Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީ ޖޫރިމަނާކުރުން

ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ

ހަތަރު ބޭފުޅުން އިޤުރާރުގައި ސޮއިކުރައްވާފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 10 އެޕްރީލު 2017 | ހޯމަ 17:50
މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިޤުރާރުގައި ސޮއިކުރައްވަނީ

މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިޤުރާރުގައި ސޮއިކުރައްވަނީ

ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާދާއިރާއެއްގައި ހޯދައިދިނުމަށް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިޤުރާރުވެއްޖެ އެވެ.

މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުންގެ އިޤުރާރުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމާއި، ހިޔާލުފާޅުކުރުމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަން އޭގެ އެންމެ ފުޅަދާއިރާއެއްގައި ހޯދައިދިނުމަށް ޤާނޫނީ ހަމަތަކުގެ މަތިން މަސައްކަތް ކުރުމަށެވެ.

"އަޅުގަނޑުމެން، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ކޮށްފައިވާ ފަރާތްތަކުން މި އިޤުރާރު ވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމާއި، ހިޔާލުފާޅުކުރުމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަން އޭގެ އެންމެ ފުޅަދާއިރާއެއްގައި ހޯދައިދިނުމަށް ޤާނޫނީ ހަމަތަކުގެ މަތިން މަސައްކަތް ކުރުމަށެވެ." އިޤުރާރުގައި ބުނެފައިވެއެވެ.

މި އިޤުރާރުގައި މީޑިއާ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ހަތަރު ބެފުޅަކު ސޮއިކުރައްވާފައިވާއިރު، މީޑިއާ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ، އަދި ދައުލަތުގެ މީޑިއާގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ހަލީލް ސޮއިކުރައްވާފައެއް ނުވެއެވެ.

އިޤުރާރުގައި ސޮއިކުރައްވާފައިވަނީ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނާފިޒާއި، ހުޝާމް މުހައްމަދާއި އަބްދުﷲ މުއާޒު ޔޫސުފް އަދި މުހައްމަދު އާސިފް (މޮންދު) އެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ ދާއިރާއެއްގައި ކަށަވަރުކުރުމަށް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިޤުރާރުވެފައި މިވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައަކާ ގުޅިގެން ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވަނިކޮށެވެ، ރައީސުލްޖުމްހޫރިއްޔާގެ އަބުރަށް ހުތުރުވާފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރިކަމަށް ބުނެ، ރާއޖްެޓީވީ ޖޫރިމަނާކުރުމާއެކު، އެއީ ނޫސްވެރިކަން މަރާލުމަށް ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބަވާ ބޭފުޅުން ކުރައްވާ ކަމެއްގެ ގޮތުގައި މީޑިއާގެ ދާއިރާގެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް