކުގެ މެދުގައި ކުޅެވޭ މި މުބާރާތުގައި މިއީ ރާއްޖޭގެ ކްލަބެއް ވާދަކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން ދިވެހި ސިފައިންގެ ކްލަބް ވަނީ މި މުބާރާތުގައި ވާދަކޮށްފައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕަށް ނެޓްބޯޅަ ޓީމް އެކުލަވާލައިފި

05 އެޕްރީލު 2017
ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕަށް ނެޓްބޯޅަ ޓީމް އެކުލަވާލައިފި
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
04 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު