Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒަހާއާ ނަސްލީ ގޮތުން ދިމާކުރުން

ޒަހާއާ ނަސްލީ ގޮތުން ދިމާކުރި 12 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ޒަހާއަށް ވަނީ ނަސްލީ ފުރައްސާރަކުރި މެސެޖުތަކެއް ލިބިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ޖުލައި 2020 | ހޯމަ 07:59
ކްރިސްޓަލް ޕެލަސްގެ ފޯވާޑް ވިލްފްރިއެޑް ޒަހާ: އޭނާއަށް ވަނީ ނަސްލީ ފުރައްސާރަކުރި މެސެޖުތަކެއް ލިބިފައި

ކްރިސްޓަލް ޕެލަސްގެ ފޯވާޑް ވިލްފްރިއެޑް ޒަހާ: އޭނާއަށް ވަނީ ނަސްލީ ފުރައްސާރަކުރި މެސެޖުތަކެއް ލިބިފައި

ކްރިސްޓަލް ޕެލަސްގެ ފޯވާޑް ވިލްފްރިއެޑް ޒަހާއާ ނަސްލީ ގޮތުން ދިމާކުރި 12 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު އެސްޓަން ވިލާ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުގެ ކުރިން ޒަހާ ވަނީ އޭނާއަށް ނަސްލީ ގޮތުން ދިމާކޮށް އިންޓަނެޓް މެދުވެރިކޮށް މެސެޖްތަކެއް ލިބުނު ކަމަށް ބުނެފައެވެ. އަދި ޒަހާ ވަނީ އޭނާއަށް ކުރި މެސެޖުތައް ޕްރިމިއާ ލީގާ ވެސް ހިއްސާކޮށްފައެވެ.

އެއާއެކު ވެސްޓް މިޑްލަންޑް ފުލުހުން މި މައްސަލަ ތަހުގީގުކުރަން ފެށިއިރު، މާގިނައިރުތަކެއް ނުވެ ފުލުހުން ވަނީ ޒަހާއަށް މެސެޖުކުރި ފިރިހެން ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ކްރިސްޓަލް ޕެލަސްގެ ކޯޗު ރޯއީ ހޮޖްސަން ބުނީ ނަސްލީ ގޮތުން ދިމާކުރުމަކީ އެއްވެސް ވަރަކަށް ދޫދެވިގެންވާނެ ކަމެއް ނޫން ކަމަށާއި، އެކަން އެއްކޮށް ނައްތާލަން ޖެހޭ ކަމަށެވެ. އަދި އޭނާ ތާއީދުކުރަނީ މި ގޯސް އަމަލު ހިންގާ އެންމެނަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ކަމަށްވެސް ހޮޖްސަން ބުންޏެވެ.

ނަސްލީ ގޮތުން ޒަހާއާ ދިމާކުރި ކުޑަކުއްޖަކު ހައްޔަރުކުރިއިރު، ޕްރިމިއާ ލީގުން އަންނަނީ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ކުރިއަށްގެންދާ "ބްލެކް ލައިވްސް މެޓާ" ކެމްޕެއިނުގައި ބައިވެރިވަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގެ ކޮންމެ މެޗެއް ފެށުމުގެ ކުރިން ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން މެޗުގެ ރެފުރީން ކަކޫ މައްޗަށް ތިރިވާއިރު، ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ސުކޫތެއް ގެނެއެވެ. އަދި ލީގުގައި ވާދަކުރާ ޓީމުތަކުގެ ޖާޒީގައި "ބްލެކް ލައިވްސް މެޓާ" ކެމްޕެއިނުގެ ބެޖެއް ޖަހާފައި ހުރެއެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

30 މާރިޗު 2017
އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް
23 މާރިޗު 2017

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
01 މާރިޗު 2017

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

01 މާރިޗު 2017
ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި
12 ފެބުރުއަރީ 2017

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު