Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން މިނިވަން ކުރަން ކުއްލި މައްސަލަ

އަދީބު މިނިވަންވުމާއި ގުޅިގެން، ރައީސް ޔާމީން މިނިވަން ކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

15 ޖުލައި 2020 | ބުދަ 07:36

ޝަރީފް ވިދާޅުވީ އަދީބުގެ ވާހަކަތަކުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިންކަމަށް ހާމަވާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 ޖުލައި 2020 | ބުދަ 07:36
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް: ރައީސް ޔާމީން ވަގުތުން މިނިވަން ކުރަން މަޖިލީހަށް ކުއްލި މައްސަލައެއް ވަނީ ހުށަހަޅުއްވާފައި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް: ރައީސް ޔާމީން ވަގުތުން މިނިވަން ކުރަން މަޖިލީހަށް ކުއްލި މައްސަލައެއް ވަނީ ހުށަހަޅުއްވާފައި

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އުފުލު 7 ދައުވާ ބާތިލްކޮށް، އަދީބު މިނިވަންވެފައިވާތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވީ، ޕީޕީއެމް-ޕީއެމްސީ ކޯލިޝަންގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ. ހުށަހެޅުއްވި މި ކުއްލި މައްސަލަ މަޖިލީގައި ބަހުސް ކުރުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެހުމުން ރައީސް ޔާމީން ވަގުތުން މިނިވަން ކުރަން ހުށަހެޅިފައިވާ އެ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ، 20 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވާފައިވަނީ 7 މެމްބަރުންނެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ ވަގުތުން މިނިވަން ކުރުމަށް އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން އަދީބަށް ބިރުދައްކުމާއި، މަޖުބޫރު ކުރުވައިގެން، އެއްބަސްވުމެއް ހަދައި، ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދީފައިވާ ކަމަށް ކްރިމިނަލް ކޯޓުގައި އަދީބު ދައްކަވާފައިވާ ވާހަކަތަކުން ހާމަވާ ކަމަށެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ، 5 އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ނުފޫޒު ފޯރުވައިގެން، ހެކި އުފައްދައިގެން ބާތިލް ހުކުމެއްކަމަށް ނުހަނު ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އޮތުމާއި، ރައީސް ޔާމީނަށް ހުކުމް ކުރުމުގައި އަދީބުގެ ބަޔާންތަކަށް ރިޔާއަތްކޮށްފައިވާތީވެ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ޕީޖީގެ އޮފީހުން ގާނޫނާ ހިލާފު ހެކިތަކެއްގެ މައްޗަށް ބިނާކޮށް، ޕީޖީގެ އޮފީހުންކޮށްފައިވާ ދައުވާއެއް ކަމަށެވެ.

އެހެންކަމުން، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ރައީސް ޔާމީން ޖަލުގައި ބަހައްޓާނެ އެއްވެސް ގާނޫނީ ހަމައެއް ނެތުމުން ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލައި މަޖިލީހުގެ ގަވާއިދުގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅުއްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ މިވާހަކަތަކާއެކު، ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވިއިރު، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން އިކުއިޒިޝަން ފީގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ނުވަތަ ދައުލަތަށް ލިބެންޖެހޭ 1،000،000 މިލިއަން ޑޮލަރު ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއަކީ ދައުލަތުގެ ފައިސާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުންގެ ތަހުގީގަށް ތުހުމަތު ކުރެވޭތީ، އެފައިސާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމުމަށް އެދުމުން ވެސް އެފައިސާގެ ބަދަލުގައި، އެހެން ގޮތަކުން 1،000،000 މިލިއަން ޑޮލަރު ހޯއްދަވައި، އެސްކްރޯ އެކައުންޓަށް ޖަމާކޮށް، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ދައުލަތުގެ 1،000،000 ޑޮލަރުގެ އަސްލު އޮޅުވާލުމާއި، ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އެފައިސާ ބަހައްޓައިގެން 36 ދުވަސް ވަންދެއް އެފައިސާ ބޭނުންކޮށްގެން ފައިދާ ހޯއްދަވާފައިވާތީ، މަނީ ލޯންޑަރިންގ ކުށުގެ ދައުވާ އެކެވެ.

ކްރިމިނަލް ކޯޓުން އަދީބުގެ ދައުވާތައް ބާތިލް ކުރިނަމަވެސް، މިހަފްތާގައި އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމު ވަނީ ވިދާޅުވެފައެވެ.

ޕީޖީ ޝަމީމު ވަނީ، ކްރިމިނަލް ކޯޓުން އަދީބުގެ ދައުވާތައް ބާތިލް ކަމަށް ނިންމި ނިންމުން، އެއްގޮތަކަށް ވެސް ގަބޫލު ނުކުރެވޭ ކަމަށާއި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ އެ ނިންމުމަކީ، ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ. އެހެންކަމުން، ހައިކޯޓަށް އެ މައްސަލަ އިސްތިއުފާނު ކުރައްވާނެ ކަމަށް ވިދާޅުވިއިރު، ގާޒީގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށްވޗވެސް ޝަމީމު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ކަމަށް ނިންމުމާއެކު އޭނާ ވަނީ މިނިވަން ވެފައެވެ. ނަމަވެސް އަދީބު ރާއްޖެއިން ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް ވަނީ އަންގާރަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް