Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމްގެ ޝަރީއަތް

ގާސިމަށް ކޮށްފައިވަނީ ބާތިލް ދައުވާއެއް، ދައުވާ އަނބުރާ ގެންދަންޖެހޭ: ވަކީލުން

ކްރިމިނަލް ކޯޓުގެ އަމުރާއެކު ތަރުތީބުވެގެން އައި ހުރިހާ ކަމެއް ބާތިލްވާނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2017 | ބުދަ 19:20
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މެންބަރުން

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މެންބަރުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމަށް ނެރުނު އަމުރު ގާނޫނާ ޚިލާފް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާތީ، އެ އަމުރާއެކު ތަރުތީބުވެގެން އައި ހުރިހާ ކަމެއް ބާތިލްވާނެ ކަމަށް ގާސިމް ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ހައިކޯޓުން ބުދަ ދުވަހު ވަނީ ގާސިމް ދޫކޮށްލާފަ އެވެ.

އެކަމާ ގުޅޭގޮތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާ ކުރައްވަމުން ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު މުހައްމަދު ވަނީ، ބާތިލުކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލުކަމެއް ކަމަށް ހައިކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.

އެކަން ފާހަގަކުރައްވާ އިބްރާހިމް ވަހީދު ވިދާޅުވީ ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރާއެކު ތަރުތީބުވެގެން އައި ކަންތައްތަކަށް ބަލާއިރު، ބަންދުގައި ބަހައްޓައިގެން ގާސިމްގެ މައްޗަށް ތަހުގީގު ހިންގުނު ކަމަށާއި އަދި އެ ތަހުގީގުގެ މައްޗަށް ބިނާކޮށް ދައުވާ ކުރަން ފޮނުވި ކަމަށެވެ.

"އެހެންވީމަ ތަރުތީބުވެގެން ދިޔަ ކަންތައްތަކުގެ މައްޗަށް ތަރުތީބު ވެގެން ދިޔަ ހުރިހާ ކަމަކީ ބާތިލް ކަމެއް ކަމުގައި ކަނޑައެޅީފައިވީ ހިނދު އެ ތަރުތީބުގެ މައްޗަށް ކުރެވިފައިވާ ތަހުގީގެއްގެ މައްޗަށް ކުރެވިފައިވާ ދައުވާއެއްގެ މައްޗަށް ބިނާކޮށްގެން އަސްލު އެއްވެސް ދައުވާއެއް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ނުފެންނާތީވެ، ޕީޖީގެ ސަމާލުކަމަށް މިކަން ގެންނަން ބޭނުންވޭ،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރާއެކު، ތަރުތީބުވެގެން އައި ހުރިހާ ކަމަކީ ބާތިލްކަމެއްގެ ގޮތުގައި ހައިކޯޓުގެ އަމުރުން ކަނޑައެޅިފައިވާ ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ވިދާޅުވީ ގާސިމްގެ މައްޗަށް ކުރެވިފައިވާ ދައުވާއާމެދު ޕްރޮސެކިއުޓާ ޖެނެރަލް ވިސްނާވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިންސާފުގެ ކަނޑި އައިސް ޖެހޭ ވަގުތު އިންސާފު ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ބުރާސްފަތި ދުވަހު ބާއްވާ ގާސިމް ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ގާސިމް ބަންދުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުން ވެސް ވަނީ "ވާނުވާ" ޖަހައި ގާސިމް ބަންދުކޮށްފާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު