Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް ސުލޫކީ ކޮމެޓީ

ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު

ވަކިކޮށްފައިވަނީ ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަކާއިނުލައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 29 މާރިޗު 2017 | ބުދަ 16:21
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މުޙައްމަދު އަމީތު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މުޙައްމަދު އަމީތު

ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރުމަށް ނިންމި ނިންމުން ބާތިލްކުރުމަށް ގާނޫނު ތަން ދިން އެންމެ ދުރަކަށް ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މުޙައްމަދު އަމީތު އަޙުމަދު މަނިކު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އަމީތު ނެރުއްވި ބަޔާނުގައި ވަނީ ޕީޕީއެމްގެ މެމްބަރުކަމުން އޭނާ ވަކިކޮށްފައި ވަނީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކާ ނުލައި ކަމަށެވެ. އަދި އަތީމް ޕާޓީން ވަކިކޮށްފައި ވަނީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަކީ ސަސްޕްންޑްކޮށްފައިވާ ކޮމެޓީއެއްކަމަށް އޭނާގެ ވަކީލު ލަފާދީފައިވާތީ، އެކޮމެޓީއަށް ޙާޟިރުވެ، އެކޮމެޓީ ސަސްޕެންޑްކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނިފައިވަކަން ކަށަވަރުކޮށްދިނުމަށް އެދިފައި ވަނިކޮށް ކަމަށް ބަޔާނުގައި ބުނެފައެވެ.

Advertisement - newsAdvertisement

އެގޮތަށް އެނާ ހުށައެޅީ އެ މައްސަލަ ތަހުގީގުކުރުމުގެ މަރުހަލާގެ ސައްހަކަން ކަށަވަރުކުރުމަށާއި ކޮމެޓީގެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކުރުމަށް އަތީމް ވިދާޅުވެފައެވެ. ނަމަވެސް އެކަން ކަށަވަރުކޮށްދިނުމަކާއިނުލާ ކޮމެޓީ މެދުކަޑާލި ކަމަށާއި އެއަށްފަހު އޭނާ ޕާޓީއިން ވަކިކޮށްފިކަމުގެ ޚަބަރު ލިބުނީ މީޑިއާއިން ކަމަށް އަތީމް ވިދާޅުވިއެވެ.

"މިބަޔާން ނެރުމާއި ހަމައަށްވެސް އަޅުގަނޑާއިމެދު އަމަލުކުރަން ނިންމިގޮތެއް، ނިންމުން ނިންމިފަރާތުން އަޅުގަނޑަކަށް ނާންގަ" އަތީމް ނެރުނު ބަޔާނުގައި ބުނެފައެވެ.

ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރި ކުރުމުއްދަތުގައި އެނާ މަސައްކަތްކޮށްފައިވާނީ، ޕާޓީގެ ނިންމުން ތަކާއި އެއްގޮތަށް ކަމަށް އަތީމް ބުނާ ބުނުން އެނާ ވަނީ ބަޔާނުގައި ތަކުރާރުކޮށްފައެވެ. އަދި އަމިއްލަ ޟަމީރު ގަބޫލުނުކުރާ ކިތައްމެ މައްސަލައަލައަކަށް، ކިތަންމެފަހަރަކު، ޕާޓީގެ ނިންމުމަށްތަބާވުމުގެ ގޮތުން އަމަލުކޮށްފައިވާނެ ކަމަށް ބުނެފައެވެ.

"އަޅުގަނޑު ޕާޓީގެ ވިޕްލައިނަށް ތަބާވެ، ޕާލަމެންޓަރީ ގްރޫޕްގެ ނިންމުމާއި އެއްގޮތަށް ވޯޓްދިން ކިތަންމެ ފަހަރަކު ޕާލަމެންޓްރީ ގްރޫޕްގެ އެހެން މެމްބަރުން ތަފާތު ގޮތަށް ވޯޓްދީވައިވާކަން ރެކޯޑްތަކުން ފެންނަން ހުންނާނެ، ޕާޓީގެ ވިޕްލައިނާ ޚިލާފަށް އެކިމައްސަލަތަކުގައި އެކިމެމްބަރުން ވޯޓިދިނުން ފަހަކަށްއައިސް ވަނީ އާއްމުކަމަށްވެފަ،. ވިޕްލައިނާ ޚިލާފަށް ވޯޓްދޭ ކޮންމެ މެމްބަރަކަށް ކޮންމެފަހަރަކު ފިޔަވަޅެއް ނާޅަ،. އިންސާފަކީ އެކިމީހުނަށް އެކިގޮތަށް ލިބިދޭންޖެހޭ އެއްޗެއްނޫނެވެ. ވިޕްލައިނާއި ޚިލާފަށް އަމަލުކޮށްފައިވާ މެމްބަރުން މިއަދުވެސް ޕާޓީގެ މެމްބަރުންގެ ގޮތުގައި އެބަތި" އަތީމްގެ ބަޔާނުގައި ބުނެފައެވެ.

ޕާޓީގެ މެމްބަރު ކަމުން ވަކިކުރި މައިގަނޑު މައްސަލައެއްކަމަށް ބުނެފައިވަނީ ޕާލިމަންޓަރީ ގްރޫޕްގެ ވިޕްލައިނާއި ޚިލާފަށް ވޯޓްދިނުމާއި، ޕާޓީގެ ވިސްނުމާއި ފިކުރާއި ދެކޮޅަށް އަތީމް ވާހަކަދެއްކުން ކަމަށް އެނާ ވިދާޅުވިއެވެ.

އަތީމް ވިދާޅުވީ ޕާޓީގެ ވިސްނުމާއި ފިކުރު އުފަންވެގެން އަންނަނީ ޕާޓީގެ އާއްމު މެމްބަރުންނާއި ހަމައިން ކަމަށާއި މިފިކުރު ބަރުތީލަކޮށް ތަރުތީބުކުރަނީ ޕާޓިގެ ކޮންގްރެސްއިން ކަމަށެވެ. ޕާޓީގެ ވިސްނުން ތަމްޞީލްކޮށްދޭ އެންމެމަތީ ރަމްޒަކީ ޕާޓީގެ އެންމެމަތީ މަސްއޫލިއްޔަތު ޙަވާލުކުރުމަށް ޕާޓީގެ ކޮންގްރެސްއިން އިންތިޚާބްކޮށްފައިވާ ފަރާތް ކަމަށް އެނާ ވިދާޅުވެފައެވެ.

"ޕާޓީގެ ވިޕްލައިނާ ޚިލާފަށް އަޅުގަނޑު ވޯޓްލީކޮންމެފަހަރަކުވެސް ޕާޓިގެ ވިސްނުންކަމަށް ބެލީ، ޕާޓީގެ އިންތިޚާބީ އެންމެ އިސްމަގާމް އަދާކުރާ ފަރާތުން ކުރިއަށް ނެރުނު ވިސްނުމަށް، މިގޮތަށް އަމަލުކުރަންޖެހުނު ސަބަބަކީ ފަހަކަށް އައިސް ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުން އުފެދި އެކި ދިމާލުން އެކިވިސްނުމަށް އަމަލުކުރުމަށް ބާރުއަޅަން ފެށި، ޕާޓީގެ އަސާސީ ގަވާއިދުން މަގުކޮށާލަދީފައިވާ ރާސްތާއިން ކުރިއަށްދިއުމުގެ ބޭނުމުގައި" ބަޔާނުގައި ބުނެފައެވެ.

އަތީމް ވިދާޅުވީ ޕާލަމެންޓްރީގްރޫޕްގެ ވިޕްލައިން އަންނަނީ އެނާކޮށްފައިވާ ގާނޫނި ހުވައިގެ ފަހަތަށް ކަމަށައި އަދި ގައުމީ މަސްލަހަތާއި ދިވެހިރައްޔިތުންގެ މަސްލަހަތާއި ޕާޓީގެ މަސްހަތުގެ ފަހަތަށް ކަމަށެވެ. އެ ތަރުތީބަށް އަމަލުކުރަން މަޖުބޫރުވީ ޕާލަމެންޓްރީގްރޫޕްގެ ނިންމުންތަށް ނިންމުމުގައި ފަހަކަށްއައިސް އަމަލުކުރަމުން ދިޔަ ގޮތުގެ ސަބަބުން ކަމަށާއި ޕާލަމެންޓަރީގްރޫޕްގެ ނިންމުންތަށް ބައްޓަންވެގެން އަންނަންވާނީ ޕާޓީގެ ވިސްނުމާއި ފިކުރާއި އެއްގޮތަކަށް ކަމަށް އަތީމް ވިދާޅުވިއެވެ. ޕާޓީގެ ލީޑަރޝިޕާއި ކައުންސިލާއި އެހެނިހެން ގުނަވަންތަކުގެ ބުއްދިކުރުމާއިއެކުގައި މިނޫންގޮތަކަށް ނިންމޭ ނިންމުންތަކާއިމެދު ސުވާލު އުފެއްދުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެނާ ވިދާޅުވެފައެވެ.

ގައުމުގެ ކަންކަންގޮސްފައިވާ ހިސާބާއި، ރައްޔިތުންގެ މަޖިލީހުގެ އެތެރެއާއިބޭރުން ކަންހިގާގޮތާއިމެދު އެތައްބަޔަކު ސުވާލުއުފައްދާ ކަމަށާއި މިފަދަޙާލަތެއްގައި ގައުމުގެ ކަންކަމާއިމެދު ބުއްދިކުރުމަކީ ރައްޔިތުންގެމަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުންނާއި ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް ކުރަންލާޒިމްކަމެއްކަމުގައި ދެކޭ ކަމަށް އަތީމްގެ ބަޔާނުގައި ވިދާޅުވަފައެވެ.

"އަހަންޖެހޭ އަޑަކީ އެމެއަޑެއްނޫން، ގައުމުގައިތިބި ހަރުމީހުނާއި، ސިޔާސީމީހުނާއި، އެކިފިކުރުމުގެ މީހުންގެ އަޑުވެސް އަހަންޖެހޭ، ރައްޔިތުންގެ ތެރެއިން އަޅުގަނޑުމެން އަމަލުކުރާގޮތާއި ވޯޓްދޭގޮތާއިމެދު ސުވާލުއުފައްދާމީހުންގެ އަޑުވެސް އަހަންޖެހޭ، މިފަދަ އެންމެހައި އަޑުތައް އެހުމަށްފަހު ހެޔޮނުބައި ވަކިކުރުންވެފައިވަނީ އަމިއްލަ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް، މަގުދެއްކުމުގެ މަސްއޫލިއްޔަތާއި ވާޖިބް ކޮޑުގައި އެޅިފައިވާ ފަރާތްތަކުން ހެޔޮނުބައި ވަކިވާން ބޭނުންވޭތޯ ސުވާލު އުފެދޭތީ." އަތީމް ވިދާޅުވިއެވެ.

އަތީމް ވިދާޅުވީ އެނާ އަބަދުވެސް އިސްކުރަނީ ގައުމު ކަމަށާއި އަ މޮޓޯއަކީ "ފުރަތަމަ ގައުމު"ކަމަށެވެ. އެއީ ޕާޓީއާއި ޕާޓީގެ އާއްމު މެމްބަރުންގެ މޮޓޯއަކީވެސް މިއީކަމަށްވާތީކަމަށް އެނާ ވިދާޅުވެފައެވެ.

މީގެ އިތުރުން ޕާޓީއިން އޭނާ ވަކިކުރުމަށް ނިންމި ނިންމުން ބާތިލްކުރުމަށް، ގަނޫނޫތަންދިން އެންމެދުރަކަށް އަޅުގަނޑު ހިގާނެ ކަމަށް ވެސް އަތީމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު