Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ބަޔާން

ފާރިޝްގެ ޕާސްޕޯޓް ހިފެހެއްޓުން އެމްޑީޕީން ކުށްވެރިކޮށްފި

އެމްޑީޕީން ބުނީ މިހާރުން މިހާރަށް ފާރިސް މައުމޫނަށް ފުރާވަޑައިގެންނެވޭނެ ގޮތް ހަމަޖެއްސުމަށް ދައުލަތުގެ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 މެއި 2017 | ހޯމަ 23:11
ފާރިސް މައުމޫން: ޕާސްޕޯޓް ވަނީ ހިފަހައްޓާފައި

ފާރިސް މައުމޫން: ޕާސްޕޯޓް ވަނީ ހިފަހައްޓާފައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމުގެ ދަރިކަލުން ފާރިސް މައުމޫންގެ ޕާސްޕޯޓު ހިފެހެއްޓި ހިފެހެއްޓުން އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ. އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިހާރުން މިހާރަށް ފާރިސް މައުމޫނަށް ފުރާވަޑައިގެންނެވޭނެ ގޮތް ހަމަޖެއްސުމަށް ދައުލަތުގެ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިޔާގެ ބެންގަލޫރުގައި ބޭސްފަރުވާ ހޯއްދަވަމުންގެންދަވާ ޢާއިލީގޮތުން ގާތް ބޭފުޅަކަށް ޒިޔާރަތްކުރެއްވުމަށް އާދީއްތަ ދުވަހު ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން ފާރިސް މައުމޫންގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިފަހައްޓާފައިވާކަމަށް އެންގިނަމަވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެމަނިކުފާނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަންގާފައިނުވާކަން ފާހަގަ ކުރާ ކަމަށެވެ. އަދި މީގެ ކުރިން ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވީނަމަވެސް އަމުރުގެ މުއްދަތު މިހާރު ފަހަނަޅައި ދިއުމަށްފަހު އަލުން ޕާސްޕޯޓު ހިފެއްޓިކަމުގެ އެއްވެސް މައުލޫމާތެއް ދީފައިނުވާކަން ފާހަފަ ކުރާ ކަމަށާއި އެފަދަ ކަމެއް ކުރުމުގެ އެއްވެސް ސަބަބެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހާމަކޮށްފައިނުވާކަންވެސް ފާހަގަ ކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން ފާރިސް މައުމޫންގެ ޕާސްޕޯޓު ހިފަހައްޓައި އާއިލާގެ ބޭފުޅަކަށް ޒިޔާރަތްކުރުމަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި މިއީ އެއްވެސް ހަމައެއް ނެތް ގޮތުގައި ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކަށް ދުއްތުރާ ކުރުމުގެ ތެރެއިން ކުރެވޭ ރަހުމް ކުޑަ ކަމެއްކަމަށްވެސް އެމްޑީޕީގެ ނޫސް ބަޔާނުގައި ވެއެވެ. "ސިޔާސީގޮތުން ސަރުކާރު ބަލިކަށިވެ އެއްވެސް ފަރާތަކާ ވާދަކުރުމުގެ ހިއްވަރު ނެތުމުން މި ސަރުކާރުގެ ކޮންމެ ޢަމަލަކީ މިހާރު ޚުދުމުހުތާރު ވެރިކަމެއް ދަމަހައްޓަން ކުރާ ކަމެކެވެ. ކޯޓުތައް ބޭނުންކޮށްގެން ޤާނޫނު އަސާސީއަށް ބަދަލު ގެނައުމާއި، ސިޔާސީ ލީޑަރުން ޖަލަށް ލުމާއި، އަސާސީ ޙައްޤުތަކުން މަހުރޫމް ކުރުވުމާއި، ސިޔާސީ ޕާޓީތަކުގެ ބާރު ކަނޑުވާލުމާއި، މަޖިލިހާއި މުވައްސަސާތައް ހިސާރުކުރުމަކީ ދިވެހިން ބަލައިގަންނަ ކަންކަމެއް ނޫންކަން 6 މެއި ގައި ބޭއްވުނު އިންތިޚާބުންވެސް ހާމަވެއެވެ. މިކަންކަން އިސްލާހް ކުރަން ދިވެހިން މިއަދު މި ވަނީ ކެތްމަދުވެފައެވެ" އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. ސިޔާސީ ފަރާތްތަކަށް ފުރައްސާރަ ކުރުން ހުއްޓާލުމަށް ގޮވާލައި ފާރިސް މައުމޫނަށް އެމަނިކުފާނުގެ ޢާއިލީ ބޭފުޅުންނަށް ޒިޔާރަތްކުރެއްވުމަށް ހުރަސް ނޭޅުއްވުމަށާއި ފަރުދީ މިނިވަންކަން ހިފެހެއްޓޭފަދަ ނިންމުމެއް ނުވަތަ އަމުރެއް ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ނެރޭއިރު، ތުހުމަތު ކުރެވޭ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު އެ ފަރާތަކަށް ލިބިންޖެހޭނެ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
28 ޖެނުއަރީ 2017

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު