Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ޕާސްޕޯޓް ހިފެހެއްޓުން

އަދީބުގެ ޕާސްޕޯޓް ހިފަހައްޓައިފި

14 ޖުލައި 2020 | އަންގާރަ 17:28

އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ބާތިލްކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް | 14 ޖުލައި 2020 | އަންގާރަ 17:28
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

ކްރިމިނަލް ކޯޓުން މިނިވަން ކަމުގައި ކަނޑައެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުންކުރި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލް ކުރުމުން އަންގާރަ ދުވަހު އޭނާ ވަނީ މިނިވަންވެފައެވެ.

Advertisement - newsAdvertisement

އެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރި މައިގަނޑު ސަބަބަކީ، ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުން ހަދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ. އިއުތިރާފުގެ އެއްބަސްވުމާ ނުލާވެސް، ދައުވާ ސާބިތުވާ މިންވަރަށް ހެކި ހުށައަޅާފައިވާނެ ކަމަށް ދައުލަތުގެ ވަކީލާ ކްރިމިނަލް ކޯޓުގައި ވިދާޅުވިއެވެ.

އަދީބު ފުރުން މަނާކޮށް، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިވަޑައިގަންނަވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވަނީ އަންގާރަ ދުވަހު ހަވީރު ބޭއްވި ޕްރެސްކޮންފަރެންސް ގައި ވިދާޅުވެފައެވެ. އޭނާ ފުރުން މަނާކުރަން އެދުނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމުމުންނެވެ. އަންގާރަ ދުވަހުގެރޭ ކްރިމިނަލް ކޯޓުން ވަނީ އަދީބު ރާއްޖެއިން ފުރުން މަނާކޮށް އަމުރެއް ނެރެފައެވެ.

އަންގާރަ ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވަނީ، މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ ނިންމެވުމާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި މައްސަލަ ސާބިތު ކުރި ސަބަބެއް އަދި ހަވާލާދިން ގާނޫނުގެ މާއްދާއެއް ހުކުމުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. ދައުވާތައް ބާތިލް ކުރި ސަބަބުތަކުގެ ތެރޭގައި އަދީބާއެކު ދައުލަތުން ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ސައްހަކަން ހިމެނެއެވެ. އެގޮތުން، އެއީ އަދީބު ލައްވާ މަޖުބޫރުން ސޮއިކުރުވި އެއްބަސްވުމެއް ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. އަދި ގާޒީ މިހެން ނިންމެވީ އަދީބު އެހެން ވިދާޅުވެގެން ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ގާޒީ އިސްމާއިލް ރަޝީދު މި މައްސަލައިގައި އަމަލު ކުރެއްވި ރަނގަޅަށްތޯ ނުވަތަ ނޫންތޯ ނިންމަވާނީ ޖޭއެސްސީން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް، ހުކުމަކާއި ގުޅިގެން މައްސަލައެއް ހިމެނޭ ކަމަށް ގަބޫލުކުރެވޭނަމަ، ވަކި ގާޒީއަކަށް ބެލުމެއް ނެތި އެ މައްސަލަތައް ހުށައަޅުއްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ގާޒީ އިސްމާއިލް ރަޝީދު ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ، 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިހާތަނަށް ގާޒީ އިސްމާއިލް ރަޝީދާ ގުޅޭ އެއްވެސް މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 މެއި 2017

ފާރިޝްގެ ޕާސްޕޯޓް ހިފެހެއްޓުން އެމްޑީޕީން ކުށްވެރިކޮށްފި

15 މެއި 2017
ފާރިޝްގެ ޕާސްޕޯޓް ހިފެހެއްޓުން އެމްޑީޕީން ކުށްވެރިކޮށްފި
14 މެއި 2017

ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މުއްދަތު ހަމަވެފައިވާ އަމުރެއްގެ ދަށުން!

14 މެއި 2017
ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މުއްދަތު ހަމަވެފައިވާ އަމުރެއްގެ ދަށުން!
14 މެއި 2017

ފާރިސް މައުމޫނުގެ ޕާސްޕޯޓް ހިފަހައްޓައިފި

14 މެއި 2017
ފާރިސް މައުމޫނުގެ ޕާސްޕޯޓް ހިފަހައްޓައިފި
24 އެޕްރީލު 2017

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
19 އެޕްރީލު 2017

ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓްގެ ޕާސްޕޯޓް ކެންސަލްކޮށް، ހޯދުމަށް އިންޓަޕޯލްގައި އެދިއްޖެ

19 އެޕްރީލު 2017
ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓްގެ ޕާސްޕޯޓް ކެންސަލްކޮށް، ހޯދުމަށް އިންޓަޕޯލްގައި އެދިއްޖެ
26 މާރިޗު 2017

ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ

26 މާރިޗު 2017
ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
28 ޖެނުއަރީ 2017

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ
26 ޖެނުއަރީ 2017

އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

26 ޖެނުއަރީ 2017
އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް