Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ދައުވާތައް ބާތިލް ކުރުން

އަދީބުގެ ދައުވާތައް ބާތިލް ކަމަށް ނިންމި ގާޒީގެ މައްސަލަ މަޖިލީހަށް!

15 ޖުލައި 2020 | ބުދަ 07:42

ޖޭއެސްސީން ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބެލުމަށް މިމައްސަލާގައި ގޮވާލާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 ޖުލައި 2020 | ބުދަ 07:42
އަދީބުގެ މައްސަލަތައް ބާތިލް ކަމަށް ނިންމި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު: ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމަށް ވަނީ ގޮވާލައްވާފައި

އަދީބުގެ މައްސަލަތައް ބާތިލް ކަމަށް ނިންމި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު: ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމަށް ވަނީ ގޮވާލައްވާފައި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ކްރިމިނަލް ކޯޓުގައި އެމައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު، ބޭރުކޮށްލުމާއި ގުޅިގެން، ގާޒީ އިސްމާއީލް ރަޝީދުގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ބެލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މި މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ. ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރެއްވުމަށް ފެންނަ ކަމަށް ފާސްކޮށްފައިވަނީ، 22 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. މައްސަލައަށް ބަހުސް ކުރުމަށް ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.

Advertisement - newsAdvertisement

މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި އެމައްސަލާގައި ހިމެނޭ މަނީ ލޯންޑަރިންގ މައްސަލަތަކުގެ އަމަލަކީ، ދިވެހިރާއްޖޭގައި ހިންގި މިފަދަ އެންމެ ބޮޑު ޖަރީމާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ، ކުށަށް އިއުތިރާފުވެފައިވާ މީހަކު ވެސް އިބްތިދާއީ އަޑުއެހުމެއްގައި އިއުތިރާފުން ރުޖޫއުވެ، ދައުވާއަށް އިންކާރުކޮށްފިނަމަ ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 109 (ށ)ގައިވާ ގޮތުން، ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ދައުލަތަށް އިތުރު ފުރުސަތު ދޭންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ ފުރުސަތަށް އެދުމުގެ ފުރުސަތު ވެސް ގާޒީ އިސްމާއީލް ރަޝީދު ދައުލަތަށް ދީފައިނުވާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ، އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައުވާ 7 ދައުވާ ވެސް ބިނާ ވެގެންވަނީ، ހަމައެކަނި އިއުތިރާފްގެ ބަޔާނުގެ މައްޗަށް ނޫންކަމަށް ވުމާއި، އޭގެއިތުރުން އެދައުވާތައް ބިނާވެފައިވަނީ، ސާބިތު ހިފޭ ހަރުދަނާ ހެކިތަކުގެ މައްޗަށް ކަމަށްވާއިރު، އެ މައްސަލަތައް ގާޒީ އިސްމާއީލް ރަޝީދު ކޯޓުން ބޭރުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގގެ މިވަރުގެ ބޮޑު މައްސަލަތަކެއް ގާނޫނުތަކާއި އިޖުރާއަތުތަކާ ހިލާފަށް ކޯޓުން ބޭރުކޮށްލާފައި ވުމުން، އެގޮތަށް އަމަލު ކުރުމުގައި ނުފޫޒާއި ރިޝްވަތާއި ކޮރަޕްޝަންގެ އަމަލު އެކުލެވޭކަމަށް ތުހުމަތު ކުރެވޭތީ، މިމައްސަލަ ކްރިމިނަލް ކޯޓުން ބޭރުކުރެއްވި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެއްލެވުމަށް އެކޮމިޝަނަށް ހުށަހެޅުމަށާއި އަދި ކްރިމިނަލް ކޯޓުން ބޭރުކޮށްލި އަދީބުގެ މައްސަލަތައް އިސްތިއުނާފް ކުރުމަށް ދައުލަތަށް ގޮވާލައި، މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހަށަހަޅުއްވާ ކަމަށް ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވެއެވެ.

އަދީބުގެ ދައުވާތައް ބާތިލް ކަމަށް ނިންމާ، ދައުވާތައް ބޭރުކޮށްލި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވެސް ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުން ނިންމި ނިންމުން މި ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށްވެސް ޕީޖީ ޝަމީމު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުމާއެކު އަދީބު މިނިވަންވި ނަމަވެސް، އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި، ކޯޓު އަމުރެއްގެ ދަށުން އަދީބަށް ބޭރަށް ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ގާސިމަށް ކޮށްފައިވަނީ ބާތިލް ދައުވާއެއް، ދައުވާ އަނބުރާ ގެންދަންޖެހޭ: ވަކީލުން

12 އެޕްރީލު 2017
ގާސިމަށް ކޮށްފައިވަނީ ބާތިލް ދައުވާއެއް، ދައުވާ އަނބުރާ ގެންދަންޖެހޭ: ވަކީލުން
29 މާރިޗު 2017

ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު

29 މާރިޗު 2017
ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް