Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރާންސްޕޭރެންސީ މޯލްޑިވްސް

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ

10 އެޕްރީލު 2017 | ހޯމަ 18:45

ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ގޮތެއްގައި ބްރޯޑްކޮމްއިން މަސައްކަތް ނުކުރާކަމުގެ ފާޅުކަންބޮޑު ހެކިތައް ދަނީ ފެންނަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 10 އެޕްރީލު 2017 | ހޯމަ 18:45
ބްރޯޑްކޮމް ސިޔާސީ ވެފައިވާކަން ހާމަވާ ޕޯސްޓެއް

ބްރޯޑްކޮމް ސިޔާސީ ވެފައިވާކަން ހާމަވާ ޕޯސްޓެއް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ސިޔާސީ ނުފޫޒު ތަކުން ފިތިގެން ތިބެ ކުރާ ކަންކަމުގެ ސަބަބުން ރާއްޖޭގައި މިނިވަން މީޑިއާއެއް ޤާއިމް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް ޓްރާންސޕޭރެންސީ މޯލްޑިވސްއިން ބުނެފިއެވެ.

އެޖަމްއިއްޔާއިން ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ސަރީހަގޮތެއްގައި ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަކަމުގެ ހައްގާއި މީޑިއާގެ މިނިވަންކަމުގެ ހައްގަށް ބުރޫއަރާ، މީޑިއާގެ މަސައްކަތަށް ހީނަރުކަން އަންނަ ގޮތެއްގައި ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމަލުކުރަމުން ދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެޖަމްއިއްޔާއިން ބުނީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ގާނޫނުގައި ވާގޮތަށް މިނިވަންކަމާ މުސްތަގިއްލުކަންމަތީ، ވަކި ފަރާތަކަށް ބުރަނުވެ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ގޮތެއްގައި ބްރޯޑްކޮމްއިން މަސައްކަތް ނުކުރާކަމުގެ ފާޅުކަންބޮޑު ހެކިތައް ދަނީ ފެންނަމުން ކަމަށެވެ. އެގޮތުން މީޑިއާތަކުގެ އަމަލުތައް ހުންނަގޮތުންކަމުގައި ބުނެ ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖުރިމަނާކުރަމުންދާއިރު މިފަދަ އަމަލުތައް ރައްދުވަނީ ވަކި މީޑިއާތަކަކަށްކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި އެގޮތުން މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަކިން ހާއްސަކޮށް ރާއްޖެޓީވީއަށް އަމާޒުކުރެވިގެން ވަރަށް ގިނަ ނިންމުތަކެއްވަނީ އެ ކޮމިޝަނުން ނިންމާފައިކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

"އެގޮތުން ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކުންނާއި، އެ ސްޓޭޝަންއިން ގެންނަ ޕްރޮގްރާމުތަކުގައި ގެނެސްދޭ މަންޒަރާއި އަޑުގެ ސަބަބުން ތަފާތު އަދަދުތަކުން ޖުރިމަނާކޮށް ބައެއް ހާލަތްތަކުގައި މައާފަށް އެދުމަށްވެސް ވަނީ ރާއްޖެޓީވީއަށް މަޖުބޫރުކުރުވާފައެވެ. އެގޮތުން، ރާއްޖެ ޓީވީގެ މައްޗަށް 250،000 ރުފިޔާއިން ކޮށްފައިވާ ޖުރިމަނާ އެސްޓޭޝަންއިން 6 އޭޕްރީލްގައި ދައްކާނިންމުމާއިއެކު، ހަމައެދުވަހު އެސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ" އެޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

ޓްރާންސޕޭރެންސީން ބުނީ ސިޔާސީ ޖަލްސާއެއްގައި ދެއްކި ވާހަކަތަކަކުން ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތް ގެއްލިދާނެކަމުގެ ފުރުސަތު އޮތްކަމަށްބުނެ ރާއްޖެޓީވީ ކުރި ޖުރިމަނާއަކީ، 2016 ވަނަ އަހަރު އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މިހާ ބޮޑު އަދަދަކުން ޖުރިމަނާ ކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މިފަދަ އަމަލުތަކުން ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ދިމިގުރާތީ ނިޒާމުގެ ބާރުކެނޑި، މިނިވަން މީޑިއާއެއް ގާއިމުކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅެމުން ދާކަމަށް ޖަމިއްޔާއިން ދެކޭކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި، އިންސާނީ ހައްގުތަކުގެ އެންމެ މުހިއްމު އަސާސްތައްކަމުގައިވާ ހަމަހަމަކަމާއި ތަފާތުނުކުރުމުގެ މަފްހޫމާ މުޅިން ހިލާފަށް ބްރޯޑްކޮމްއިން އަމަލުކުރުން ހުއްޓާލުމަށްވެސް މި ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ގާނޫނީގޮތުން ބްރޯޑްކާސްޓް މީޑިއާތަކުގެ މަސައްކަތްތަކަށް އުސޫލީގޮތުން ބާރުވެރިކަންދިނުމުގެ މަގުސަދުގައި އުފައްދާފައިވާ މުއައްސަސާއެއްކަމުގައި ވީނަމަވެސް، އެ ކޮމިޝަނުގެ މަސައްކަތްތައް ބޮޑަށް ބައްޓަންކުރެވިފައިވަނީ މިޑިއާތައް ބާރުވެރިކުރުވުމުގެ ބަދަލުގައި މީޑިއާތަކުގެ މަސައްކަތްތަކަށް ނަހަމަގޮތުގައި ނުފޫޒުފޯރާގޮތަށް ކަމަށް އެޖަމްއިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ. އަދި ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ތަފާތުކުރުވަނިވި ގޮތެއްގައި އަދަބުތައް ކަނޑައެޅުމާއި، އެފަދަ މީޑިއާތަކުގެ މަސައްކަތަކަށް ހުރަސް އަޅަމުން ދިޔުމުގެ ނަތީޖާއަކީ، ރައްޔިތުންގެ ކުރިމަތީގައި ކޮމިޝަނުގެ މުސްތަގިއްލުކަމާމެދު ބޮޑެތި ޝައްކުތައް އުފެދި، ކޮމިޝަނުގެ ނިންމުންތަކަކީ ސިޔާސީ ނުފޫޒުން ކުލަޖެހިފައިވާ ނިންމުންތަކެއްކަމުގައި ބަލައިގަތުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެހެންކަމުން މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލާ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއަކީ މިނިވަންކަމާއި ސިޔާސީ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާ މުއައްސަސާއަކަށް ވުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް