Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުރުން މަނާކުރުން

ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މުއްދަތު ހަމަވެފައިވާ އަމުރެއްގެ ދަށުން!

ފާރިސްގެ ޕާސްޕޯޓް ހިފަަހެއްޓީ އާދިއްތަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 14 މެއި 2017 | އާދީއްތަ 12:05
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން

ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނު ކަމަށާއި ނަމަވެސް، އެ އަމުރުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އާއިލީ ގޮތުން ވަރަށް ގާތް މެންބަރަކު އިންޑިއާގެ ބެންގަލޫރުގައި ބޭސްފަރުވާ ކުރަމުން ގެންދަވާތީވެ، އޭނާގެ އަރިހަށް ޒިޔާރަތް ކުރުމަށްޓަކައި އާދިއްތަ ދުވަހު ބެނގަލޫރަށް ވަޑައިގަތުމަށް އެއާޕޯޓުގައި ޗެކިން ކުރުމަށް ފަހު އިމިގްރޭޝަން ގެ މަރުހަލާ ނިންމުމަށް ވަޑައިގަތުމުން ނުފުރޭނެ ކަމަށް އެންގި ކަމަށެވެ.

Advertisement - newsAdvertisement

ފާރިސް ވިދާޅުވީ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، ކްރިމިނަލް ކޯޓުގެ އަމުރެއް އިމިގްރޭޝަނަށް ފޮނުވާފައި އޮތުމުން ފުރުން މަނާކޮށްފައިވާ ކަމަށް އިމިގްރޭޝަނުގެ އޮފިޝަލުން ވިދާޅުވި ކަމަށާއި އަދި އެއަށް ފަހު ޕާސްޕޯރޓް ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފާރިސް ވިދާޅުވީ މިއަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުގެ ފަހުން އެކި ފަހަރުމަތިން ފުލުހުންގެ އިދާރާއަށް އެކި ތުހުމަތު ތަކުގައި އޭނާ ހާޒިރު ކޮށްފައިވާ ކަމަށާއި އަދި ކްރިމިނަލް ކޯޓުގެ އަމުރެއް މާޗު މަހު ލިބުނު ކަމަށެވެ.އެ އަމުރު ގައި ވާ ގޮތުން 29 މާރިޗު 2017 އިން 28 އެޕްރިލް 2017 އަށް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާ ކަމަށާއި އަދި މިކަހަލަ އަމުރެއް ވާނަމަ އެކަން އަންގާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ފާރިސްގެ ބަޔާނުގައިވެ އެވެ.

ފާރިސް ވިދާޅުވީ އެ އަމުރުގެ މުއްދަތު ހަމަވި ފަހުން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާ ކަން އަންގައި، ދައުލަތުގެ އެއްވެސް އިދާރާ އަކުން އެއްވެސް އެންގުމެއް އަންގާފައި ނުވާ ކަމަށެވެ.

ފާރިސް ވަނީ އޭނާގެ އެއްވެސް މައްސަލައެއް ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި މިހާރު ކުރިޔަށް ގެންދާ ނަމަ، އެމައްސަލައެއް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް ފިޔަވަޅެއް އަޅާނަމަ އެ ފިޔަވަޅެއްވެސް ވީހާވެސް އަވަހަކަށް އަޅައި، އެމައްސަލަތައް އަވަހަށް ކުރިއަށް ގެންގޮސްދިނުމަށް ގޮވާލައްވަވާ ފަ އެވެ.

ފާރިސްއަށް ފުރުން މަނާކޮށް އިތުރު އަމުރެއް ނެރެފައިވޭތޯ ސާފުކުރުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ. ފުލުހުންނާއި އިމިގްރޭޝަނުގެ ބަހެއް ވެސް މިކަމުގައި ނުލިބުނެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު