Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ހަރަކާތްތައް

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

ސަރުކާރުގެ ކެނޑިޑޭޓުންނަށް ތާޢިދެއް ނެތް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 3 މާރިޗު 2017 | ހުކުރު 04:26
މާލެ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޝަމާޢު ޝަރީފް

މާލެ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޝަމާޢު ޝަރީފް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ކަމަކީ, ގުޅިފައިވާ އިދިކޮޅު އިއްތިޙާދަށް ކެމްޕެއިން ކޮށްދެއްވުންކަމަށް މާލެ ސިޓީ ކައުންސިލަރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޝަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ މާފަންނަށް ނިސްބަތްވާ ސަޕޯޓަރުން އިންތިޒާމް ކޮށްގެން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ވެސް ކުރައްވާ ޝަމާޢު ވިދާޅުވީ، ރައީސް ޔާމީން އެގޮތަށް ކަން ކުރައްވަމުން ގެންދަވާ ނަމަ، ކުރިއަށް ހުރި އިންތިޚާބުތައް އެމްޔޫއޯއަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ކަމަކީ ގުޅިފައިވާ އިދިކޮޅު އިއްތިޙާދަށް ކެމްޕެއިން ކޮށްދިނުންކަމަށް ޝަމާޢު ވިދާޅުވިއެވެ.

Advertisement - newsAdvertisement

"ރައީސް ޔާމީން އެ ކުރައްވާ ކަމަކީ އަޅުގަނޑުމެންނަށް ކެމްޕެއިން ކޮށްދެއްވަނީ. ސިފައިންނާއި ފުލުހުން ނެރެގެން އެމްޑީޕީގެ ހަރުގެއަށް އަރައިގަތްތައް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. މިގޮތަށް ކަންތައް ކުރީމާ ކުރިޔަށް އޮތް އިންތިޚާބުތައް ކާމިޔާބުވިކަން ތާރީޚުން އަޅުގަނޑުމެންނަށް ފެންނާނެ. އެނގިވަޑައިގަންނަވާނެ ދުންފިނީ ހަރުގެއަށް އަރައިގަތީމާ ޖެހިގެން އައި އިންތިޚާބު ވެސް ހަމަ ބޮޑުތަނުން ކާމިޔާބު ލިބުނު. އެމްޑީޕީ އަކީ މިގޮތަށް ބިރުދައްކައިގެން، ފަހަތަށް ޖައްސައިގެން، މިގޮތަށް ފިއްތައިގެން ފަހަތަށް ޖެއްސޭނެ، ބިރުދައްކައިގެން ހުއްޓުވޭނެ ޕާޓިއެއް ނޫން. އެމްޑީޕީ އަކީ އުފެއްދުންތެރި ޕާޓީއެއް. އެ ހާލަތަކުން އަރައިގަތުމަށްޓަކާ ކޮންމެސް ގޮތެއް ހޯދާނަން" ޝަމާޢު ވިދާޅުވިއެވެ.

ޝަމާޢު ވިދާޅުވީ، ކިތަންމެ އަވަހަށް އިންތިޚާބެއް ބޭއްވި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ނުކުމެ ވޯޓު ފޮށިތައް ފުރާލައި، ބޮޑުތަނުން ރައީސް ޔާމީން ބަލިކޮށްލާނެ ކަމަށެވެ. އެގޮތަށް ކަން ވާން ދިމާވީ، ސަރުކާރުގައި ތިބި ފަރާތްތަކަކީ، ލާމަރުކަޒީ ނިޒާމާއި އެންމެ ކުރީއްސުރެ ދެކޮޅު ބޭފުޅުންކަމަށް ވުމުންކަން ފާހަގަ ކުރައްވާ ޝަމާޢު ވިދާޅުވީ، މުޅި ލާމަރުކަޒީ ނިޒާމު ފުނޑާލާ، ނިކަމެތިކޮށްލާ، މަގުމަތިކޮށްލީވެސް މިއަދުގެ ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުން ކަމަށެވެ.

"ޤާނޫނު އަސާސީ އިސްލާޙު ކުރަމުން އައި ދުވަސްވަރަށް ބަލާލާ އިރުގައި ލާމަރުކަޒީ ނިޒާމެއްގެ ވާހަކަ ދެއްކީ އެމްޑީޕީ. މި ވާހަކަ ދެއްކީމާ އެންމެ ގަދަޔަށް އަޑަށް ބާރުލާފައި ދެކޮޅު ހެދި އެއް ބޭފުޅަކު މިއަދު ވެރިކަމުގައި ހުންނެވީތީ އަޅުގަނޑުމެންނަށް އެ މަންޒަރު މި ފެންނަނީ. މާލޭ ސިޓީ ކައުންސިލަށް ދެ ދަޢުރަށްވެސް ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބު ކުރީ އެމްޑީޕީގެ ކައުންސިލަރުން. ނަތީޖާއަށްވީ، ރައީސް ޔާމީންގެ ވެރިކަމެއް ފެށުނު ހިސާބުން، މާލޭ ސިޓީ ކައުންސިލަށްވެސް އިންތިހާއަށް ޖެއްސުން ކުރަމުން، އަނިޔާ ދެމުން އައިސްފާ މިއަދު މިއޮތީ ގުދަނެއްގައި މަސައްކަތްކުރަންޖެހޭ ހާލަތަށް ގެނެއްސަ"، ޝަމާޢު ވިދާޅުވިއެވެ.

ކަންމިހެން އޮތުމުން، ލާމަރުކަޒީ ނިޒާމޭ، ލޯކަލް ކައުންސިލް އޭ ކިޔަން، މިއަދު ސަރުކާރުގައި ތިބި ފަރާތްތައް ލަދުގަންނަން ޖެހޭނެ ކަމަށް ޝަމާޢު ވިދާޅުވިއެވެ.

ސިޔާސީ ކެނޑިޑޭޓުންނާއި ރައްޔިތުންނާއި އޮންނަ ގުޅުމާއި، އެފަރާތްތަކަށް އޮންނަ ތާޢީދުގެ މައްޗަށް އަލިއަޅުވާލައްވައި، ޝަމާޢު ވިދާޅުވީ، އެމްޑީޕީގެ ކެނޑިޑޭޓުން ކެމްޕެއިން ކުރަނީ ރައްޔިތުންގެ ކައިރިއަށް ގޮސް ރައްޔިތުންގެ ހާލަތު ބަލައި، ވާހަކަތައް އަޑު އަހައިގެން ކަމަށެވެ. ނަމަވެސް މިއާއި ޚިލާފަށް ޕީޕީއެމްގެ ކެނޑިޑޭޓުނަށް ކެމްޕެއިން ކުރަން ވަދެވޭނެ ގެއެއް ނެތް ކަމަށާ، އެހެން ކަމުން ޕީޕިއެމްގެ ކެނޑިޑޭޓުން ކެމްޕެއިން ކުރަމުންދަނީ އަމިއްލަ ގޭގައި ތިބިގެން ކަމަށްވެސް ޝަމާޢު ވިދާޅުވިއެވެ.

ޝަމާޢު ވިދާޅުވީ، ސަރުކާރު ކޯލިޝަންގެ ކެނޑިޑޭޓުންނަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީއިން އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވޭނެ ކަމުގެ ޔަޤީންކަން އޭނާއަށް އޮތްކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު