Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހީމް މުހައްމަދު ސޯލިޙް

މިހާރު އެދަނީ މަރުފަލި ޖަހަމުން، ދެން ބޮނޑި ބޯނީ: އިބޫ

10 އެޕްރީލު 2017 | ހޯމަ 21:29

ޤަވާއިދަށް ގެނައި ބަދަލު ޤާނޫނުއަސާސީއާ ޚިލާފް

| 10 އެޕްރީލު 2017 | ހޯމަ 21:29
އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް އަބްދުﷲ ޔާމީނަކީ ޤާނޫންގައި އޮންނަ ގޮތަށް ކަންކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށާއި މިހާރު އެދަނީ މަރުފަލި ޖަހަމުން ކަމަށާއި ދެން ބޯނީ ބޮނޑިކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ހޯމަ ދުވަހުގެ ރޭ ގެނެސްދިން "60 މިނިޓްގައި" ގައި އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިން އޮތީ ސަރުކާރުގެ 64 މެންބަރުންގެ ބިޔަ އަޣްލަބިއްޔަތެއް ކަމަށާއި މިހާރު އެމެޖޯރިޓީ ތުނިވެގެން ގޮސް، ކިރިޔާ މެޖޯރިޓީ ހިފެހެއްޓޭ ވަރުގައި ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ކޯލިޝަނަށް ތާއިދުކުރާ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުވުމަކީ އިބޫ ވިދާޅުވި ގޮތުގައި ރައީސް ޔާމީނުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގަ އާއި ރައްޔިތުންގެ މަޖިލީހުގައި ވެއްޓެމުން ދިއުން ކަމަށް އިބޫ ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ޒަޢާމަތުގެ ފަހަތުގައި އޮންނަ ޕާލަމެންޓްރީ ގުރޫޕަކުންވިއަސް އަދި ވަޒީރުންގެ މަޖިލީހުން ކަމަށްވިއަސް ދާނީ އެއޮންނަ އުސޫލާ ޚިލާފަށް. އެއީ ރައްޔިތުންނަށް އޮޅިފައިވާ ކަމެއް ނޫން. މިހާރު އެދަނީ މަރުފަލި ޖަހަމުން ދެން ބޯނީ ބޮނޑި އެނގޭތޯ." އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހަކީ ޤާނޫން އަސާސީއާ ޚިލާފް އިސްލާހެއް ކަމަށާއި އެހެން ނަމަވެސް އެޤަވާއިދާ އެއްގޮތަށް 42 މެންބަރުންގެ ސޮޔާއެކުވެސް މަޖިލީހުގެ ރައީސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެމަސައްކަތުގައި ނިކުންނެވީ ފަހަތަށް ޖެހޭ ގޮތަށް ނޫންކަމަށް ވެސް އިބޫ ވިދާޅުވިއެވެ

"ޤަވާއިދަށް އެވަނީ އިސްލާހު ގެނެސްފައި. އަޅުގަނޑުމެންނަކީ އަބަދުވެސް އޮންނަ ޤާނޫންތަކާ އެއްގޮތައް ޢަމަލް ކުރާ ބައެއް. މަޖިލީހުގައި ނިންމާ ކަންކަން ހިފައިގެން ކޯޓަށް ދެވޭނެ ކަމެއް ނޭނގޭ. އެކަމަކު މީގެ ކުރިން އެބަހުރި ސުޕްރީމް ކޯޓުން އަމިއްލައަށް ނަންގަވައިގެން އެފަދަ ނިންމުންތައް ބަދަލުކޮށްފައި. ދެން އެބޭފުޅުން ކުރައްވާނެ ކަމެއް ނުކުރައްވާނެ ކަމެއް ނޭނގޭ. އެކަމަކު އަޅުގަނޑުމެން މިމަސައްކަތައް ނިކުތީ ހުއްޓާލާކަށް ނޫން. ދެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނީ 42 މެންބަރުންގެ ސޮއިއާއެކު." އިބޫ ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން ކުރަމުން ގެންދާ މަސައްކަތުން، މަޖިލީހުގެ މެޖޯރިޓީ ހޯދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް