Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލްގެ ރެކޯޑަށް ނިމުން އައިރު، ޗެލްސީއަށް ހާސްކަން

12 ޖުލައި 2020 | އާދީއްތަ 07:25

ލިވަޕޫލް އާއި ބާންލީ އެއްވަރުވީ 1-1 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ޖުލައި 2020 | އާދީއްތަ 07:25
ލިވަޕޫލް އާއި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ނިމުނީ 1-1- ން އެއްވަރުވެގެން

ލިވަޕޫލް އާއި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ނިމުނީ 1-1- ން އެއްވަރުވެގެން

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ލިވަޕޫލުން ބާންލީއާ އެއްވަރުވެ، އަމިއްލަ ދަނޑުގައި ދަމަހައްޓަމުންއައި ސައްތަ އިން ސައްތަ ރެކޯޑަށް ނިމުމެއް އައިސްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ. މި މެޗާ ހަމައަށް ލިވަޕޫލުން ވަނީ ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 17 މެޗުން މޮޅުވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފު ލިވަޕޫލުން ޑޮމިނޭޓުކުރިއިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މެޗުގެ 34 ވަނަ މިނެޓުގައި ފަބީނިއޯ ހުރަސްކޮށްދިން ބޯޅައަކުން ލިވަޕޫލަށް ލީޑު ނަގައިދިނީ އެންޑީ ރޮބަޓްސަންއެވެ.

އޭގެ ފަހުން މި މެޗުގައި ލިވަޕޫލުން ފޮނުވާލި ގިނަ ހަމަލާތަކެއް ބާންލީ ގޯލްކީޕަރު ނިކް ޕޯޕް ވަނީ ދިފާއުކޮށްފައެވެ. މެޗުގައި ބާންލީން ނަތީޖާ އެއްވަރުކުރީ 69 ވަނަ މިނެޓުގައި ޖޭ ރޮޑްރިގޭޒް ކާމިޔާބުކުރި ލަނޑުންނެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 3-0 އިން ބަލިވެ ގަދަ ހަތަރެއްގެ ރޭހުގައި ޗެލްސީއަށް ވަނީ ހާސްކަން ކުރިމަތިވެފައެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ޗެލްސީއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ފުރަތަމަ ހާފުގައި ޝެފީލްޑުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޑޭވިޑް މެކްގޯލްޑްރިކާއިގެ ލަނޑުން ޝެފީލްޑުން ލީޑު ނެގިއިރު، މެޗުގެ 33 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ އޮލީ މެކްބާނީއެވެ. އަދި މި މެޗުގައި ޝެފީލްޑުގެ ތިންވަނަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޮޅު ކުޅުމެއް ދެއްކި މެކްގޯލްޑްރިކްއެވެ.

މީގެ އިތުރުން ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ ހޮނިހިރު ދުވަހުގެރޭ ބްރައިޓަން އަތުން 5-0 ން މޮޅުވެފައެވެ. އަދި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 4-0 އިން ބަލިވި ނޯވިޗް ސިޓީ ވަނީ ބާކީ ތިން މެޗު އޮއްވައި ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ.

ހޮނިހިރު ދުވަހުގެރޭގެ ނަތީޖާތަކާއެކު އެއްވަނައިގައި ލިވަޕޫލް އޮތީ 35 މެޗުން 93 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސިޓީއަށް 35 މެޗުން 72 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެލްސީއަށް 35 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި

15 އޯގަސްޓު 2017
ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި
12 އޯގަސްޓު 2017

މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި

12 އޯގަސްޓު 2017
މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި
21 ޖުލައި 2017

ރެއާލް ދޫކޮށްލުމަށްފަހު މޮރާޓާ ޗެލްސީއަށް ސޮއިކޮށްފި

21 ޖުލައި 2017
ރެއާލް ދޫކޮށްލުމަށްފަހު މޮރާޓާ ޗެލްސީއަށް ސޮއިކޮށްފި
16 ޖުލައި 2017

ޗެލްސީއަށް ބަދަލުވުމާ ގާތަށް ޑެނީލޯ ޖެހިލައިފި

16 ޖުލައި 2017
ޗެލްސީއަށް ބަދަލުވުމާ ގާތަށް ޑެނީލޯ ޖެހިލައިފި
17 އެޕްރީލު 2017

ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް

17 އެޕްރީލު 2017
ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް
13 އެޕްރީލު 2017

ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި

13 އެޕްރީލު 2017
ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް