Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލްވަރާ މޮރާޓާ

ރެއާލް ދޫކޮށްލުމަށްފަހު މޮރާޓާ ޗެލްސީއަށް ސޮއިކޮށްފި

21 ޖުލައި 2017 | ހުކުރު 19:49

މޮރާޓާ ޗެލްސީއަށް ބަދަލުވީ 70 މިލިއަން ޕައުންޑަށް

ލީވާން އަލީ
ލީވާން އަލީ | 21 ޖުލައި 2017 | ހުކުރު 19:49
ޗެލްސީގެ ޖަރޒީއާއެކު އަލްވަރާ މޮރާޓާ

ޗެލްސީގެ ޖަރޒީއާއެކު އަލްވަރާ މޮރާޓާ

ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު ސްޕެއިންގެ ފޯވާޑް، އަލްވަރާ މޮރާޓާ ޗެލްސީއަށް ސޮއިކޮށްފިއެވެ.

އުމުރުން 24 އަހަރުގެ މޮރާޓާ ޗެލްސީއަށް ބަދަލުވިކަން އެ ކްލަބުން އިއުލާންކޮށްފައިވާއިރު، އޭނާ އެ ކްލަބަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 70 މިލިއަން ޕައުންޑަށެވެ.

ޗެލްސީއަށް ބަދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން މޮރާޓާ ބުނީ އެ ކްލަބަށް ބަދަލުވުމުން އޭނާ ވަރަށް އުފާވެފައިހުރި ކަމަށާއި، އަދި ކްލަބަށް ގިނަ ލަނޑުތައް ޖަހައިދީ ބުރަ މަސައްކަތްކޮށް، ތަށިތައް ހޯދައިދޭން ބޭނުންވާ ކަމަށެވެ.

މޮރާޓާއާ ބެހޭގޮތުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އޭނާ ދެކޭ ގޮތުގައި މޮރާޓާ އަކީ ކްލަބަށް ގެނެވުނު ރަނގަޅު ކުޅުންތެރިއެއް ކަމަށާއި، ޒުވާން ނަމަވެސް މޮރާޓާގެ ތަޖުރިބާ ހުންނާނެ ކަމަށެވެ. މީގެއިތުރުން ފާއިތުވެދިޔަ ދުވަސްތަކުގައި ރެއާލް އަދި ޔުވެންޓަސްގައިވެސް މޮރާޓާ މޮޅު ކުޅުމެއް ދައްކާފައިވާކަން އޭނާ ފާހަގަކުރިއެވެ.

މޮރާޓާގެ ސޮއި ޗެލްސީން ހޯދީ އޭނާ ހޯދުމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، އޭސީ މިލާން އަދި އާސެނަލް އިން މަސައްކަތްކުރަނިކޮށެވެ. މީގެއިތުރުންވެސް ގިނަ ކްލަބްތަކުން އޭނާ ހޯދަން މަސައްކަތްކުރިއެވެ.

ރެއާލް މެޑްރިޑުން 2010 ވަނަ އަހަރު ސީނިއާ ކްލަބް ލެވެލް ކެރިއަރު ފެށި މޮރާޓާ ރެއާލް ދޫކޮށްލުމަށްފަހު ޔުވެންޓަސްއަށް 2014 ވަނަ އަހަރު ބަދަލުވެފައިވާއިރު، އެ ކްލަބުގައި އޭނާ ވަނީ ދެ ސީޒަން ހޭދަކޮށްފައެވެ. އެމުއްދަތުގައި އެޓީމަށް ކުޅުނު 93 މެޗުގައި 31 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އިޓާލިއަން ލީގު ދެފަހަރު، އިޓާލިއަން ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިޓާލިއަން ސުޕާކަޕްގެ ދެވަނަ އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަވެސް ޔުވަންޓަސްއާއެކު ކާމިޔާބުކޮށްފައެވެ.

ޔުވަންޓަސް ދޫކޮށްލުމަށްފަހު މޮރާޓާ ރެއާލަށް ބަދަލުވީ މިދިއަ ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 43 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް